ކުޅުދުއްފުށީ ސިޓީގައި ބާއްވާ "ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ވޯކްޝޮޕަކީ އިންފިނިކާ އެކަޑަމީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

Ad
rt

މިމަހު 21 އިން 24 އަށް ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި ވޯކްޝޮޕުގައި ފޮޓޯގްރަފީއަށް ޝައުގުވެރިވާ 15 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެކަމަށް އިންފިނިކާ އެކަޑަމީ އިން ހިއްސާކޮށްފައިވާ އިއުލާނުގައިވެއެވެ.

އެގޮތުން މި ވޯކްޝޮޕުގައި ކިޔަވައިދެވޭނެ މުހިންމު ބައިތަކުގެ ތެރޭގައި އެކި ވައްތަރުގެ ފޮޓޯގްރަފީއާއި، ޝަޓަރ ސްޕީޑް/ އައި އެސް އޯ / އެޕޭޗަރ އާއި، ލައިޓިންގ، މީޓަރިން އަދި ކެމެރާ މޯޑްސް ގެ އިތުރުން ކޮމްޕޮޒިޝަން ބޭނުންކުރާނެ ގޮތްތަށް ހިމެނެއެވެ.

25 މީހުންގެ ޖާގައާއި އެކު މި ވޯކްޝޮޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 މެއި 2025 ވަނަ އާދިއްތަ ދުވަހުގެ ރޭ 23:59 ވުމުގެ ކުރިން އިންފިނިކާ އެކަޑަމީ އިން އިއުލާންކޮށްފައިވާ ގޫގުލް ލިންކް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޯމް ގައި ރަޖިސްޓަރ ވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މި ވޯކްޝޮޕުގައި ތަމްރީނުކޮށްދޭން ހަމަޖެހިފައިވަނީ 20 އަހަރަށް ވުރެއް ގިނަ ދުވަސްވީ ޕޮޓޯގްރާފަރަކާއެކު ބައިވެރިވާ ދަރިވަރުންނަށް ހުނަރު އުނގަންނައިދިނުމުގެ އިތުރުން ޢަމަލީ ގޮތުން ތަޖްރިބާ ހޯދުމަށް މަގުފަހިވާނެ ފުރުސަތުތަކާއެކުއެވެ.