ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިރޭ މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. ދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް މަޖިލިސް ދައުރުގައި ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ފަރާތްތަކުގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެފައެވެ. ކޮޅުމަޑުލު ތިމަރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ބިލުގެ މަސައްކަތް ނިންމައި ފާސްކޮށް، ތަސްދީޤުކުރުމަށް މަޖިލީހުން ފޮނުއްވާ ދުވަހުން ފެށިގެން އެ ބިލު ތަސްދީޤުކުރައްވާނެ ކަމަށެވެ. ރައީސް ފާހަގަކު...
ޔުމްނާ ޢަލީ
ގދ.ތިނަދޫގައި ހުއްދަނެތި ގެއަކަށްވަދެ ހުތުރުބަހުން ވާހަކަދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 22:38 ހާއިރު ގދ.ތިނަދޫގައި، މީހަކު ހުއްދަނެތި ގެއަކަށްވަދެ، އެގޭގައި ކުޑަކުދިންތަކެއްވެސް ތިއްބައި ހަޑިހުތުރުބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިނަދޫ/ފޫޓް ލައިޓް އާގެ، އުމުރުން 49 އަހަރުގެ އައިމިނަތު ފަޒްލީން ހައްޔަރުކޮށްފައިވާކަމަށް ފުލުހުނ...
ޔުމްނާ ޢަލީ
ފަލަސްޠީނުން ބްރިކްސް ޖަމާޢަތުގެ ފުރިހަމަ މެމްބަރޝިޕަށް އެދި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ރަޝިޔާގައި ހުންނަ ފަލަސްޠީނުގެ ސަފީރު އަބްދުލް ހަފީޒް ނޮފަލް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. އެ ހުށަހެޅުމަށް އަދި ގޮތެއް ނިންމާފައިނުވިނަމަވެސް ފަލަސްޠީނު މިހާރު ވެސް މެހެމާނެއްގެ ގޮތުގައި އެޖަމާއަތުގައި ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ނިއުސް އެޖެންސީ ”އާރް.އައި.އޭ” އަށް ދެއްވި ބަސްދީގަތުމެއްގައި، ސަފީރު ނޮފަލް ވިދާޅުވީ ފަލަސްޠީނުގެ ފަރާތުން ރަސްމީކޮށް އެޕްލިކޭޝަން ހުށަހަޅާފައިވ...
ނާޒިމާ އަލީ
އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ތެދުވުމާއެކު، ޣާއްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޤައުމުތަކެއްގެ މަންދޫބުން މަޖިލިސް ދޫކޮށް މާލަމުން ނުކުމެއްޖެއެވެ. މި ގައުމުތައް މާލަން ދޫކޮށް ނުކުތީ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ނަތަންޔާހޫ، އދ. ގެ މަޖިލީހުގެ ޕޯޑިއަމް ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ...
ނާޒިމާ އަލީ
ހއ.ހޯރަފުށީގައި ހަދަން ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ނުނިމި ގާތްގަނޑަކަށް 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަންދާޒާކުރި ޚަރަދަށްވުރެ އިތުރަށް 12,29,832 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. ރޭގެ 12 ޖަހާކަންހާއިރު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ޕްރޮޖެކްޓްގެ މަސައްކަތް 156 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު މަސައްކަތް ނިމޭނެކަމަށް ބަލައި ޚަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވަނީ 29,002,49...
އަލީ އާދިލް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މިދިޔަ 5 އަހަރުގެ ވެރިކަމަށްވުރެ ޤައުމަށް ގެއްލުންދެނިވި ވެރިކަމެއް ދިވެހި ތާރީޚުގައި ވެސް ނުދެކޭކަމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު (ޑޭވިޑް) ވިދާޅުވެއްޖެއެވެ. މެމްބަރު ޑޭވިޑް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން ވަނީ ޤައުމު ދަރުވާލާ ލޫޓްވާލާފައިކަމަށެވެ. އަދި އެ ޕާޓީން ކުރީ ފަނާކުރުވަނި ވެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ”އެމްޑީޕީއިން ޤައުމު ދަރުވާލާ ލޫޓްވާލާފަ، ޤައުމު ފަނާކުރަނިވި ވެރިކަމެއްކޮށް މިއަ...
ޔުމްނާ ޢަލީ
ސްޕެއިން އާއި ބާސެލޯނާގެ ލެޖެންޑަރީ މިޑްފީލްދަރ ސާޖިއޯ ބުސްކެޓްސް، މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ (37) ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އޭނާ އިއުލާން ކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. ބުސްކެޓްސްއަކީ ސްޕެއިނުން އުފެއްދި ގޯލްޑެން ޖެނެރޭޝަންގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ބާސެލޯނާގެ އެކަޑަމީން ތަމްރީންވި ބުސްކެޓްސް ބާސާގެ ސީނި...
