ހއ. ދިއްދޫ މެގަ ހޯރަ ބޯޓު މާލެ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރައިފިއެވެ. ’’ދިއްދޫ އޮންލައިން’’ ފޭސްބުކް ޕޭޖުން ބުނެފައިވާގޮތުގައި މި ބޯޓު އަރާފައި ވަނީ ނ.އަތޮޅުގެ ފަރަކަށެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ހޯދަން ބޯޓަށް ގުޅޭގޮތް ނުވުމުން އިތުރު މައުލޫމާތު ސާފުވާގޮތެެއް އަދި ނުވެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ވެސް އެއްޗެއް ނުބުނެއެވެ. މެގަ ހޯރަ މާލޭ ނޯތު ހާބަރުން ފުރީ މިއަދު (21 ސެޕްޓެމްބަރ) ހެނދުނު […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގެ ސެމީ ފައިނަލް މެޗުން ކުރިހޯދައި، ޕާކިސްތާނު އަދި ސްރީލަންކާ ފައިނަލަށް ގޮސްފިއެވެ. މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން މެޗު އެކެއްގައި ބަންގްލަދޭޝް އަދި ޕާކިސްތާނު ބައްދަލުކުރި މެޗުން ދެ ސެޓުން ކުރި ހޯދައި، ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާނު ވަނީ މި މުބާރާތުގައ ފައިނަލުން ޖާހަގަހޯދާފައެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ވާދަކޮށް، ވާދަވެރިކުޅުމަކަށްފަހު...
އައިޝަތު އައިނީ އާމިރު
ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދުވަސްވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓު މަހު ޑެންގީ ހުމުގެ 250 ކޭސް ރިޕޯޓުކުރެވުނު އިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު 56 ކޭސް އިތުރު އަދަދެކެވެ. އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، އޮގަސްޓު މަހު 32،247 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 1،542 ކޭސް އިތުރު އަދަދެކެވެ. ހަމައެހެންމެ، ބޭރަށް ހިންގުމުގެ ކޭސްތައް ވ...
އިބްރާހިމް އަސްވާޤް
ތ. ގުރައިދޫ އަދި ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ތ. މަޑިފުށީ ޞިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުނި މެނޭޖްކުރަން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ތިން މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ހަވާލުކޮށްފައިވަނީ ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ 32.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމުމަށެވެ...
އަލީ އާދިލް
ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ފޭސް ދޭއްގައި ހިންގަމުންދާ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކުގެ ޚިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރަށް ފުޅާކޮށްފިއެވެ. ހިޔާ 16 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވުނު މި ކްލިނިކުން މިހާތަނަށް ޚިދުމަތް ދެމުން ގެންދިޔައީ 16 ގަޑިއިރަށެވެ. ނަމަވެސް މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ދަންވަރުގެ ވަގުތުތަކުގައިވެސް ޚިދުމަތް ލިބޭނެއެވެ. މި ކްލިނިކުން އާންމުކޮށް ތިން ޑޮކްޓަރުން ބަލިމީހުން ބަލަމުން ގެންދާއިރު، […]
އަލީ އާދިލް
އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާގެ ސަރުކާރުތަކުން، އެމެރިކާ އަދި އިސްރާއީލުގެ ހަރުކަށި އިންޒާރުތަކާ އެކުވެސް، ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާކަން އާދީއްތަ ދުވަހު ޢިއުލާންކޮށްފިއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރު ސްޓާމަރ އާދީއްތަ ދުވަހު މި ނިންމުން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މި ފިޔަވަޅަކީ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް އަލުން އުއްމީދު އާކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. “އަޅުގަނޑުމެން ގޮވާލަނީ ޙަޤީޤީ ދެ ދައުލަތުގެ ޙައ...
ނާޒިމާ އަލީ
ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ސެޕްޓެމްބަރ 19 އިން 20 އަށް ކުރިއަށް ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ސައިބަރ ކްރައިމް އަށް އާންމުން އަހުލުވެރިކުރުމަށް މިފަދަ ސެޝަންތައް ކުރިއަށް ގެންދާ ތަޖުރިބާކާރު މުޙައްމަދު ޝަރީފް އެވެ. މިގޮތުން މި ޕްރޮގްރާމުގައި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކަށް އަރައިގަތުމަށްޓަކަ...
އައިޝަތު އައިނީ އާމިރު
ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަން އޮސްޓްރޭލިޔާއިން ނިންމި ނިންމުމާ ގުޅިގެން، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މަޖިލިސް މެމްބަރުންގެ ގްރޫޕަކުން އެކަމާ ދެކޮޅަށް އޮސްޓްރޭލިޔާ އަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. އެމެރިކާގެ ކޮންގްރެސްގެ 25 މެމްބަރުން ސޮއިކޮށްފައިވާ ސިޓީއެއްގައި، އޮސްޓްރޭލިޔާ، ފްރާންސް، ކެނެޑާ އަދި އިނގިރޭސިވިލާތަށް އަމާޒުކޮށް ބުނެފައިވަނީ، ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަކީ ހަމާސް ބާރުވެރިކުރުވައި، އިސްރާއީލުގެ ސަލާމަތަށް ނުރައްކާވެ، ސުލްހަވެރި ޙައްލެއް ހޯދުމުގެ މަގު...
ނާޒިމާ އަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ރެއާލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ރޭ މެޗުން ރެއާލް މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ރެއާލުން ފަސް މެޗު ކުޅެފައިވާއިރު، އެ ފަސް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ބާސާއަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ރޭ ބަލިވި އެސްޕަނިޔޯލް އޮތީ […]
އިބްރާހިމް ޚަލީލް
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއް ކަމަށާއި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ފުޓްބޯޅަ ދަނޑަކާއެކު ދުވާ ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ދަރަނބޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެރަށުގ...
ޔުމްނާ ޢަލީ
ރޭ ދަންވަރު ހުޅުމާލެ ފޭސް 2 އެއްގެބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި ވަނީ ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ސަބަބުން ކަމަށް އެކުންފުނިން ބުނެފި އެވެ. ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ދަންވަރު 3:30 ހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފްވުމާ ގުޅިގެން ހިޔާ ހައުސިންގ ޔުނިޓުތަކުގެ ބައެއް ޓަވަރުތަކާއި، ވިނަރެސް އަދި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓު ވަނީ […]
އިބްރާހިމް އަސްވާޤް
މާރާމާރީއެއްގައި އަނިޔާލިބުނު މީހަކަށް ފަރުވާދެނިކޮށް އޭނާ އަށް ފަރުވާ ދޭންތިބި ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދިނުމުންނާއި އޭނާގެ އަތުން ވަޅިއެއް ފެނުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ލޫތު އިބްރާހީމް، ފުރުސަތު/ގދ. ވާދޫ އެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައިގައި ލޫތު އިބްރާހިމް ހައްޔަރުކޮށްފައިވަނީ 19 ސެޕްޓެމްބަރ 2025 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 14 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ފަ...
ޔުމްނާ ޢަލީ
ށ. ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން އެ ރަށުގެ މަގުތަކުގައާއި ގޯޅިތައް ވަކިވާނެހެން ނަންބޯޑު ހަރުކުރުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ، ކޮމްބައިން ޕްރިންޓަރސް އަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނަރުދޫ ކައުންސިލުގެ ފަރާތުން ވަނީ ކޮމްބައިން ޕްރިންޓަރސް އާއި ބައްދަލުކޮށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި...
އައިޝަތު އައިނީ އާމިރު
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި،...
ޔުމްނާ ޢަލީ
ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުބީ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ވައިގެ ބަނދަރެއް ޤާއިމުކޮށްދެއްވުން ކަމަށް ފާހަގަކުރައްވަމުން، “އެއަރޕޯޓު މަސަ...
ޔުމްނާ ޢަލީ
އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހި...
ޔުމްނާ ޢަލީ
މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ރޭ ދުނިޔޭގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ހޯދި މޮޅާއިއެކު އެ ޓީމަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ފާއިތުވި ސީޒަންތަކުގައި ޔުނައިޓެޑްގެ ފަރާތުން ޖުމްލަ ގޮތެއްގައި އަމިއްލަ ދަނޑުގައި ވެސް ފެނިގެން ގޮސްފައިވަނީ ދަށް ނަތީޖާ ތަކެކެވެ. ނަމަވެސް އެ ޓީމުން އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ […]
އިބްރާހިމް ޚަލީލް
ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި އެވެ. ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން...
އަލީ އާދިލް