ރާއްޖެއަށް ވަގަށް އެތެރެކުރި 221 ކާޓަން ސިނގިރޭޓް ފުލުހުން އިއްޔެ ރޭ އަތުލައިގަތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފާހަގަކުރެވުނީ އިއްޔެ ރޭ މާލޭގެ ބޮޑުރަސްގެފާނު މަގުން ޕިކަޕެއް ފިލައިގެން ދިއުމަށް މަސައްކަތް ކުރާކަމަށް ސައްކު ކުރެވިގެން ފަހަތުން ދިއުމުން، ތިން ކަޅު ދަބަސް ދޫކޮށްލާފައި ދިޔުމާ ގުޅިގެންނެވެ. ތަޙުޤީޤުގައި ބެލިބެލުމުން، އެ ދަބަސްތަކުން ފެނިފައިވަނީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަން ސިނގިރޭޓު...
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށް ހުޅުވައިފިއެވެ. އިއްޔެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒްއެވެ. އެ ދަނޑަކީ މަކުނުދޫ ކައުންސިލާއި ސްކޫލް ގުޅިގެން، ރަށުގެ އެންމެހާ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ. ދަނޑު އެޅުމުގެ މަޝްރޫއުގައި ޓަފްކޫލް އިންވެސްޓްމ...
އިބްރާހިމް ޚަލީލް
އިސްރާއީލުން އެއްދުވަހެއްގެ ތެރޭގައި ޔަމަން، ލުބުނާން، ސީރިޔާ އަދި ޣައްޒާއަށް ހަމަލާދީފިއެވެ. ހޯމަ ދުވަހު ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 54 މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ އިސްރާއީލްގެ އައު އޮޕަރޭޝަނެއް ޣައްޒާގައި ފަށާނެ ކަމަށާއި، މި އޮޕަރޭޝަނުގައި ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ޣައްޒާނޫން އެހެންތަނަކަށް “ބަދަލުކުރެވޭނެ” ކަމަށެވެ. އިސްރާއީލުން ޣައްޒާއަށް އެޅި ބްލޮކޭޑް 65 ދުވަހަށް ދިގުދެމިފައިވާއިރު، ޣައްޒާ މީޑިއާ...
އަޙްމަދު ދާއޫދު
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލުގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް “ފުރިހަމަ” ހަމަލާއެއް ދޭން ފަށާނެ ކަމަށް އިއުލާނުކޮށްފިއެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށް ހޫތީން ބުނެފައިވެއެވެ. އީރާނާ ގުޅުން އޮންނަ ހޫތީން ބުނެފައިވަނީ އިސްރާއީލުގެ ބެން ގުރިއަން އެއަރޕޯޓާ ކައިރިން އިއްޔެ ދިން މިސައިލް ހަމަލާގެ ޒިންމާ އެފަރާތުން ނަގާ ކަމަށެވެ. މިއީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ހޫތީނ...
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަޙާޒު ޢަލީ ޒާހިރު، މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ގޮވާލައިފިއެވެ. ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހ...
އަލީ އާދިލް
މާލޭގައި ވަޅިން ހަމަލާދީ މީހަކު މިރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިރޭ 20:35 ހާއިރު ސަބްލިމަގުގައި ހުންނަ ޗާންދަލިޔާ ބުކްޝޮޕް ކައިރީގައި ހުރި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ވަޅީގެ ހަމަލާ އަމާޒުވުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ އުމުރުން 40 އަހަރުގެ ދިވެއްސެކެވެ. އެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ކޮމިއުނިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ އެ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެ ކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ، ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއ...
ޔުމްނާ ޢަލީ
އުތުރު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަކަަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އުތުރު ޕޮލިސް ރީޖަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު […]
ޔުމްނާ ޢަލީ
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ ސްޓްރިޕްއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ޣައްޒާގެ ބިންތައް ފޭރި ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ. އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މި ޕްލޭން ފާސްކޮށްފައި ވަނީ އިއްތިފާގުންނެވެ. އިސްރާއީލްގެ ބޮޑުވަޒީރު ޖައްބާރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނަކާއި ހަވާލާދީ ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވަނީ އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ “ހަމާސް ބަލިކޮށް” އަދި ޣައް...
