ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކުޑަކުދިންނަށް ހާއްސަ ނަސޭހަތެއް ދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ރާއްޖޭގެ ކުޑަކުދިންނަށް ރައީސް ދެއްވި މި ހާއްސަ ނަސޭހަތުގައި ރައީސް އިސްކަންދެއްވާފައިވަނީ ކުޑަކުދިންގެ އުމުރުގެ އަގުހުރިކަމާއި، ދީނީ އަދި ޤައުމީ ވާޖިބުތަކަށެވެ. ރައީސް މުޢިއްޒުގެ ނަސޭހަތުގައި ކުޑަކުދިންނަށް ގޮވާލައްވާފައިވަނީ ކޮންމެ...
ޔުމްނާ ޢަލީ
ސަރުކާރުން ތަޢާރަފްކުރި “އީ މޯލްޑިވްސް 2.0” ޕްރޮގްރާމްގެ ތެރޭގައި އީ-ވޯޓިންގ ނުހިމެނޭ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ، މިދިޔަ އެމްޑީޕީ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް އެކްސް ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މަހްލޫފްގެ ޕޯސްޓުގައި ދޭހަވާގޮތުން، “އީ މޯލްޑިވްސް 2.0” ގެ ބޭނުމަކީ އީ-ވޯޓިންގ އަކަށް ގޮސް އަންނަ ރިޔާސީ އިންތިޚާބު އޮޅުވާލުން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. މި ތުހުމަތަށް ރައްދު ދެއްވަމުން ދާޚިލ...
ޔުމްނާ ޢަލީ
ކޮންމެ ނޭދެވޭ ކަމަކުން ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިން ދުރުހެލިކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި އަކީ ކުޑަކުދިންނެވެ. އަދި މި ކުދިންނަކީ ޤައުމުގެ މުސްތަޤުބަލް ކަމަށާއި، އެ ކުދިން ހަރުދަނާ ޖީލެއ...
ޔުމްނާ ޢަލީ
ޕްލެނެޓް ވީނަސް އަށް ދަތުރުކުރުމަށް 1972 ވަނަ އަހަރު ފުރުވާލި ސޯވިއެޓް މަތިންދާބޯޓު ކޮސްމޯސް 482، 2025 ވަނަ އަހަރުގެ މެއި މަހުގެ 9 އާއި 11 އާ ދެމެދު ބިމުގެ ޖައްވަށް ވަދެ، ބިމަށް ވެއްޓޭނެކަމަށް ލަފާކުރެވޭކަމަށް ނާސާއިން ބުނެފިއެވެ. ވެނެރާ ޕްރޮގްރާމްގެ ދަށުން ވީނަސް އަށް ދަތުރުކުރުމަށް ފޮނުވި މި އުޅަނދު، އިންޖީނު ކުރިން ހުއްޓުމުގެ ސަބަބުން ބިމުގެ އޯބިޓްގައި ހަރުލައި، އެތައް އަހަރެއް ވަންދެން ދުއްވަމުން ދިޔައެވެ. މި އުޅަނދު ފޮނުވާލިތާ ކުޑަދުވަސްކޮޅެއް […]
އަޙްމަދު ދާއޫދު
ކައުންޓަރ ޓެރަރިޒަމްގެ ތަހުގީގަށް އީރާނުގެ ހަތަރުވަނަ މީހަކު އިނގިރޭސިވިލާތުގެ ލަންޑަނުން ހައްޔަރުކޮށްފިއެވެ. ޓެރަރިޒަމާ ގުޅުންހުރި ތަޙުޤީޤެއްގެ ދަށުން އިރާނުގެ އިތުރު ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ލަންޑަނުގެ ފުލުހުން ކަށަވަރު ކޮށްދީފައިވާއިރު، މި ހައްޔަރުކުރުމަކީ މިދިޔަ ހަފްތާގައި އެގައުމުގެ އެހެން ތިން ފިރިހެނުން ހައްޔަރުކުރުމާ ގުޅިގެން ކުރެވުނު ހައްޔަރުކުރުމެކެވެ. 31 އަހަރުގެ މި ފިރިހެނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ލަންޑަނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުރި އެޑްރެހަކުންނ...
އަޙްމަދު ދާއޫދު
އިންޑިޔާ އާއި ޕާކިސްތާނުގެ ބޯޑަރު ސަރަޙައްދުގައި އަނެއްކާވެސް ހަނގުރާމައިގެ ޙާލަތު ގޯސްވެ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މިހަމަލާތަކުގެ ތަފްޞީލު އަދި މީޑިއާތަކަށް ތިލަވެފައި ނުވާއިރު، މީހަކު މަރުވިކަމުގެ މައުލޫމާތު އަދި ނުލިބެއެވެ. އިއްޔެ ރޭވެސް ޖައްމޫ، އަމްރިތްސަރު އަދި އެހެނިހެން ސަރަޙައްދުތަކުގައި ގޮވުންތަކާއި އަލިފާންގަނޑުތައް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިޔާގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުން ފޮނުވި ޑްރްރޯންތަކެއް އޭގެ އަމާޒަށް ވާސިލްވިޔަ ނުދީ ހުއްޓު...
އަޙްމަދު ދާއޫދު
ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި “ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް” ގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ޤައުމުގެ ހިންގުމުގެ ނިޒާމ...
ޔުމްނާ ޢަލީ
2028 ވަނަ އަހަރު ފެށޭއިރު ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި “ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް” ގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ އެކި އިދާރާތަކުގައި ގާތްގަނޑަކަށް 49,000 މުވައްޒަފުން މަސައްކ...
