މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތް، އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އިސްލާމީ ފައިނޭންސްއަށް ދިވެހިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އެމްއެމްއޭއިން ކުރިއަށް ގެންދާ ޚާއްޞަ މުބާރާތެކެވެ. މުބާރާތުގައި ކުރިއަށް ގެންދާނީ 6 އޮންލައިން ބުރާއި، އޭގެ ތެރެއިން އެންމެ މޮޅު 5 ޓީމު ވާދަކުރާ ލަ...
އިބްރާހިމް އަސްވާޤް
ފުޓްބޯޅައިގައި ދެމުން އަންނަ، އިންޑިވިޖުއަލް އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ (28) ކާމިޔާބު ކޮށްފިއެވެ. ރޭ ފްރާންސްގެ ޕެރިހުގައި އޮތް ބެލޮންޑިއޯ ހަފްލާގައި ޑެމްބެލޭ މި އެވޯޑް ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ތަރި (18)، ލެމީން ޔަމާލް އާއި ވާދަކޮށެވެ. ތިން ވަނަ އަކީ ޕީއެސްޖީގެ ޕޯޗުގީޒް މިޑްފީލްޑަރު ވިޓީނިއާއެވެ. ހަތަރު ވަނަ އަށް ލިވަޕޫލުގެ މިސްރު ފޯވާޑް […]
އިބްރާހިމް ޚަލީލް
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، މިއަދު އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ފަލަސްޠީނު ދައުލަތް ފްރާންސްއިން ރަސްމީކޮށް ޤަބޫލުކުރާ ކަމަށް އިޢުލާނު ކުރައްވައިފިއެވެ. މި ނިންމުމަކީ ފަލަސްޠީނު-އިސްރާއީލު މައްސަލައަށް ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެކެވެ. އދ.ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މެކްރޯން ވަނީ ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމަ އާއި ނުރައްކާތެރި ޙާލަތަށް އަލިއަޅުވައިލައްވައި، ސުލްޙަ ގާއިމުކުރުމުގެ މުހިންމުކަން...
ނާޒިމާ އަލީ
ހއ. ދިއްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަަކައި މިއަދު ވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މިގޮތުން މި ރަސްމިއްޔާތުގައި ދިއްދޫގައި ފިޓްނަސް ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟް އެވެ މީގެ...
އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު ހޯދައި މުބާރާތުގެ ލޯ މެޑަލް ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުން ހޯދައިފިއެވެ. މިގޮތުން، މި މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ 25-20 ގެ ތަފާތަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުން ރަނގަޅު ފެށުމެއް ދައްކައި ރާއްޖެ ޓީމުން ވަނީ ކުރި ހޯދައި 22-12 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު ބަންގްލަދޭޝް ޓީމުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓުން ރާއްޖެ ކުރިހޯދައި، […]
އައިޝަތު އައިނީ އާމިރު
ރަށަކުން މީހުން ބަދަލުކުރުމުގެ އެއްވެސް ކަމެއް އެރަށެއްގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ނޫނީ ނުކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މުލަކުތޮޅު ރަތްމަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ. ރަށު ކައުންސި...
ޔުމްނާ ޢަލީ
ހއ. ބާރަށު މަސްޖެޓީ އާއި މިހާރު ލަފާފުރުމަށް ބޭނުން ކުރަމުންގެންދާ ޖެޓީގެ މަރާމަތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު ސަރުކާރާއި ހަވާލުކުރެވިފައިވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާއު މިހެން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެއެވެ. އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވަނީ، ޑެންމާކް އެމް.ޓީ ހޯގަރޑް ކުންފުނީގެ ސީ.އެސް.އަރ ގެ ދަށުން ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރި ބާރަށު މަސްޖެޓީ އާއި، މި...
އައިޝަތު އައިނީ އާމިރު
ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން ރަށުގެ ތަރައްޤީއަށް، އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ދިއްގަރަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މ. ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަ...
ޔުމްނާ ޢަލީ
އަންނަ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް، ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން އުޅޭ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ، 2028 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ރާއްޖޭގެ ހުރިހާ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، “ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް” އެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުން މިއަދު ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ކައުންސިލް އުފައްދާފައިވަނީ، ރާއްޖެއަކީ “ޑިޖިޓަލް-ފަސްޓް ނޭޝަން” އަކަށް ހެދުމުގެ ޤައުމީ ތަސައްވުރު، “މޯލްޑިވްސް 2.0” ޙަޤީޤަތަކަށް ހެދުމަށްޓަކައެވެ. މި ކައުންސިލް އުފައްދާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. މި ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ، “...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިހާރު ރިނޮވޭޝަންގެ މަސައްކަތް ކުރަމުން އަންނަ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މި ސީޒަން ފެށުނުއިރު މެޗުތައް ކުޅެން ފެށުމުގެ އުންމީދު އޮތް ނަމަވެސް ތާވަލުކޮށްފައިވާވަރަށް މަސައްކަތް ކުރިއަށް ނުދިޔުމާއި ގުޅިގެން އަދި އޮތީ އެ ދަނޑުގައި މެޗުތައް ކުޅެން ނުފެށިއެވެ. ވުމާއިއެކު ރޭ ބާސާގެ ހޯމް މެޗު […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ އިޤްތިޞާދީ ތަރައްޤީއަށް، ޚާއްސަކޮށް މަސްވެރިކަން ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އެމަނިކުފާނު މުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މަސްވެރިކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް: ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުލަކުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މުހިންމު ބައެއް މަޝްރޫޢުތައް މިހާރުވެސް ކުރިއަށ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަކީ، ޓީމް ލައްވައި ޕޮޒިޝަން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ކޯޗެކެވެ. ނަމަވެސް ރޭ އާސެނަލްއާއި ދެކޮޅަށް ސިޓީއަށް ގޭމް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމަށް ބޯލް ޕޮޒިޝަން ހިފެހެއްޓިފައި ވަނީ އެންމެ 33% އެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ޓީމު އެންމެ ދަށްކޮށް […]
އިބްރާހިމް ޚަލީލް
ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ. މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ. ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ. މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ. ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން […]
ޔުމްނާ ޢަލީ
އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވަނީ، މީގެ ފަސްދޮޅަސް އަހަރު ކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުމަކީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާ ގުޅުން ބަދަހިކު...
ޔުމްނާ ޢަލީ
ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކ...
ޔުމްނާ ޢަލީ
ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]
ޔުމްނާ ޢަލީ
ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. މިކަން އިއުލާނު ކުރީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް އާދީއްތަ ދުވަހުއެވެ. ނިއު ޔޯކުގައި ހުންނަ އދ. އަށް ޕޯޗުގަލްގެ ދާއިމީ މިޝަންގެ މަރުކަޒުގައި ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ރަންގެލް ވިދާޅުވީ ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކީ ޕޯޗުގަލްގެ ޚާރިޖީ ސިޔާސަތުގެ އަސާސީ، ދެމެހެއްޓެނިވި އަދި މުހިންމު ސިޔާސަތެއް ތަންފީޒުކުރުން ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަންގެލް ވިދާޅުވީ ދެމެހެއްޓެނިވި އަދި ޢަދުލުވެރި ސުލްޙައަ...
ނާޒިމާ އަލީ