ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ. މި މަގާމަށް ޝަހީރު މިއަދު އައްޔަންކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ބުނެފައެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަންކުރެވުނު އަހުމަދު ނާސިފް، މިދިޔަ މާރިޗް މަހު އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު “މީޑިއާ ފެންޑާ” ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. “މީޑިއާ ފެންޑާ” އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ތަނުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުންކަމަށް ރައީސް އޮފީހުނ...
ޔުމްނާ ޢަލީ
ހއ. އުލިގަމާއި، ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން އެމްޓީސީއާއި ހަވާލުކުރެވުނު މަޝްރޫޢުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީގެ...
އައިޝަތު އައިނީ އާމިރު
ށ. މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި މެއި މަހުގެ 27 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިލަންދޫގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ: ށ. މިލަންދޫ / […]
ޔުމްނާ ޢަލީ
ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ދިމާވި މައްސަލައަކާއި ގުޅިގެން މެދުކަނޑާލުމަށް ފަހު މައްސަލަ ހައްލުކޮށް، މުބާރާތުގެ ބާކީބައިގެ ކުޅުން މިއަދު ފަށަން ނިންމައިފިއެވެ. ހއ.އަތޮޅުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މި އަހަރު ކުރިއަށް ދަނީ ހޯރަފުށީގައެވެ. މި އަހަރު މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ހޯރަފުށި، މުރައިދޫ، ދިއްދޫ، މޮޅަދޫ އަދި އިހަވަންދޫއެވެ. މުބާރާތް ފަށާފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ. މިމުބާރާތުގައި މައްސަލަ ދިމާވީ […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގެ ގޭގޭގައި މި މެއި މަހު ލިބުނު ކަރަންޓް ބިލު އަދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މެއި މަހުގެ ކަރަންޓް ބިލު އައި އިރު އޭގެ ކުރީ މަހުގެ ބިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބުނެ ރައްޔިތުން ވަނީ މީސްމީޑިއާގައި އެ ގެއެއްގެ ބިލް ހިއްސާކޮށް އަޅާކިއާފައެވެ. އަދި ބިލް ބޮޑުވުމުގެ ސަބަބުން މި ކަން މެދުވެރިވާންވީ ކީއްވެގެންތޯ ސުވާލުކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. އެގޮތުން […]
އައިޝަތު އައިނީ އާމިރު
ހަ މީހުންނާއިއެކު ހދ.ހަނިމާދޫއިން ފުރައިގެން ހއ.ފިއްލަދޫއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:45 ހާއިރުއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން އެ ލޯންޗްގެ ކައްޕި އަބްދުﷲ ނާސިފް ބުނީ، ރޭ ދަންވަރު ހަނިމާދޫއަށް ޖެއްސި ފްލައިޓުން އައި އެ ރަށު ބަޔަކު ނަގައިގެން ލޯންޗް ހަނިމާދޫ ބަނދަރުން ފުރީ ރޭ ދަންވަރު 01:45 ހާއިރު ކަމަށާއި، ނެރުން ނުކުމެ މިނެޓެއްހާއިރު ދުއްވާލިތަނާ ލޯންޗްގައި ހަރުއެއްޗެއް ޖެހުނުކަމުގެ […]
އިބްރާހިމް ޚަލީލް
ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސްގެ ޝަރަފު ވިދި ވިދިގެން ދެވަނަ އަހަރު ލިބިއްޖެއެވެ. މި އެވޯޑަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. ސްމޯލް މާކެޓްސް ކެޓަގަރީގައި ވާދަކުރަނީ އާބާދީ 2 މިލިއަން ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓަރުންނެވެ. މިއަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސް އަށް މި […]
އިބްރާހިމް އަސްވާޤް
ޔެއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުމާއިއެކު ޔޫރަޕުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ޗެލްސީއަށް ލިބިއްޖެއެވެ. ކޮންފަރެންސް ލީގުގެ ފައިނަލުގައ ރޭ ޗެލްސީއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ބެޓިސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު (4-1) ޖަހައިގެންނެވެ. ޔޫރަޕްގެ ތިންވަނަ ގިންތީގެ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުގެ ތަށި އުފުލައިލުމާއިއެކު ޗެލްސީ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކަސްޓަމަރުން ސަމާލުވުމަށް އެދެފި އެވެ. މި މެސެޖުތަކުގައި އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ކަމަށް ބުނެ ލިންކުތަކެއް ހިމަނާފައިވާއިރު، މޯލްޑިވްސް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މިފަދަ މެސެޖެއް ނުފޮނުވާނެކަން އަންގައިދީފައިވެއެވެ. “މޯލްޑިވްސް ޕޯސްޓް ޑެލިވަރީ ރިމައިންޑަރ: ލޮބުވެތި ކަސްޓަމަރު، އަޅުގަނޑުމެން ތިޔަބޭފުޅާގެ ޕެކޭޖު ޑެލިވަރކުރަން ގިނަ ފަހަރު މަތިން މަސައްކަތްކޮށްފީމެވެ. ނަމަވެސް ތިޔަބޭފުޅާގެ އެޑް...
