މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ. މިދިޔަ މަހު ހިނގި އެ ހާދިސާއާ ގުޅިގެން ރައުދު މަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރު ކުރުމަށްފަހު ދޫކޮށްލުމަށްފަހު އަނެއްކާވެސް މިދިޔަ ހަފުތާގައި ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ […]
ހުސައިން ހަބީބް
ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނިކޮށްދީފައިވާއިރު، ވަރިވާން އެދި 10 މައްސަލަ ހުށަހެޅިކަމަށް އެ ކޯޓުން ބުނެފިއެވެ. ފެމިލީ ކޯޓުގައި މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅީ އިއްޔެއެވެ. އެހާ ގިނަ ބަޔަކު އެއް ދުވަހާ ކައިވެނި ކުރަން އިއްޔެ ހުށަހަޅާފައި ވަނީ އިއްޔެ އަކީ އަހަރުގެ އެންމެ ތާރީޚް 25-05-25 ކަމަށް ވުމުންނެވެ. ފެމިލީ ކޯޓުން ބުނިގޮތުގައި އިއްޔެ އަކީ މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅި ދުވަހެވެ. އެ […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ޗެމްޕިއަންސް ލީގުން ޖާގަ ހޯދިއިރު، ރޭ ކުޅުނު މެޗުން ބަލިވި ނަމަވެސް ނިއުކާސަލަށް ވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިއްޖެއެވެ. ލީގުގައި ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާއި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ރޭ މެޗަށް ފަހު ލިވަޕޫލަށް ލީގުގެ ޓްރޮފީ ހަވާލުކޮށްފައިވާއިރު، މިއީ ލިވަޕޫލުން ލީގު […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސް ވަހީދު މި މަގާމަށް ޢައްޔަނުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ޑރ. ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހާައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ...
ޔުމްނާ ޢަލީ
ސްޕެނިޝް ލީގުގެ ސީޒަންގެ ފަހު މެޗުގައި ޗެމްޕިއަން ބާސެލޯނާއިން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައިފިއެވެ. ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ބާސާއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއިރު، އެ ދެގޯލުވެސް ޖަހައިދިނީ ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ރޭ ޖެހި ދެ ގޯލާއިއެކު އޭނާ ބާސާއަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 101 އަށް އަރާފައެވެ. އޭނާ މި އަދަދަށް […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެ މައްސަލާގައި ހިމެނޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ހުކުމަކުން ސާބިތުވެފައިވާ ދަރަންޏަށް އެ ޙުކުމާއި އެއްގޮތަށް ފައިސާދައްކާފައި ނުވާތީ، އެ ޙުކުން ތަންފީޒުކޮށްދިނުމަށް އެމްއެމްޕީއާރުސީން ހުށަހެޅި މައްސަލަ އަލުން ހުށަހެޅުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ. ލޯނެއްގެ ގޮތުގައި އެސްއޯއެފް އަށް ދޫކޮށްފައިވާ 10.7 މިލިއަން ޑޮލަރު ހޯދުމަށް އެމްއެމްޕީއާރުސީން އެ ކުން...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ވަރަށް އަވަހަށް އަންނައްޗޭ.” ކުޑަކޮށް ކޮރެލުމަށްފަހު، ހަސަންގެ ކޮނޑުގައި ހިފަހައްޓާލަމުން މަރިޔަމް ބުންޏެވެ. އެއާއެކު ބޯ ޖަހާލަމުން ހަސަން އަނެއްކާ ވެސް ފޮށި ނެގިއެވެ. އަދި ނުތަނަވަސް ވެފައި ހުރެ އޭނާ ނިކުމެއްޖެއެވެ. އޭރު ވެސް ޝަބްނަމް ހުރީ ލޯބިވެތި ގޮތަކަށް ހެވިފައި ބަލަހައްޓައިގެންނެވެ. ރޭގަނޑުގެ އަނދިރިކަމުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން، ދޯނި ދަތުރު ކުރަމުން ދިޔައެވެ. ކަނު އަނދިރީގެ ތެރެއިން ހަމައެކަނި ފެންނަނީ މަތީގައި ވިދަވިދާ ހުރި ތަރިތަކާއި ހިމަ […]
ސަލާމާ ޢަބްދުލް ޢަލީމް
މައިކްރޯސޮފްޓުން އެ ކުންފުނީގެ މަޝްހޫރު ނޯޓްޕެޑް އެޕްލިކޭޝަނަށް އައު އަޕްޑޭޓެއް ގެނެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިޔުންތައް އުފެއްދޭ ފީޗަރެއް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރާއެކު، މައިކްރޯސޮފްޓް 365 ނުވަތަ ކޮޕައިލެޓް ޕްރޯ ސަބްސްކްރިޕްޝަން އޮންނަ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތު ދިނުމުން އެއާ އެއްގޮތަށް ލިޔުންތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަޕްޑޭޓާއެކު، ލިޔުމެއް ފެށުމަށް އުނދަގޫވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އުފައްދާ ލިޔުންތަ...