ޔުމްނާ ޢަލީ
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށަހެޅުމަށް ބާއްވާ “މޯލްޑިވްސް 2.0” މިރޭ ފަށައިފިއެވެ. މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫޢުގެ ސިޔާސަތުތައް އެކަށައެޅުމަށް ބާއްވާ ދެ ދުވަހުގެ ސަމިޓެކެވެ. މިކަމަށް މާލޭގެ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ދުނިޔޭގައި ޑިޖިޓަލް ދާއިރާއިން ކުރިއަރާ...
ޔުމްނާ ޢަލީ
ސަރުކާރުން ޒުވާން ހަތީބުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، ކުރިއަށް ގެންދަން ނިންމާފައިވާ ތިންވަނަ ޕްރިގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 283 ޒުވާނުން ބައިވެރިވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ޒުވާން ހަތީބުންގެ ޕްރޮގްރާމް ކުރިއަށް ގެންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމާއި، ޒުވާން ކުދިންގެ ހ...
އިބްރާހިމް ޚަލީލް
ށ. ފޯކައިދޫ ކައުންސިލުން، އެރަށު ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން އެ ރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ކުށުގެ ރެކޯޑް ސެޓްޕިކެޓް ޕްރިންޓް ކުރުމާއި، ރައްޔިތުން ގާތަށް ގޮސް ނަގަންޖެހޭ ބަޔާން ނެގުންފަދަ ކަންކަން ކުރުމަށް ބޭނުންވާ ލެޕްޓޮޕާއި، ކުލަ ޕްރިންޓަރ އެއް ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް އެ ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފައެވެ. އަދި ކައުންސިލުން ސްޓޭޝަންގެ މަސައްކަތްތައް ހަރުދަނ...
އައިޝަތު އައިނީ އާމިރު
ހއ. ދިއްދޫގައި އެރަށު ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާރސިން ކޯސް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ދިއްދޫގައި މި ޕްރޮގަރާމް ތައާރަފްކުރުމަށް ދިއްދޫ ކައުންސިލާއި ވިލާ ކޮލެޖުން ވަނީ ދެ ފަރާތުގެ ދެމެދުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައެވެ. ޕްރޮގްރާމު ދިއްދޫގައި ތައާރަފް ކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، ޒުވާނުންނާއި އެކި އުމުރުފުރާގެ ބޭފުޅުން ޝާމިލުވާގޮތަށް އެންމެ ގިނަ ކޯސް ހިންގާ ކައުންސިލަކީ ދިއްދޫ ކައުންސިލުކަމަށެވެ. އަދި މިވަގުތުވެސް...
އައިޝަތު އައިނީ އާމިރު
ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް “ލައިފް’ ގެ ނަމުގައި ކުރިއަށް ގެންދާ ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފިއެވެ. މި މަހު 7 ވަނަ ދުވަހު ފެށި މި ޕްރޮގަރާމަކީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ކައުންސިލުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ޕްރޮގްރާމުުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަކާއި އަހުލާގު ކުދިންނަށް ދަސްކޮށްދީ، ދީނީ ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާ...
އައިޝަތު އައިނީ އާމިރު
ށ. އަތޮޅު ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްފުޅާކޮށް މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކޮށް، ފެންވަރު މަތިކުރުމުގެ ޕްރޮގްރާމް ހިންގުމަށް އަތޮޅު ހޮސްޕިޓަލާއި، ށ.އަތޮޅު ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ށ.އަތޮޅު ކައުންސިލާއި އެ އަތޮޅު ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އަތޮޅު ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާ ކުރައްވާ ބައްދަލުވުންތަކުގެ ތެރެއިން ތަޢުލީމީ ވުޒަރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުޙައްމަދު އާއި ވުޒާރާގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށ...
އައިޝަތު އައިނީ އާމިރު
ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 4-1 ގެ ނަތީޖާ އިންނެވެ. ޔުނައިޓެޑުން ފުރަތަމަ ލެގުގައި، މިދިޔަ ހަފްތާގައި އެތުލެޓިކްގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. ވުމާއިއެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބިފައިވަނީ 7-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ޔޫރޮޕާ ލީގު ކާމިޔާބު ކުރާ ޓީމަކަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ. […]
އިބްރާހިމް ޚަލީލް
އެކްސް ޕްލެޓްފޯމްގެ 8،000 އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އެޕްލެޓްފޯމަށް އަމުރުކޮށްފިއެވެ. މަހުޖަނު އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއަށް 8،000 އަށްވުރެ ގިނަ އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އަމުރުކޮށްފައިވާއިރު، މީގެ ތެރޭގައި ބައިނަލްއަޤްވާމީ ނޫސްވެރި ޖަމާޢަތްތަކާއި، އެކްސްގައި މަޝްހޫރު ބައެއް ޔޫޒަރތަކުގެ އެކައުންޓްތައް ހިމެނެއެވެ. އިންޑިއާ ސަރުކާރުން މި އަމުރު ނެރެފައިވަނީ، އެކްސްގައި ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ބުނެ، މި އެކައުންޓްތަކުގެ...
އަޙްމަދު ދާއޫދު
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދުގައި އޮތް ދިގު ތާރީޚީ ރަޙްމަތްތެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް އިސްރާއީލުގެ އާމީ ރޭޑިއޯއިން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ޓްރަމްޕް ވަނީ ނަތަންޔާހޫއާ “ގުޅުން ކަނޑާލުމަށް” ނިންމާފައެވެ. މިގޮތަށް ނިންމުމުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ނަތަންޔާހޫއާއި އޭނާގެ އެންމެ ގާތް މީހުން “ބޮޑާވެ” އަދި ރައީސްއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާތީ ކަމަށް އެރިޕޯޓްގައި ބުނ...
އަޙްމަދު ދާއޫދު