އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާ ދެކޮޅަށް “ލިބެންހުރި ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ އެތައް ސަތޭކަ ގާނޫނީ މާހިރުން ގޮވާލައިފިއެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣާއްޒާގައި އިސްރާއީލުން ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާއެކު އޮންނަ ވިޔަފާރީގެ ގުޅުން މުރާޖަޢާކުރުމާއި އިސްރާއީލުގެ ވަޒީރުންގެ މައްޗަށް ދަތުރުފަތުރު ކުރުން މަނާކުރުމާއި ދަޢުވާ އުފުލައި، “ލިބެންހުރި ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް އ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޓޭބަލްޓޮޕް އެކްސަސައިޒް، “އަމާން އައްސޭރި 2025” މިއަދު ނިންމާލައިފިއެވެ. މި އެކްސަސައިޒަކީ ރައީސް އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާ އެކު ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތެކެވެ. މި ހަރަކާތާގުޅޭ މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ ދެ ދުވަހުގެ މި ހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެން.ޓީ.އާރް.ޕީ) ޓެސްޓްކޮށްފައިވާ...
ޔުމްނާ ޢަލީ
އެ ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރަށްވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ރަށްރަށުގައި ކުނި މެނޭޖް ކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން އަމިއްލަ ޓީވީ ޗެނަލްއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރ އާޠިފް ވިދާޅުވެފައިވަނީ ގެސްޓް ހައުސްތައް ފަދަ ޓޫރިސްޓު މަސައްކަތްތައް ގިނަ ރަށްރަށުގައި ގިނައިން ކުނި އުފެދޭއިރުގައި، ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ވަރަށް ބޮޑަށް ބުރަވާކަމަށެވެ. އެހެންނަމަވެސް ގްރީން...
އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމްކުރެވުނު ނޭޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ. އެގޮތުން މި ސެންޓަރ ހުޅުވުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުالله ނަޒީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ކުޅުދުއްފުށީ ސިޓީގައި ނޭޝަނަލް ކެ...
އައިޝަތު އައިނީ އާމިރު
އީދު ބަންދާ ގުޅިގެން މިހާރު ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރުން އިތުރު ދުވަހެއް ބަންދު ނުވާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން، ޙައްޖު ދުވަހާއި އަޟްޙާ ޙާ ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާއަށް 1446 […]
ޔުމްނާ ޢަލީ
ބާސެލޯނާއަށް ކުޅެމުން އަންނަ، އުމުރުން 17 އަހަރުގެ ލެމީން ޔަމާލް، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އާކޮށް، އޭނާގެ އެއްބަސްވުމުގައި ވިއްކާލާފީއެއްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހިމަނާފައިވާ ކަމުގައި ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ. ޔަމާލް ބާސާއާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް ބާސާއިން މިވަނީ ޔަމާލް ލައްވައި އިތުރު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށު...