އިބްރާހިމް އަސްވާޤް
ހޫނުގަދަވުމާ ގުޅިގެން 2025 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ހުކުރު ޚުތުބާ ކުރުކުރަން ޝެއިޚް ސުދައިސް އަންގަވައިފިއެވެ. މައްކާގެ މަސްޖިދުލް ޙަރަމާއި މަދީނާގެ މަސްޖިދުން ނަބަވީގެ ދީނީ ކަންކަމާ ބެހޭ ރިޔާސަތުގެ ވެރިޔާ، ޝެއިޚް ޢަބްދުއްރަޙްމާން އައްސުދައިސް، ވަނީ 2025 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މައްކާއާއި މަދީނާގައި ހޫނުގަދަވުމުގެ ސަބަބުން ހުކުރު ޚުތުބާއާއި ނަމާދު ކުރުކުރުމަށް އަންގަވާފައެވެ. އަދި ބަންގި ގޮވުމާއި ޚުތުބާ ފެށުމާ ދެމެދު އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ވެސް ވަނީ އަންގަވާފައެ...
އަޙްމަދު ދާއޫދު
އައު ވޭރިއަންޓް އެންބީ.1.8.1 އިން ކޮވިޑް ކޭސްތައް މައްޗަށް ދާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ އައު ވޭރިއަންޓެއް ކަމަށްވާ އެންބީ.1.8.1، އިރުމަތީ މެޑިޓަރޭނިއަން، ދެކުނު އިރުމަތީ އޭޝިއާ، އަދި ހުޅަނގު ޕެސިފިކް ސަރަޙައްދުތަކުގައި ކޭސްތައް އިތުރުވުމުގެ ފަހަތުގައި ވެދާނެއެވެ. މި ވޭރިއަންޓް ފުރަތަމަ ފާހަގަ ކުރެވިފައިވަނީ މެއި މަހުގެ މެދުތެރޭގައި، ދުނިޔޭގެ ފެންވަރުގައި ސީކުއެންސް ކުރެވުނު ސާމްޕަލްތަކުގެ ގާތްގަނ...
އަޙްމަދު ދާއޫދު
ޓެކް ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރައްވައިފިއެވެ. އޭނާ ވަނީ ފެޑެރަލް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މިކަން އޭނާ އިއުލާން ކުރެއްވީ ބުދަ ދުވަހުގެ ހަވީރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައެވެ. “ޚާއްސަ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފުރުސަތު...
އަޙްމަދު ދާއޫދު
ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ (ޓިވެޓް) ގައި މިއަދު ބިންގާ އަޅައިފިއެވެ. މި ސެންޓަރ ގައި ބިންގާ އެޅުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވާފައިވާއިރު، މި ޓިވެޓް ސެންޓަރުގައި ރަސްމީކޮށް ބިންގާ އެޅުމުގެ ގޮތުން ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަ...
އައިޝަތު އައިނީ އާމިރު
ހއ. ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްޓީސީސީން މިއަދު އާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މިސްކިތް އިމާރާތުގެ ރޫފް ބީމްތަކާއި ނަމާދުކުރާ ސަރަހައްދުގެ ތިންވަނަ ފަންގިފިލާގެ ސްލެބްގެ ޝަޓަރިންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ވުޟޫކުރާ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ވަނީ ނިންމާލެވިފައެވެ. 2023 ވަނަ އަ...
އަލީ އާދިލް
“ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. މިކަން ރައީސް ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މީގެ ތެރެއިން، ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ބަންދަށް...
އަލީ އާދިލް
ށ. ބިލެތްފަހީގައި “އޯޝަނިއާ” ކިޔާ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށް ހިނގައްޖެއެވެ. ބިލެތްފަހީ ކައުންސިލުގެ ރައީސް އަބްދުالله ޒިޔާދު ”ތިލަދުން” އަށް، ވިދާޅުވީ މި ޑިންގީ ބަންޑުން ޖަހާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތުގައި ބިލެތްފަހި ކައިރިން ދޮށީގައި ކަންނެލި ބޭނުމަށްޓަކައި ގޮސް އުޅެނިކޮށް ކަމަށެވެ. އަދި މި ޑިންގީ ބަނޑުން ޖަހާލައި އަޑިއަށްދާން މެދުވެރިވި ސަބަބަކަށް ލަފާކުރެވޭގޮތުގައި ބެލެވެނީ ޑިންގީ ފަޅައިގެން ގޮސް އެތެރެއަށް ލޮނުއެޅިގެން ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރަށްވާފައިވެއެވެ. ކަ...
އައިޝަތު އައިނީ އާމިރު
މޮރިޓޭނިއާގެ ފްލައިޓެއް ރަތް ކަނޑަށް ވެއްޓި، 210 ހައްޖުވެރިން މަރުވި ކަމަށް ބުނެ ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީގެ ޑިރެކްޓަރ އޮފް ހައްޖު، އެލް ވަލީ ތާހާ ވިދާޅުވީ އެ ގައުމުގެ ހުރިހާ ހައްޖުވެރިންވެސް ރައްކާތެރިކަމާއެކު މައްކާއަށް ދެވިފައިވާ ކަމަށެވެ. މިފަދަ ބަޔާނެއް ނެރުނީ ސޯޝަލް މީޑިއާގައި މޮރިޓޭނިއާގެ ހައްޖު ފްލައިޓެއް ވެއްޓުނު ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތަކަކާ ގުޅިގެންނެވެ. މި ދޮގު […]
އަލީ އާދިލް