މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 504 ވަނަ ޞަފްޙާ

އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ބަޔާން އިއްވައިފި

އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ބަޔާން އިއްވައިފި

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުންއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބަޔާން އިއްވައިފިއެވެ.  ރާއްޖޭގެ މި ބަޔާން އިއްވީ ބަންޑާރަނައި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޖަމާއަތު މިސްކިތް އިތުރު މަރާމާތަށްފަހު މިރޭ ފަތިހު ހުޅުވަނީ

ކުޅުދުއްފުށީ ޖަމާއަތު މިސްކިތް އިތުރު މަރާމާތަށްފަހު މިރޭ ފަތިހު ހުޅުވަނީ

ކުޅުދުއްފުށި ސިޓީގެ މަސްްޖިދުލް ޖަމާއަތް އަނެއްކާވެސް އަލުން މަރާމާތު ކުރުމަށްފަހު ހުޅުވަން ތައްޔާރުވެފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މަސްޖިދުލް ޖަމާއަތް ބާވެ ވީރާނާ ވަމުން ދަނިކޮށް މަރާމާތުކޮށް އާބަރުތައް ފިލުވުމަށް ފަހު ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާފައެވެ. އެހެންނަމަވެސް އިތުރަށް މަރާމާތްކުރަން ޖެހުމުގެ ސަބަބުން މި މިސްކިތް ވަނީ މިދިޔަ އޭޕްރީލް މަހު ބަންދުކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލުން...

އައިޝަތު އައިނީ އާމިރު
ބާސާ އާއި އިންޓަ އެއްވަރު، މޮޅުވާ ޓީމް ކަނޑައެޅުން އިޓަލީގައި

ބާސާ އާއި އިންޓަ އެއްވަރު، މޮޅުވާ ޓީމް ކަނޑައެޅުން އިޓަލީގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ބާސެލޯނާއާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-1 ގެ ނަތީޖާއިންނެވެ. ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ އިންޓަ މިލާން ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ފަހުއެވެ. އެ ރޭ ރާއްޖެ ގަނޑިން ދަންވަރު 0000 ގައި ފަށާ މި […]

އިބްރާހިމް ޚަލީލް
ޑްރަގް ވިޔަފާރީގައި އުޅުނު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

ޑްރަގް ވިޔަފާރީގައި އުޅުނު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުލުމާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ސްޕެޝިއަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 30 އޭޕްރީލް 2025 ވީ ބުދަ ދުވަހު އިރުއޮއްސި 6:52 އެހާކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވުމަށްފަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ އަލީ ޢަބްދުالله...

އައިޝަތު އައިނީ އާމިރު
މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް: ރައީސް

މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް: ރައީސް

މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒުގެ ބަސްފުޅުގައި، މިއަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު ފެށި މަސައްކަތް މިއަދާ ހަމައަށް އައިއިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް...

ޔުމްނާ ޢަލީ
ފީވަކުގައި އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފި

ފީވަކުގައި އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފި

ށ. ފީވަކުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ “އެކޮމޮޑޭޝަން ބްލޮކް” ތަރައްޤީކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ވެލަރޯ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާާއެވެ. އެގޮތުން މި މަޝްރޫޢު ހަވާލުކުރުމަށް ފީވަކު ކައުންސިލުގެ ފަރާތުން އެއްބަސުވުމުގައި ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަލީ ރަޝީދު ޙަސަނެވެ. އަދި ވެލަރޯ އިންވެސްޓްމަންޓުގެ ފަރާތުން ސޮއި ކޮށްފައިވަނީ ކުންފުނީގެެ ވެރި ފަރާތްކަމަށްވާ މުޙައްމަދު ސަމީރެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށ...

އައިޝަތު އައިނީ އާމިރު
މަސައްކަތްތެރީންގެ އަޑުއަހައި ކަންކަން ފަހިކޮށްދިނުމުގައި މިި ސަރުކާރު ދެމިއޮންނާނެ: ރައީސް 

މަސައްކަތްތެރީންގެ އަޑުއަހައި ކަންކަން ފަހިކޮށްދިނުމުގައި މިި ސަރުކާރު ދެމިއޮންނާނެ: ރައީސް 

މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއްކަމަށާއި، ކޮންމެ ދުވަ...

ޔުމްނާ ޢަލީ
ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ސަމާލުކަމެއް ދިނުމަށް ރައީސްގެ އިލްތިމާސެއް

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ސަމާލުކަމެއް ދިނުމަށް ރައީސްގެ އިލްތިމާސެއް

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ބެލެނިވެރިންނަށް އިލްތިމާސް ރައީސް ޑރ. މުހައްްމަދު މުޢިއްޒު އިލްތިމާސްކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މި އިލްތިމާސް ކުރެއްވީ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވަނީ ދިވެހިންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ތާރީޚުގައި ލިބިފައިވާ ތަޢުރީފުތަކާއި، ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން ދިވެހީން...