އިބްރާހިމް ޚަލީލް
ބިލިއަނަރު އީލޮން މަސްކްގެ ވިޔަފާރި ބޭނުމަށް ހިންގާ ސްޕޭސް ފްލައިޓް ކުންފުނި، ސްޕޭސްއެކްސްއިން، ޓެކްސާސްއިން ފުރުވާލި ރޮކެޓް ވެހިކަލް، ސްޓާޝިޕްގެ 9 ވަނަ ޓެސްޓް ފްލައިޓް ދަތުރު ފެށިތާ 30 މިނެޓެއްހާއިރު ތެރޭ ކޮންޓްރޯލް ގެއްލިއްޖެ ވެއްޓިފައިވާކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ. ރޮއިޓަރސްގެ ރިޕޯޓުގައިވާ ގޮތުން، ބުދަ ދުވަހު ސްޓާޝިޕް ވަނީ ރޭވިފައިވާ ވަގުތަށްވުރެ ކުރިން ޖައްވުގެ ތެރެއަށް އަނބުރާ ވަދެފައެވެ. އެއީ ރޮކެޓުގައި ހުރި ލީކެއްގެ ސަބަބުން ބޭރު ޖައްވުގައި ނުހިފެހެއްޓި ދައުރުވާން...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: “އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ހަސަންގެ ރަށަށް ދާން. ހަސަން ނުފެނި އަހަންނަކަށް އެންމެ ރެޔަކު ވެސް ނުނިދޭނެ. އަހަރެން މޮޔަވެދާނެ. ” ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ދެ އަތް ކޮއްޕާލަމުން ޝަބްނަމް ފާރު ބުޑަށް ތިރިވިއެވެ. އަދި މަޑުމަޑުން ފާރުގައި ބޯ ޖައްސާލިއެވެ. ” އަހަރެން ދާނީ ހަސަން ބަލާ.” ޝަބްނަމް އަނެއްކާ ވެސް ބުނެލިއެވެ. ހެނދުނުހެނދުނާ ޒުހޭރާ ބަދިގެއަށް ދިޔައިރު ޝަބްނަމް އިނީ މޭޒުކައިރީގައެވެ. ޝަބްނަމް ފެނުމާއެކު ޒުހޭރާ […]
ސަލާމާ ޢަބްދުލް ޢަލީމް
މި އަހަރުގެ ކުރީކޮޅު އިޖުތިމާޢީ ހަރަކާތްތައް އިންތިޒާމްކުރުމަށް އެޕަލް އިން ނެރުނު “އެޕަލް އިންވައިޓްސް” އެޕަށް، އެ އެޕް ނެރުނު ފަހުން ފުރަތަމަ ފަހަރަށް އައު ފީޗަރެއް ތަޢާރަފްކޮށްފިއެވެ. މިކަން ހާމަވެފައިވަނީ އެޕް ސްޓޯރއަށް ނެރުނު އައު އަޕްޑޭޓް، ވަރޝަން 1.2 އާއެކުއެވެ. މި އައު ފީޗަރ އަކީ “ލިންކް ޓައިލްސް” އެވެ. މީގެ ކުރިން އެޕަލް އިންވައިޓްސްގައި ހަމައެކަނި އެޕަލް މިއުޒިކްގެ ޕްލޭލިސްޓްތަކާއި އެޕަލް ފޮޓޯސްގެ އަލްބަމްތަކަށް ލިންކް ކުރެވޭ ގޮތް ހުރި ނަމަވެސް، މިހާރު […]
އަޙްމަދު ދާއޫދު
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އަޅުވެރިންނަށް، މުވާސަލާތު ކުރުމަށް ފަސޭހަކޮށް، ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މަސްޖިދުލް ޙަރަމް، މަސްޖިދުއް ނަބަވީ އަދި އެހެނިހެން މުޤައްދަސް ތަންތަނުން ހިލޭ ހަލުވި ސްޕީޑުގެ އިންޓަނެޓް ލިބޭނެކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ 2025 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ހައްޖުވެރިންނަށް މުހިންމު ހުރިހާ މުޤައްދަސް ތަންތަނެއްގައި ހިލޭ ވައިފައިގެ ޚިދުމަތް ފޯރުކޮށްދޭނެ...
އަޙްމަދު ދާއޫދު
ސަޢޫދީ ޢަރަބިއްޔާއަށް 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއާއެކު، މިރެއިން ފެށިގެން ޛުލްޙިއްޖާ މަސް ފެށިގެން ދާނެއެވެ. މާދަމާއަކީ ހައްޖުމަހުގެ 1 ވަނަ ދުވަހެވެ. ސައޫދީއަށް ހަނދުފެނުމާއެކު ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީލާދީ ސަނަތުން މާދަމާއަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން ޖޫން މަހުގެ ފަސް […]
އަޙްމަދު ދާއޫދު
ކުޅުދުއްފުށި ސިޓީގައި މިއަދު ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓި ކަހާލައިގެންގޮސް މަގުގެ އެއްކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ގެއްލުންވެއްޖެއެވެ. މިއަދު މެންދުރުގެ ވަގުތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކުޅުދުއްފުށީގެ އުދަރެސް މަގުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. އަދި މި މައްސަލަވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދީ ވިދާޅުވެފައިވަނީ އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަ...
