"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފަށައިފި
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ “އަންހެންވެރިންގެ ސައްލާ” މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. “އަންހެންވެރިންގެ ސައްލާ” އަކީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ސިޓީތަކާ ބެހޭ ވުޒާރާއިން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެކެވެ. މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އު...