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަންގެ ހއ. ދިއްދޫ ބްރާންޗްގެ ސްޕަވައިޒަރެއް، އޭނާގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ “ސެގޯ ލިލީ އިންވެސްޓްމަންޓް” އިން، ފެނަކަ ކޯޕަރޭޝަނަށް ޖުމުލަ 5,614,467 (ފަސް މިލިއަން ހަ ލައްކަ ސާދަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. ރޭގެ 12 ޖަހާކަންހާއިރު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ފައިސާގެ ތެރެއިން ގިނަ […]
އަލީ އާދިލް
ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށް ގްރީސުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ގްރީސްގެ ފޮރިން މިނިސްޓަރު ޖިއޮރގޯސް ޖެރަޕެޓްރިޓިސްއެވެ. ބުރާސްފަތި ދުވަހު އޭނާ ވިދާޅުވީ، ގްރީސްގެ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތް، ޣައްޒާއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ފްލޮޓިލާގެ ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި މި ފްލޮޓިލާގައި ގްރީސްގެ ރައްޔިތުން ބައިވެރިވެފައިވ...
ނާޒިމާ އަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަގީޗާ އަދި ގަސްއިންދާ ހެއްދުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ތަމްރީނު ޕްރޮގްރާމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ތަމްރީނު ޕްރޮގްރާމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަގީޗާ ހައްދާ ބަލަހައްޓާނެ ގޮތާއި، ގަހުގެ ނަރސަރީއެއް ހިންގައި ބަލައްހައްޓާނެ ގޮތްތައް ދަސްކޮށްދެވިފައިވާނެކަމަށެވެ. މީގެ އިތުރުން، ގަސްތަކަށް ޖެހޭ ބައްޔާއި ގަސް އިންދާ ހެއްދުމުގައި ޚާއްސަ ސަމާލުކަންދޭ...
އައިޝަތު އައިނީ އާމިރު
ޓިކްޓޮކް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެމެރިކާގެ ވެރިއަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގެ ޝަރުތުތައް ބަޔާންކުރާ އެގްޒެކެޓިވް އޯޑަރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުރާސްފަތި ދުވަހު ސޮއިކުރައްވައިފިއެވެ. މި އޯޑަރުގެ ދަށުން ޓިކްޓޮކް އޭގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސްއިން ވަކިކޮށް، އެމެރިކާގެ އިންވެސްޓަރުންނާ ހަވާލުކުރެވޭނެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގައި ޓިކްޓޮކް ހިންގުން ކުރިއަށް ގެންދިއުމަށް، އޭނާއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މ...
ނާޒިމާ އަލީ
ރަނގަޅު ފަރުދަކު ބިނާކުރެވޭން އޮތީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެންކަމަށާއި މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކީ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ މަޢުލޫއަކީ “ދީން ރައްކާތެރިކުރުން” އެވެ. މިއަދުގެ ހުކުރު ޚުޠުބާގައި އިސްލާމްދީން ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތުން...
އަލީ އާދިލް
ސްޕެނިޝް ލަލީގާއި ރޭ ރެއާލް އޮވިއޭޑޯ ބަލިކޮށް ބާސެލޯނާއިން، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. އޮވިއޭޑޯގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ، އޮވިއޭޑޯއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ކުޅުނު 6 މެޗު ވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ބާސާ އޮތީ 6 މެޗުން 16 […]
އިބްރާހިމް ޚަލީލް
ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރެއްވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ނިއުކްލިއަރ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ. ތުރުކީން އެމެރިކާއާއެކު ސޮއިކުރި އިސްތިރާޖީ ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭގޮތުން ތުރުކީގެ އެނަރޖީ މިނިސްޓަރު އަލްޕަރސްލާން ބައިރަކްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެއީ ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި ތުރުކީއާއި އެމެރިކާ...
ޔުމްނާ ޢަލީ
ތ.ގުރައިދޫ އެއާޕޯޓުގެ މަޝްރޫޢު 22 މަސް ދުވަހުގެ ތެރޭގައި ނިންމައިދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިރޭ ކޮޅުމަޑުލު ގުރައިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަަކަފުޅުގައި ވިދާޅުވީ، ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރ...
ޔުމްނާ ޢަލީ
އުތުރުގެ އަތޮޅުކަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ ރޭފަތި 04:30 އިން ފެށިގެން ހެނދުނު 09:00 ގެ ނިޔަލަށެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް! ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަނ...
އިބްރާހިމް އަސްވާޤް
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް (36 އަހަރު) ގެ ޖަނާޒާގެ ކަންތައް މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ގޯލްކީޕަރެއް ކަމަށްވާ އިފްރާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާގެ ސިކުނޑިއަށް އެޅުނު ލޭ ސާފުކުރުމުގެ މަސައްކަތް ކުރެވުނު ނަމަވެސް، އެކަން ފުރިހަމައަށް ކާމިޔާބު ނުވުމާ ގުޅިގެން ސިކުނޑީގެ ދުޅަ ތިރިކުރުމ...
އަލީ އާދިލް