އައިޝަތު އައިނީ އާމިރު
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަށް ދީފިއެވެ. މަރުކަޒީ ބޭންކުން މި ހުއްދަ ދޫކޮށްފައި ވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށް މި ހުއްދަ ދޫކުރީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ […]
ޙުސައިން ޝަހުދީ
އެމެރިކާގެ ހަވާއީ-ކެލިފޯނިއާ މަގުން ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓަކަށް އިންޒާރު ދިނުމުގެ ސަބަބުން އެމެޖެންސީގައި ޖައްސައިފިއެވެ. ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ބުނާގޮތުގައި އެމެރިކާގެ ހޮނޮލޫލޫ އާއި ދެކުނު ކެލިފޯނިއާ އާ ދެމެދު ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓު، ސަލާމަތީ ކަންބޮޑުވުންތަކެއްގެ ސަބަބުން އެހެން މަންޒިލަކަށް ވަނީ ޑަައިވާޓްކޮށްފައެވެ. މީގެ ތެރެއިން އެއް މަތިންދާބޯޓު ޑައިވާޓް ކޮށްފައި ވަނީ ބޮމުގެ ބިރުދެއްކުމެއްގެ ސަބަބުންނެވެ. އަނެއް މަތިންދާބޯޓު ބަދަލުކުރެވުނީ ފާޚާނާގެ ލޯގަނޑުގ...
ޔުމްނާ ޢަލީ
ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކޮށްފިއެވެ. މިކަމަށް އައިޖީއެމްއެޗްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. 75 އެނދުގެ މި އައު ވިންގްގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި، ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި އަދި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ. މި އިތުރުކުރެވުނު އެނދުތަކާއެކ...
ޔުމްނާ ޢަލީ
މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ދާ ދިވެހިންނަށް، އާއިލާއާ ގުޅުން ބަދަހި ކުރުމަށް ސައުދީ ޕާސްޕޯޓް އީސިމްގެ ހާއްސަ ރޯމިން ޕެކޭޖެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ. އުރީދޫއިން މައުލޫމާތު ދެއްވި ގޮތުގައި، ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ފަރާތްތަކަށް ސައުދީ ޕާސްޕޯޓް އީސިމްއަކީ މި ދަތުރުގައި އެންމެ މުހިންމު އެއް ބައިވެރިއެވެ. މި ޕެކޭޖްގެ ދަށުން 8 ޖީބީ ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. އަދި ސައުދީ އަރަބިއްޔާއަށް އެތެރެވާ ހިސާބުން […]
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ސިޓީ އެއް ހުށަހަޅައިފިއެވެ. ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނިގޮތުގައި، އެ ޖަމިއްޔާއިން ވަނީ ރައީސް މުޢިއްޒު އަރިހުން ދެކަމަކަށް އެދި ސިޓީއެއް ހުށަހަޅާފައެވެ. ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ހުށަހެޅި މި ސިޓީގައި ކައުންސިލްތަކުން އެދިފައިވާ މައިގަނޑު ކަމަކީ: • ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމުގައި ކައުންސިލްތަކާއި މުޖުތަމަޢުތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް.ރައީސުލްޖުމްހޫރިއްޔ...
ޔުމްނާ ޢަލީ
މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރި 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ލިބޭ ބޮޑު އުފަލެއް އަދި ޝަރަފެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި މި އަހަރު ރާއްޖެ ހިމަނާދީފައިވާއިރު، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އިއްޔެ ވަނީ މައްކާ އަށް ގޮސްފައެވެ. ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް […]
ޔުމްނާ ޢަލީ