އިންޑިއާ އާ ދެކޮޅަށް ހަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ ބާރުތަކަށް ހުއްދަދީފި
އިންޑިއާ އާ ދެކޮޅަށް ޙަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ އަސްކަރިއްޔާއަށާއި ހަތިޔާރުއެޅި އެހެނިހެން ބާރުތަކަށް ހުއްދަދީފިއެވެ. އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދުތަކަށް ދިން މިސައިލް ޙަމަލާގައި މަދުވެގެން 26 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. މި ޙަމަލާއަކީ “ޓެރަރިސްޓް ޙަމަލާއަކަށް” ދިން ޖަވާބެއްގެ ގޮތުގައި އިންޑިއާއިން ބުނެފައިވާއިރު، ޕާކިސްތާނުގެ ބަންޑާރަ ނައިބު މި ޙަމަލާ ސިފަކޮށްފައިވަނީ “އުދުވާނީ އަމަލެއް” އަދި...