ޔުމްނާ ޢަލީ
ހއ. ބާރަށުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ 8 މީހަކާ ސުވާލުކޮށް، އެ މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ބާރަށުގައި ސިހުރު ހާހޫރަ ހަދާކަމަށް އެ މުއައްސަސާގެ އިންޓެލިޖެންސްއަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން، މިއަދު (5 މެއި 2025) ހެނދުނު 7:00 އިން ފެށިގެން އެރަށުގައި އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނެއްގައި، އެ ރަށުގެ 8 ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓު އޮފީހުން މިއަދު އާންމު ކުރި ސަމާލުގެ މެސެޖެއްގައި، ކުރިއަށް އޮތް ތިން ދުވަހު (މެއި 6 އިން 8) އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން ވަނީ […]
ޔުމްނާ ޢަލީ
ހުޅުމާލޭ ފޭސް 3 ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒު، “މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު”ގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ...
ޔުމްނާ ޢަލީ
މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވަނިކޮށް ފެރީދޯންޏެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (40އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ “ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން، ސްކޫލްތަކުގައި ކިވައިދިނުމަށް ބޭނުންކުރާ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް މި އަހަރުގެ ނިޔަލަށް ނިންމާލާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސެއިން ޒިޔާދު، ރާއްޖޭގެ ސްކޫލުތައް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ގޮސްއޮތް ހިސާބާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއ...
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، ދި-ފައުންޑޭޝަން އިން އިސްނަގައިގެން އެ ރަށުގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ކިޔަވަމުން އަންނަ ކްލާސް ރޫމްތައް އޭސީކޮށްދީފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަތަރު ކްލާސް ރޫމުގައި އޭސީ ހަރުކޮށްފައިވާއިރު އެ ކޮންމެ ކްލާސް ރޫމެއްގައި ވަނީ ދެ އޭސީ ހަރުކޮށްފައެވެ. ދިފައުންޑޭޝަން އިން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން ކުދިންނަށް ފަސޭހައިން ކިޔެވޭނެ ފަދަ ފިނި ހިތްފަސޭހަ މާހައުލެއް ގާއިމްވެގެން ގޮސްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓް […]
އިބްރާހިމް ޚަލީލް
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ، ދިވެހިރާއްޖެއިން އިންޑިއާއަށް ސަޕޯޓް ނުދޭނެ ކަމަށް އިންޑިއާ އޮންލައިން ނޫހެއްކަމަށްވާ އިންޑިއާ.ކޮމްގައި ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. މިއީ ކަޝްމީރުގައި ހިނގި ބޮޑު ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައިގެ ވެށްޓެއް އުފެދިފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށް، އޭޕްރިލް 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި މި ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވެފައިވާކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފަވެ...
އަޙްމަދު ދާއޫދު
ކުރީގެ އަދަދާއި ގުޅޭ: ” އަޅުގަނޑު ކަހަލަ ރީތި ކުއްޖަކު ހަސަންއަށް އޭނާގެ ރަށަކުން ނުފެންނާނެ. މަންމަ ބުނެބަލަ! އަހަރެންގެ ލޯބި ހަސަން ގަބޫލު ކޮށްފާނެތަ؟” ޝަބްނަމް ސުވާލު ކުރީ ޒުހޭރާގެ ގައިގައި ބައްދާލަމުންނެވެ. ޝަބްނަމްގެ ރާގު ހުރި ގޮތުން އޭނާގެ ހިތުގައި ހަސަނަށްޓަކައި ހާއްސަ މަގާމެއް ދީފައިވާކަން ޒުހޭރާއަށް ކަށަވަރުވިއެވެ. ” ދެން މަންމާ! ކީއްވެތަ އެއްޗެއް ނުބުނެ ތި ހުރީ؟ މަންމަ އަބަދު ވެސް ބޭނުންވާނެ އަޅުގަނޑު މީހަކާ އިންނަން. އަޅުގަނޑު ކައިވެނި ކުރަން […]
ސަލާމާ ޢަބްދުލް ޢަލީމް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީ ގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ސެލްޓަ ބަލިކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ 34 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ރެއާލް އޮތީ 34 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމްގެ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް […]
އިބްރާހިމް ޚަލީލް