މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 481 ވަނަ ޞަފްޙާ

ވަގަށް ޗޮކުލެޓު ކައިގެން 15 ދުވަހަށް ބަންދުކުރީ، އާންމުކޮށް ހޮޓާތަކުން ކައިގެން ފިލާ މީހެއް!

ވަގަށް ޗޮކުލެޓު ކައިގެން 15 ދުވަހަށް ބަންދުކުރީ، އާންމުކޮށް ހޮޓާތަކުން ކައިގެން ފިލާ މީހެއް!

ރެޑްވޭވް ޕްލާޒާއިން 14 ރުފިޔާގެ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުގެ މައްސަލައިގައި ހދ. ހަނިމާދޫ، ޝުރައިޚު ޝަރީފް (37 އަހަރު) 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މިއީ މީގެ ކުރިންވެސް ހޮޓާތަކުން ކައިގެން ބިލު ނުދައްކައި ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވެއެވެ. މި މައްސަލައިގައި ޝުރައިޚު ވަނީ ރެޑްވޭވް ޕްލާޒާއަށް ވަދެ، “ސްކިނާ” ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ވަގަށް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލައިފައެވެ. މި މަންޒަރު ފިހާރައިގެ […]

އަލީ އާދިލް
ޙައްޖަށް ދާއިރު ރޮވެނީ ކީއްވެ؟

ޙައްޖަށް ދާއިރު ރޮވެނީ ކީއްވެ؟

އެއީ ލޯބީގެ ކަރުނައެވެ. އެއީ އުފަލާއި ހިތާމައިގެ ކަރުނައެވެ. އެއީ ހިތްހަމަޖެހުމާއި ހިތް ނުތަނަވަސްކަމުގެ ކަރުނައެވެ. އެ ވަގުތުކޮޅުން އެ ފެންނަނީ ދީނަށް އޮތް މަތިވެރި ލޯތްބާއި އިޙްތިރާމެވެ. އަދި ދަރީންނާއި އާއިލާގެ މައްޗަށް އޮތް ލޯތްބާއި ކުލުނާއި އޯގާތެރިކަމެވެ. ހިތުގައި އޮތް ދީނީ ލޯތްބާއި ތަޤުވާވެރިކަމެވެ. ޙައްޖަށް ފުރާއިރު ރޮވެނީ ހަމައެކަނި ޙައްޖާޖީންނަކަށް ނޫނެވެ. ޙައްޖާޖީންގެ ޢާއިލާގެ މެންބަރުން ވެސް ރޮވެއެވެ. މި ދަނޑިވަޅުގައި ރޮވޭ އެއް ސަބަބަކީ އެމީހެއްގެ ލޮބުވެތި ޢާއިލާއާ ވަކިވާންޖެހުމުގެ ހ...

ޢަބްދުﷲ ސަޢީދު
ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު ބަންދުން ދޫކޮށްލައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ރޭ ބަންދުން ދޫކޮށްލައިފިއެވެ. މިދިޔަ މަހު ހިނގި އެ ހާދިސާއާ ގުޅިގެން ރައުދު މަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރު ކުރުމަށްފަހު ދޫކޮށްލުމަށްފަހު އަނެއްކާވެސް މިދިޔަ ހަފުތާގައި ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ އާދީއްތަ ދުވަހު އެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، […]

ޔުމްނާ ޢަލީ
މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމުން މުޒާހަރާ ކުރަނީ

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމުން މުޒާހަރާ ކުރަނީ

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމާ ގުޅިގެން މުޒާހަރާ ފަށައިފިއެވެ. މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިނުދޭން އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމުމާ ގުޅިގެން، މަލިކު ރައްޔިތުން މިހާރު އިހުތިޖާޖީ މުޒާހަރާއެއް ކުރަމުންދާއިރު، މި މުޒާހަރާގައި ރައްޔިތުން ގޮވާލަނީ ކަރިކިއުލަމްގެ ތެރެއަށް އަލުން ދިވެހި ބަސް ހިމަނައިދިނުމަށެވެ. އިންޑިޔާގެ ތަޢުލީމީ ވުޒާރާއިން ނެރެފައިވާ އަމުރުގައި ވަނީ ލަކްޝަދީބުގެ ސްކޫލުތަކުގައި ބަސް ކިޔަވައިދިނުމުގެ...