ޔުމްނާ ޢަލީ
ވިކިޕީޑިއާ އަޕްޑޭޓްކޮށް އެޑިޓް ކުރުމަށް އޭއައި ބޭނުންކުރާކަން ހާމަކޮށްފި

ވިކިޕީޑިއާ އަޕްޑޭޓްކޮށް އެޑިޓް ކުރުމަށް އޭއައި ބޭނުންކުރާކަން ހާމަކޮށްފި

ދުނިޔޭގެ އެންމެ މަޤްބޫލު އޮންލައިން އެންސައިކްލޮޕީޑިއާ ކަމުގައިވާ ވިކިޕީޑިއާ އަޕްޑޭޓްކޮށް އެޑިޓްކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާކަން ހާމަކޮށްފިއެވެ. ނަމަވެސް މި ސްޓްރެޓެޖީގައި އިންސާނީ އެޑިޓަރުންނާއި ވޮލަންޓިއަރުން ބަދަލުކުރުމެއް ނުހިމެނެއެވެ. ބުދަ ދުވަހު ހާމަކުރި މި ސްޓްރެޓެޖީގައި ވިކިޕީޑިއާއިން ބުނެފައިވަނީ އޭއައި ބޭނުންކުރާނީ އެޑިޓަރުންނާއި މޮޑެރޭޓަރުންނަށް އެމީހުންގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ކަމަށެވެ. މިގޮތުން ޓެކްނިކަލް ހުރަސްތައް ނައްތާލައި، އެމީހުންގެ މަސައްކަތް...

އަޙްމަދު ދާއޫދު
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބޭއްވި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން މެރިން މެކޭނިކް ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގައި ހިމެނޭ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މި ކޯސް، 11 ދަރިވަރަކު ވަނީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެގޮތުން މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އަދި މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓ...

އައިޝަތު އައިނީ އާމިރު
އަމިއްލަ ދަރިން ބަންދުކޮށް ބިރުދެއްކި ޖަރުމަނު ދެމަފިރިއަކު ހައްޔަރުކޮށްފި

އަމިއްލަ ދަރިން ބަންދުކޮށް ބިރުދެއްކި ޖަރުމަނު ދެމަފިރިއަކު ހައްޔަރުކޮށްފި

އަމިއްލަ ދަރިން ބަންދުކޮށް ބިރުދެއްކި ޖަރުމަނު ދެމަފިރިއަކު ހައްޔަރުކޮށް އެ ކުދިން ސަލާމަތްކޮށްފިއެވެ. ސްޕެއިންގެ އުތުރުގައި އޮންނަ އޮވީޑޯ ސިޓީގައި ހުރި ގެއަކުން ތިން ކުދިން ސަލާމަތްކޮށްފައިވާއިރު، މި ކުދިން ސަލާމަތްކުރެވުނީ ބުދަ ދުވަހު ސްޕެއިންގެ ފުލުހުންގެ އޮޕަރޭޝަނެއްގައެވެ. ފުލުހުން މި ގެ ސިފަކޮށްފައިވަނީ “ނަރަކައެއް”ގެ ގޮތުގައެވެ. ސްޕެއިންގެ ނޫހެއް ކަމުގައިވާ ލާ ނުއެވާ އެސްޕަނާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުދިންނަކީ 8 އަހަރުގެ ދެ އަންހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފ...

އަޙްމަދު ދާއޫދު
އިސްރާއީލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ އަނދަނީ

އިސްރާއީލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ އަނދަނީ

އިސްރާއީލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ އަނދަމުން ދިއުމާ ގުޅިގެން ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އެގައުމުގެ ސަލާމަތީ ބާރުތަކުން ފަށައިފިއެވެ. އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ އަލިފާނުގެ މި ހާދިސާތަކުގެ ސަބަބުން އެ ޤައުމުގެ ޔަދް ހަޝްމޯނާ އަދި މެސިލަތް ޒިއޯން ފަދަ ސަރަޙައްދުތަކުން ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ރަސްމީ ވަސީލަތްތަކުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން އެ ޤައުމުގެ މައި މަގުތައް...

އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިރޭ ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލައި ދިފާއީ ވުޒާރާއިން ކުރި ޢިއުލާންގައި ވާގޮތުން މި ފުރުސަތުގެ ދަށުން ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި އުމުރުން 16 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިވާން އެދޭނަމަ، އެ ކުއްޖަކު މި ޚިދުމަތުގައި ބައިވެރިވުމާމެދު […]

ޔުމްނާ ޢަލީ
ބާރަށު ފާލަންމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ކައުންސިލުން އެދިއްޖެ

ބާރަށު ފާލަންމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ކައުންސިލުން އެދިއްޖެ

ހއ. ބާރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމަށް ބާރަށު ކައުންސިލުން އެދިއްޖެއެވެ. ބާރަށު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން އެއްޗެހި ބަހައްޓާފައިވާކަމަށް އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި ތަކެތި ނެގުމަށް ރައްޔިތުންގެ ފަރާތުން ކުރިންވެސް އެދިފައިވާކަމަށެވެ. އެހެންނަމަވެސް، ބައެއް ތަކެތި ނަގައިފައިނުވާކަމަށާއި އިތުރަށް ތަކެތި ބަހައްޓާފައިވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިހ...

އައިޝަތު އައިނީ އާމިރު
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

އައިޝަތު އައިނީ އާމިރު
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުޞަތު ހުޅުވާލަނީ

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުޞަތު ހުޅުވާލަނީ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސްއިން މިރޭ ހުޅުވާލާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި 16 އަހަރާއި 18...

ޔުމްނާ ޢަލީ
ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން ބޮޑު ތާއީދެއް

ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން ބޮޑު ތާއީދެއް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައި، އެކަން މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ. މި ސަރުކާރުގައި އެންމެ ހީވާގި އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ ޝަހީމް ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވިކަން ޢިއުލާންކުރަށްވައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަށްވާނެކަން ވެސް ޢިއުލާން ކުރަށްވާފައެވެ. ”އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސ...

ޙުސައިން ޝަހުދީ
ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ހދ.ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅު ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރައީސް ވަނީ މިގޮތަށް ކަނޑައަޅުއްވައި، ޤަރާރެއް ނެރުއްވާފައެވެ. މި ޤަރާރުގައި “ހިރިނައިދޫ” ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑަ...

ޔުމްނާ ޢަލީ