ފަޔަރފޮކްސް ބްރައުޒާ ބަންދުކުރަން ޖެހިދާނެ: މޮޒިއްލާ
ގޫގުލްއާ ދެކޮޅަށް ހިންގަމުންދާ އެންޓިޓްރަސްޓް ކޭސް ގޫގުލްއަށް ގެއްލިއްޖެ ނަމަ ފަޔާފޮކްސް ބަންދުކުރަން ޖެހިދާނެކަމަށް އެ ބްރައުޒާގެ ބެލެނިވެރި ފަރާތްކަމުގައިވާ މޮޒިއްލާއިން ބުނެއެވެ. މޮޒިލާގެ މާލީ ވެރިޔާ އެރިކް މޫލްހައިމް ވިދާޅުވީ ކުންފުނީގެ އާމްދަނީގެ 90 އިންސައްތަ ލިބެނީ ފަޔަރފޮކްސް މެދުވެރިކޮށް ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ލިބެނީ ގޫގުލްއާއެކު ކުރެވިފައިވާ އެއްބަސްވުމަކުންނެވެ. މި އެއްބަސްވުމުގެ ދަށުން ފަޔަރފޮކްސްގައި ޑިފޯލްޓް ސާރޗް އިންޖީނަކީ ގޫގުލްއެވެ. އިންސާފުގެ ޑިޕާޓްމަންޓުން ބޭނު...