އަޙްމަދު ދާއޫދު
އިންޑިއާ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް

އިންޑިއާ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް

މިއަހަރު ނިމުމުގެ ކުރިން ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް އިންޑިއާ ވާނެކަމުގައި އައިއެމްއެފް އިން ބުނެފިއެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުމުގެ ކުރިން އިންޑިއާ ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެގެންދާނެއެވެ. މިގޮތުން ޖަޕާން ފަހަނައަޅައި، އެމެރިކާ، ޗައިނާ އަދި ޖަރުމަނުގެ ފަހަތުން އިންޑިއާ ހަތަރުވަނައަށް އަރާނެއެވެ. 2014 ވަނަ އަހަރު އިންޑިއާ އޮތީ ދުނިޔޭގެ […]

އަޙްމަދު ދާއޫދު
ޔޫރަޕްގެ ރަން ބޫޓު އެމްބާޕޭއަށް

ޔޫރަޕްގެ ރަން ބޫޓު އެމްބާޕޭއަށް

ސީޒަންގައި ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓޫ ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ޕީއެސްޖީ ދޫކޮށް އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވެފައި ވަނީ މި ސީޒަންގައެވެ. އާންމުކޮށް ދަނޑުގެ އަރިމަތިން ކުރިއަށް ކުޅޭ އެމްބާޕޭ، ރެއާލަށް ބަދަލުވުމަށް ފަހު ކުޅެމުން އައީ ސެންޓަރ ފޯވާޑް މަގާމަށެވެ. އާންމުކޮށް ކުޅޭ ޕޮޒިޝަން ނޫން އެހެން ތަނަކަށް ކުޅެން ޖެހުމާއިއެކު ސީޒަންގެ ފުރަތަމަ ބައިގައި އޭނާގެ ފަރާތުން އެންމެ އެދެވޭ […]

އިބްރާހިމް ޚަލީލް
ޚަބަރު ދޮގުކޮށް ނަޝީދު "އަލިފުން ޔާޔަށް އޭގައި އެހުރަ ހުރި ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" 

ޚަބަރު ދޮގުކޮށް ނަޝީދު "އަލިފުން ޔާޔަށް އޭގައި އެހުރަ ހުރި ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" 

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނާއި މުޢާމަލާތް ކުރެވުނު ކަމަށް ރާއްޖެ އެމްވީ އިން 26 މޭ 2025 ގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށްވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ބަޔާނެއް ނެރެފި އެވެ. އެބަޔާން ހިމަނުއްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ޚަބަރަކީ ފިތުނަވެރި ދޮގު ވާހަކަތަކެއް ފެތުރުމަށް ކުރެވޭ މަސައްކަތެއްކަމަށާއި މިފަދަ ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ދަންނ...

އަލީ އާދިލް
ހަމާސް އިން އެމެރިކާގެ ހުށަހެޅުމަކަށް އެއްބަސްވެއްޖެ

ހަމާސް އިން އެމެރިކާގެ ހުށަހެޅުމަކަށް އެއްބަސްވެއްޖެ

ހަމާސް އިން އެމެރިކާގެ ހުށަހެޅުމަކަށް އެއްބަސްވެއްޖެ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. އަލްޖަޒީރާ އަށް މަޢުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ، އެނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމާސް ޖަމާއަތުން ވަނީ އެމެރިކާއިން ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން، 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، ދެ ފިޔަވައްސަކަށް ބަހާލައިގެން އިސްރާއީލުގެ ދިރިތިބި 10 ރަހީނުންނާއި އިތުރު ބައެއް މީހުންގެ ހަށިތައް ދޫކޮށްލުމަށް ހަމަޖެހިފައި...

އަޙްމަދު ދާއޫދު
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސަޢުދީން ހޫނު މަރުހަބާއެއް

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސަޢުދީން ހޫނު މަރުހަބާއެއް

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ވަޑައިގެންނެވި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ޚާއްޞަ މަރުޙަބާއެއް ދެންނެވުނު ފުރަތަމަ ފަހަރެވެ. ޖިއްދާ އެއާޕޯޓުގައި ބޭއްވުނު ޚާއްޞަ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސްވެރިންނާއި، ދިވެހި ޙައްޖު މިޝަންގެ މެންބަރުން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން އަދި ޙައްޖު ކޯޕަރޭޝަންގެ އޮފ...

