ފުއްގިރީގެ މައްސަލާގައި ޔާމީންގެ ދިފާއުގައި ނަރީޝް ހެކިބަސް ދޭން ހާޒިރެއްނުވި
ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ދެކޮޅު ހަދައިފި އެވެ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ނަރީޝްގެ އިތުރުން އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ދިފާއީ ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފަ […]