ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާއި ކުރެއްވި ބައްދަލުވުންތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އޮޕަރޭޓިން އޮފިސަރ އާއި ބައްދަލުކުރައްވައިިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ކުރެއްވި މި ބަައްދަލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެޑައިގެންފައިވެއެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ބައްދަލުވ...
އައިޝަތު އައިނީ އާމިރު
ދުނިޔެއިން ފަގީރުކަން ނައްތާލުމަށް އެހީވުމަށް 200 ބިލިއަން ޑޮލަރު ހޭދަކުރަން ބިލްގޭޓްސް ނިންމައިފިއެވެ. މައިކްރޯސޮފްޓްގެ ބާނީ އަދި ބިލިއަނަރު ބިލް ގޭޓްސް އޭނާގެ ހަދިޔާކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް ނިންމާފައިވާއިރު، ގޭޓްސް ވިދާޅުވެފައިވަނީ އޭނާގެ ފައުންޑޭޝަނުން 2045 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ. ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން މިހާތަނަށް 100 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް ގޭޓްސް ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ފަގީރުންނަށް އެހީތ...
އަޙްމަދު ދާއޫދު
ޕާކިސްތާނުން އިންޑިއާއަށް އަނެއްކާވެސް ބަދަލު ހިފުމުގެ އިންޒާރުތަކެއް ދީފިއެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އިސްހާޤު ދާރު ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލާތަކަށް ޕާކިސްތާނުން ދީފައިވާ ޖަވާބުތަކުގައި “ކެތްތެރިކަން” ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޤައުމަށް އެކަށީގެންވަނީ މިއަށްވުރެ މާ ބޮޑު ބަދަލެއް ހިފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕާކިސްތާނުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދުން އިންޑިއާގެ 25 ޑްރޯން ވަނީ ވައްޓާލެވިފައި ކަމަ...
އަޙްމަދު ދާއޫދު
މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް ނަމުގައި ފޭކް ޕޯޓަލްތަކެއް ހިންގަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިން އެދިއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މީސްމީޑިއާގައި މެދުވެރިކޮށް ވަނީ ރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރުގެ ގައުމުތަކުގެ މީހުން ފުރަންޖެހޭ “ޓްރެވެލާ ޑެކްލެރޭޝަން” ފޯމު ނުވަތަ އިމުގާ ފޯމު ދޫކުރުމުގެ ނަމުގައި، އިމުގާ އެޕްލިކޭޝަން، އިމުގާ އޮންލައިން އަދި އިމުގާ މޯލްޑިވްސް ޑޮޓް ނެޓް ފަދަ ނަންނަމުގައި ފޭކް ވެބްސައިޓްތަކެއް ހިންގަމުންދާކަން ފާހަގަކޮށްފައެވެ. މި ވެބ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލުން، އިސްލާމީ ކަންތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރުގެ އަރިހުން އެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނި...
އައިޝަތު އައިނީ އާމިރު
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ބަހާތަކުގެ އިސް މަގާމުތަކަށް މިއަދު ބަދަލު ގެނެސްފިއެވެ. މި ބަދަލުތަކުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނުވަ ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ “ދިވެހިރާއްޖެ 2.0” ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ރައީސް ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން، މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ކުޑަވެ، ދެފުށް ފެންނަ މިންވަރު އިތުރުވެގ...
ޔުމްނާ ޢަލީ
ބައެއްކަހަލަ ކުށްތަކުގައި “ވާނުވާ” ބަންދުގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު 300 އަށްވުރެ ގިނަ މީހުން ވާނުވާގައި ތިބިއިރު، އޭގެ ތެރޭގައި 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންވެސް...
ޔުމްނާ ޢަލީ
އުރީދޫ ނޭޝަން އިންޓަރ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މި ހަފްތާ ބަންދުގައި 9 މޭ ވ ހުކުރު ދުވަހާއި 10މޭ ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފިއެވެ. މިމުބާރާތަކީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމެއް ވާދަކުރާނީ އެންމެ މަގުބޫލު ދެ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައެވެ.. […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގައި “ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ” އެއް މިއަދު އިފްތިތާޙްކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރި މި ކޮމިޓީ އަކީ ޤާނޫނުގެ (ނަމްބަރު 28/2015) ގެ ދަށުން ރާއްޖޭގެ ކޮންމެ ސިޓީއަކާއި، އަތޮޅަކާއި، މީހުން ދިރިއުޅޭ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އުފައްދަން ލާޒިމުކޮށްފައިވާތީ އިފްތިތާޙްކޮށްފައިވާ ކޮމިޓީއެކެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީ އެކުލަވާލާފައިވަނީ ކުޅުދުއްފ...
އައިޝަތު އައިނީ އާމިރު
ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް. ބީ. އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބަދަލާއެކު، ތެލެސީމިއާ ސެންޓަރުގެ ޚިދުމ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ހުށަހެޅުނު ކަންކަމާމެދު ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ރައީސް އޮފީހުގައެވެ. “ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް އިއްޔެ ވަނީ ބައްދަލުކުރަށްވާފައެެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން “ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވަނީ ރައީސަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެ...
ޔުމްނާ ޢަލީ
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް މަގާމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހަޅުއްވައިފި އެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިއަދެވެ. ނަމަވެސް ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ފަހުންނެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމުން ކޮންމެ މަހަކު އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ. އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ...
ހުސައިން ހަބީބް
ތެލެސީމިއާ ކުދީންނަށް އެއްވެސް ތަފާތުކުރުމެއްނެތި، ދިވެހި މުޖުތަމަޢުން ލިބެންހުރި ހުރިހާ ފުރުޞަތުތަކެއް ފަހިކޮށްދޭންޖެހޭކަން ފާހަގަކުރައްވައި، ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު، ދިވެހި...
ޔުމްނާ ޢަލީ
ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ސިއްރު ކުރަން ސިވިލް ކޯޓުން ނިންމައިފި އެވެ. ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ސާޖިދާ ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ […]
ހުސައިން ހަބީބް
ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ސިއްހަތާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައި...
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ވެސް ކާމިޔާބުކޮށް ޕީއެސްޖީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުރީ ހަފްތާގައި ކުޅުނީ އާސެނަލްގެ ދަނޑުގައެވެ. އެ މެޗު ޕީއެސްޖީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު، ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ފައިނަލުން ޖާގަ ލިބިފައިވަނީ 3-1 […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އާއި އެ ވުޒާރާގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސަ...
އައިޝަތު އައިނީ އާމިރު