ކުރީގެ އަދަދާއި ގުޅޭ: އެ ވަގުތު އައި ނައި ގޮތެއް ނޭނގި ހުސެންގެ ހިޔާލްތައް އަހަރެންގެ ހިތަށް ވެރިވެއްޖެއެވެ. އޭނާ މަތިން ހަނދާން ވެއްޖެއެވެ. އަނެއްކާ ވެސް އޭނާއަށް މެސެޖެއް ކޮއްލަން ހިތް އެދެން ފެށިއެވެ. ލިލީއަށް ކާން ތައްޔާރު ކުރުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭރު އެނދުމަތީގައި ލިލީ އިން ގޮތުން ލިލީއަށް ކަމެއް ވެއްޖެކަން އަހަންނަށް އެނގުނެވެ. ހިތް އަވަސްވީ ވަރުން ގޮސް ލިލީ އުރާލީމެވެ. ” މަންމަ ދޫނި ހުން އައިސްތަ؟” ލިލީ […]
ސަލާމާ ޢަބްދުލް ޢަލީމް
އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރުމަށް އުރީދޫގެ ހުޅުމާލޭ މައި އޮފީހުގައި ލައިވް މިޔުޒިކާއި އެކު ފޯރިގަދަ ޝޯއެއް މިރޭ ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ. މިރޭ 9:30 އިން ފެށިގެން 11:30 އާ ހަމައަށް ކުރިއަށްދާ މި ޝޯގައި މޯލްޑިވިއަން އައިޑަލްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަބްދުﷲ ފާލިހު އާދަމާއި ބަޖިއްކޮގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް އުރީދޫން މަޢުލޫމާތު ދީފައިވެއެވެ. އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ […]
އިބްރާހިމް އަސްވާޤް
އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން މެންޗެސްޓާ ސިޓީއާއި އާސެނަލް ޖާގަ ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ހަޑާރސްފީލްޑް ޓައުންގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލް ފޮޑެންއެވެ. ސިޓީގެ ދެވަނަ […]
އިބްރާހިމް ޚަލީލް
ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ، ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވަނީ، ހަނގުރާމައިގެ ބޭކާރުކަމާއި، އޭގެ ހިތިކަން އެމަނިކުފާނުގެ ޤައުމަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ދުނިޔ...
ނާޒިމާ އަލީ
ގްރީސް ކައިރިން ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ޣައްޒާއަށް އެހީގެ ސާމާނު ގެންދާ ބައިނަލްއަޤްވާމީ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)ގެ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި އިޓަލީއާ ގުޅިގެން މަސައްކަތްކުރުމަށް ސްޕޭނުން ވެސް ހަނގުރާމަވެރި މަނަވަރެއް ފޮނުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުދަދުވަހު ވިދާޅުވެއްޖެއެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ...
ނާޒިމާ އަލީ
ހދ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލްގެ ބެލެނިވެރިންނަށް ”ޕޭރެންޓް ހިޔާ”އެއް ތަރައްގީކޮށްދިނުމަށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ހުޅުވާލަމުން މަކުނުދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 23 ސެޕްޓެމްބަރ 2025 ން 12 އޮކްޓޫބަރ 2025 ގެ ހެނދުނު 09:00 ގެ ނިޔަލަށް https://bit.ly/3LqJZ1j ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ. އެގޮތުން މި ޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ ޕްރީ-ބިޑް މީޓިންއެއް 30 ސެ...
އައިޝަތު އައިނީ އާމިރު
ކާބަފައިންނާއި އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ކޮޅުމަޑުލު ވޭމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނ...
ޔުމްނާ ޢަލީ
އަމާޒަކީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ‘އަޅުވެތިކަން’ ނިމުމަކަށް ގެނެސްދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ކޮޅުމަޑުލު ވޭމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ޒޯން 4 ގެ ތ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ތ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ވޭމަންޑޫގަައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) މަޝްރޫޢުގެ މަސައްކަތް އެމްޓީސ...
ޔުމްނާ ޢަލީ
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ ބޯޓުފަހަރަކަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދިނުމާއި ގުޅިގެން، އެ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ މަނަވަރެއް ފޮނުވައިފިއެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ރޭގަނޑެއްގެ ވަގުތެއްގައެވެ. “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ނަމުގައި އޮޕަރޭޓްކުރާ މި ބޯޓުފަހަރުގައި 50 އަށް...