އަލީ އާދިލް
ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިއްޔެއް ހުޅުން ނައްޓާލި މައްސަލަ ބަލަނީ

ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިއްޔެއް ހުޅުން ނައްޓާލި މައްސަލަ ބަލަނީ

ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއް ހިފާ އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:55 ހާއިރުއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ތ. ވޭމަންޑޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ ތަޙުޤީޤު […...

ޔުމްނާ ޢަލީ
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް، ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ: މެޓް

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް، ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކޮށްފި އެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް...

އިބްރާހިމް އަސްވާޤް
ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގެ އެމާޖެންސީ ރޫމް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގެ އެމާޖެންސީ ރޫމް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީ ކުރި 14 އެނދުގެ ޒަމާނީ އެމާޖެންސީ ރޫމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ. މި ސަރުކާރުގެ “ނިއު ޕޮލިސީ އިނިޝިއޭޓިވް”ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއު ނިމުމާއެކު، އެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްތަކުގެ އަދަދު ވަނީ ދެގުނަ […]

އަލީ އާދިލް
އުރީދޫ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް ސްމާޓް ވޮޗަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފި

އުރީދޫ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް ސްމާޓް ވޮޗަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް ސްމާޓް ވޮޗަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މި އައު ޚިދުމަތާއެކު ކަސްޓަމަރުންނަށް މޮބައިލް ފޯނު ކައިރީގައި ނެތް ވަގުތުތަކުގައިވެސް ސްމާޓް ވޮޗުން ސީދާ ގުޅާލެވޭނެއެވެ. މި ޚިދުމަތް ލިބޭނީ ރާއްޖޭގައި ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ. މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި، ޓެކްސްޓް މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން އެކި އެޕްލިކޭޝަންތަކާ ގުޅިފައި ތިބުމުގެ ފުރުސަތު ކަސ...

އިބްރާހިމް އަސްވާޤް
ރާއްޖޭގެ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ފުރައިފި

ރާއްޖޭގެ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ފުރައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ގުރޫޕުގައި 234 ޙައްޖުވެރިން ހިމެނެއެވެ. ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިއަދު ހަވީރު 15:14 ގައި ސަޢުދީ އެއަރލައިންސްގެ ފްލައިޓަކުންނެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކުރީ އަހަރުތަކެކޭ...

ޔުމްނާ ޢަލީ
ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްފި

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން، މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސ...

ޔުމްނާ ޢަލީ
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ %70 ނިމިއްޖެ: އެމްޓީސީސީ

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ %70 ނިމިއްޖެ: އެމްޓީސީސީ

ށ. ކޮމަންޑޫ އާާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ބިން ހިއްކައި، ދެ ކޮމަންޑޫ ގުޅުވުމުގެ މަސައްކަތުގެ %70 ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިދިޔަ ސަރުކާރުން، ކޮމަންޑޫ އާއި މަތި ކޮމަންޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ދެ ބިން ގުޅުވުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު ޖެނުއަރީ މަހުއެވެ. އެ ކުންފުނިން މި މަސައްކަތް ފަށާފައި ވަނީ 14 ޖެނުއަރީ 2022 ގައެވެ. އެގޮތުން […]

އައިޝަތު އައިނީ އާމިރު
''ސަރުކާރު ހިންގަން ބޭނުންވަނީ ދެފުށް ފެންނަގޮތަށް، ކޮރަޕްޝަނަށް ފުރުސަތެއް ނުދޭނަން''

''ސަރުކާރު ހިންގަން ބޭނުންވަނީ ދެފުށް ފެންނަގޮތަށް، ކޮރަޕްޝަނަށް ފުރުސަތެއް ނުދޭނަން''

ބޭނުންފުޅުވަނީ ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، މުއައްސަސާތައް، ދެފުށް ފެންނަ ގޮތުގައި ހިނގުމަށް ކަމަށާއި، ކޮރަޕްޝަނަށް އެއްވެސް ގޮތަކުން ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅުދައްކަ...

ޔުމްނާ ޢަލީ
ހުޅުމާލޭގެ އާ މާސްޓަރ ޕްލޭން އިފްތިތާޙުކޮށްފި

ހުޅުމާލޭގެ އާ މާސްޓަރ ޕްލޭން އިފްތިތާޙުކޮށްފި

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން މިއަދު ހެނދުނު އިފްތިތާޙުކޮށްފިއެވެ. ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އާ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށެވެ. މި ޕްލޭންގައި ގިނަ މުހިންމު ބަދަލުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އެއްފަސްކުރުން […]

ޔުމްނާ ޢަލީ