އަޙްމަދު ދާއޫދު
ޙައްޖު މަހުގެ ހަނދު އަންގާރަ ދުވަހު ބެލުމަށް ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ގޮވާލައިފިއެވެ. ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އަންނަ އަންގާރަ ދުވަހުގެ ހަވީރު ޙައްޖު މަހުގެ ހަނދު ބެލުމަށް މުސްލިމުންނަށް ގޮވާލައިފައިވާއިރު، މިއީ ޛުލްޤައިދާ މަހުގެ 29 ވަނަ ދުވަހާ ދިމާވާ މޭ މަހުގެ 27 ވަނަ ދުވަހެވެ. އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ހަނދު ފެންނަ ކޮންމެ މީހަކުވެސް އެކަން އެންމެ އަވަހަށް އެންމެ ކައިރީގައި ހުރި ކޯޓަކަށް […]
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާގެ 10 ހޮސްޕިޓަލަކާއި ކްލިނިކަކަށް ހަފުތާއެއްގެ ތެރޭގައި ހަމަލާދީފިއެވެ. ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ފާއިތުވި ހަފްތާގެ ތެރޭގައި ޣައްޒާގެ 10 ހޮސްޕިޓަލާއި ކްލިނިކަށް ހަމަލާދީފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން، އެތަންތަނުން ދެމުން އައި ޞިއްޙީ ޚިދުމަތްތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. މިހާރު ކިރިޔާވެސް ޚިދުމަތެއް ލިބެނީ ، ބާކީ ހުރި މަދު ޞިއްޙީ މަރުކަޒުތަކުން ކަމަށްވާތީ އެތަންތަނަށް ވަނީ ބާރު ބޮޑުވެފައެވެ. އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން...
އަޙްމަދު ދާއޫދު
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް އެ ޚިދުމަތްތައް ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހުކޮށްފިއެވެ. އޮރެންޖް ހިޔާ ބިލްޑިންގ މިކަމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ހަފުލާގައި މި ޚިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއް...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ޕޮޓޯގްރަފީ ވޯކްޝޮޕް ނިންމާލައި، ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުޅި ޖުމްލަ 26 ބައިވެރިންނާއެކު މި މަހު 21 އިން 24 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ އާދަމް ނާއިފް އެވެ. އަދި ނިންމުމުގެ ރަސްމިޔަތުގައި ނާއިފް ވަނީ ވޯކްޝޮޕްގެ ބައިވެރިން ދެއްކި ހުނަރާއި އުފެއްދުންތެރިކަން ފާހަގަކޮށް، ބައިވެރިން ވޯކްޝޮޕްގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ދައްކާފައެވެ. އެގޮތުން މި ވޯކ...
އައިޝަތު އައިނީ އާމިރު
ވަގަށް ސިނގިރޭޓް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމަތާއިގުޅިގެން މި މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން މި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު...
ޔުމްނާ ޢަލީ
އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށުގެ މާހައުލު ނައްތައިލެވޭނެކަމަށާއި، މި ރޫޙުގައި މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާއި ދެމެދު ހިނގި މާރާމާރީއެއްގެ ތެރެއަށް ޢާއިލީ ބަޔެއް ބައިވެރިވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ހުޅުމާލޭ ބުރެވިގަސް މަގުގައި ހުރި ލޮޓެއް ކައިރީ މާރާމާރިއެއް ހިނގައިގެން މިއަދު 13:00 ހާއިރު އެ މުއައްސަސާއަށް ރިޕޯޓްކޮށްފަވެއެވެ. ފުލުހުން ބުނިގޮތުގައި މި ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން ވަނީ ސީނަށް އެޓެންޑްވެ، ބެލިބެލުމުން އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާގެ މެދުގައި މާރާމާރިއެއް ހިނގާފައިވާ...
ޔުމްނާ ޢަލީ
ށ. ފޭދޫ ގައި ކުރިއަށް ގެންދިޔަ ކައުންސިލް ކަޕް 2025 ގައި ކުޅުންތެރިއަކު ކުޅިވަރުގެ ރޫހާ ހިލާފު އިޖުތިމާއީ މިންގަނޑުން ބޭރު ޢަމަލެއް ހިންގުމުގެ ސަބަބުން ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފިއެވެ. ފޭދޫ ކައުންސިލް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި “ޑާކްވުޑް ސްޕޯޓްސް ކްލަބް” ގެ ޖާރޒީ ނަންބަރު 11 ކުޅުންތެރިޔާ ވަނީ ނުފޫޒް ޓީމުގެ ޖާޒީ ނަންބަރު 13 ބޯޅަ ހިފައިގެން ދަނިކޮށް މެދުހަށީގައި ހިފައި ވައްޓާލައި ފައިން އެ ކުޅުންތެރިޔާގެ ބޮލަށް ހަމަލާދީފައެވެ. މިކަމާއި ގުޅޭގޮތުން […]
އައިޝަތު އައިނީ އާމިރު
ރާއްޖޭގައި ހިންގާ ގޭންގް ކުށްތައް ހުއްޓުވުމަށް އެކުލަވާލައި ފާސްކޮށްފައިވާ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ރާއްޖޭގައި ގޭންގް ކުށްތައް ހުއްޓުވުމަށް ”ގޭންގް ކުށްތައް މަނާކުރުމުގެ” ޤާނޫނުގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން […]
ޔުމްނާ ޢަލީ
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) އެވެ. ފުލުހުން ބުނީ މި މަހު 22 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު […]
އިބްރާހިމް ޚަލީލް