ނާޒިމާ އަލީ
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެއް ގިނަ ސިނގިރޭޓް މޯލްޑިވިސް ކަސްޓަމްސް ސަރވިސް އިން މިއަދު އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި، މިތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް ބަލައިފާސްކުރުމަށްފަހުއެވެ. މިގޮތުން މި ޝިޕްމެންޓް ބަލައިފާސްކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ކަމަށް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ކަސްޓަމްސް އިން ބުނެފައިވަނީ، މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް...
އައިޝަތު އައިނީ އާމިރު
އޮޑިދޯނިފަހަރުގައި އާރް.އެސް.ޑަބްލިއު ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރަށް މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ހިރިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސލްތަކުގައި މަސައްކަތްކުރަމުންދާ އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ” ށ އަތޮޅު މަދަނީ މަސައްކަތްތެރީންގ ފޯރަމް” ނިންމާލައިފިއެވެ. 2 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މި ފޯރަމަކީ ށ އަތޮޅު ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތު ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް “ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ށ އަތޮޅު ގެ ހުރިހާ ރަށެއްގެ ކައުންސިލް […]
އައިޝަތު އައިނީ އާމިރު
ޣައްޒާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިންސާނިއްޔަތުކަމުގެ އެންމެ އަނދިރި ދުވަސްވަރުތަކުގެ ތެރެއިން އެއް ދުވަސްވަރު ކަމުގައި ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އަރްދޫޣާން ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު، އދ. ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް އަރްދޫޣާން ވަނީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައްވާފައެވެ. ރައީސް އަރްދޫޣާން ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނު އޮތޯރިޓީ އާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އިސްވެރިންނަށް، އޭގެ ތެރޭ...
ނާޒިމާ އަލީ
އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް މިރުސްނެރުނަސް އެކަންކުރާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެއްވެސް ގެއްލުމެއް ނުވާގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ކަނޑޫދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖ...
ޔުމްނާ ޢަލީ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޙަލާލު ސެކްޝަނުން، “ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025” ގައި ބައިވެރިވެއްޖެއެވެ. މި ސެމިނާރަކީ ޙަލާލު ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިއްމު ބައްދަލުވުމެކެވެ. މި މަހުގެ 24އިން 25ގެ ނިޔަލަށް ސިންގަޕޫރުގެ ހިލްޓަން ހޮޓަލުގައި ކުރިޔަށްދާ މި ސެމިނަރގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެފައިވަނީ، ޙަލާލު ސެޓުފިކޭޝަން ޔުނިޓުގެ މުވައްޒަފު ޝިރާ ޒާހިރެވެ. ރާއްޖެއިން މި ސެ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި ރެއާލްގެ ކޯޗުކަމާއި ހަވާލުވީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމް މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންނާއި ޗެމްޕިއަންސް ލީގު މެޗުން ވަނީ މޮޅުވެފައެވެ. މީގެކުރިން މިވަރުގެ ނަތީޖާއެއް ރެއާލުގައި ނެރެވިފައިވަނީ 2005 ވަނަ އަހަރު އެ ޓީމުގައި ހުރި ވަންޑަލެއި […]
އިބްރާހިމް ޚަލީލް
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” އަށް އިސްރާއީލުގެ ފަރާތުން ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށް ބުނެ އެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ފްލޮޓިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ފަރާތުގެ އުޅަނދުތަކުގެ މަތިން އިސްރާއީލްގެ ޑްރޯންތައް އުދުއްސަމުން ކަމަށާއި، ގޮތް ނޭނގޭ އެއްޗެހިން ހަމަލާ އަމާޒުވެ އުޅަނދުތަކަށް އެއްލަމުންދާ ކަމަށެވެ. މީގެ އިތުރުން އުޅަނދުތަކުގެ މުވާސަލާތީ ވަސީލަތްތަކަށް ހުރަސްއަޅަމުންދާ ކަމަށާއި، އަދި ގޮވުމުގެ...
ނާޒިމާ އަލީ