ފިޔޯރީގައި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ގދ.ފިޔޯރީގައި ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވަނީ މުހައްމަދު ނަޒުމީއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 23 އަހަރެވެ. ނަޒުމީ ނިޔާވުމާއި ގުޅިގެން މިއަދު ފެނަކައިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ގދ.ފިޔޯރީ ބްރާންޗުގެ ސުޕަވައިޒަރެއްގެ މަގާމުގައި ހިދުމަތް ކުރައްވަމުން ގެންދެވި މުހައްނަދު ނަޒުމީ ނިޔާވެފައިވާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އެ ކުންފުނިން ވަނީ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނ...