ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށް ގްރީސުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ގްރީސްގެ ފޮރިން މިނިސްޓަރު ޖިއޮރގޯސް ޖެރަޕެޓްރިޓިސްއެވެ.
ބުރާސްފަތި ދުވަހު އޭނާ ވިދާޅުވީ، ގްރީސްގެ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތް، ޣައްޒާއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ފްލޮޓިލާގެ ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި މި ފްލޮޓިލާގައި ގްރީސްގެ ރައްޔިތުން ބައިވެރިވެފައިވާކަން އިޒްރޭލުގެ ސަރުކާރަށް އަންގާފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.
"މިވަގުތު ގްރީކްގެ ކަނޑުގެ ސަރަހައްދުގައި ބައިނަލްއަގްވާމީ ފްލޮޓިލާގެ ބޯޓުތަކެއް ދަނީ ދަތުރަމުން، އަޅުގަނޑުމެން އެ ބޯޓުތަކުގެ ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަން ކަށަވަރުކޮށްދޭނަން،" އދ. ގެ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ރޮއިޓަރޒްއަށް ދެއްވި އިންޓަވިއުއެއްގައި ޖެރަޕެޓްރިޓިސް ވިދާޅުވީ، އެވެ.
''މި ފްލޮޓިލާގައި ގްރީސްގެ ރައްޔިތުން ބައިވެރިވެފައިވާކަން އަޅުގަނޑުމެން ވާނީ އިޒްރޭލުގެ ސަރުކާރަށް އަންގާފައި. އަދި ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްދާނެކަން ކަށަވަރުކުރާނަން." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
ޖެރަޕެޓްރިޓިސް އިތުރަށް ވިދާޅުވީ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ޑްރޯން ހަމަލާތަކެއް ދިނުމުގެ ކަންހިނގާދިޔަ ގޮތް ބެލުމަށް ފުުރިހަމަ ތަޙުޤީޤެއް ކުރިއަށްދާނެ ކަމަށެވެ.
Greece navy will secure the safe passage of ships in the Global Sumud Flotilla, which has entered its territorial waters
— Greece’s Foreign Minister Giorgos Gerapetritis pic.twitter.com/lMpwO4BBn8
— Global Sumud Flotilla Commentary (@GlobalSumudF) September 26, 2025
"ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ނަމުގައި ހަރަކާތްތެރިވަމުންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ޣައްޒާގެ މައްޗަށް އިޒްރޭލުން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމެވެ. މި ފްލޮޓިލާގައި 50 އާ ގާތްކުރާ އަދަދެއްގެ މަދަނީ އުޅަނދުތައް ހިމެނޭއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުންނާއި އެކްޓިވިސްޓުން ހިމެނެއެވެ. ފާހަގަކޮށްލެވޭ ބައިވެރިއެއްގެ ގޮތުގައި ސުވިޑަންގެ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތުންބަރގްވެސް ހިމެނެއެވެ.
ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމަށް އިޓަލީން އިތުރު މަނަވަރެއް ފޮނުވަނީ
އިޒްރޭލުން ވަނީ މި ފްލޮޓިލާއާ ދެކޮޅަށް ތަކުރާރުކޮށް ފާޑުކިޔާފައެވެ. އަދި މި ފްލޮޓިލާގެ އެކްޓިވިސްޓުން ހަމާސް ޖަމާޢަތާ ގުޅިގެން މަސައްކަތްކުރާކަމުގެ ތުހުމަތުވެސް ކޮށްފައެވެ.
މިދިޔަ ދުވަސްތަކުގެ ތެރޭގައި ގްރީސްގެ ގަވްދޯސް ޖަޒީރާއިން 30 ނޯޓިކަލް މޭލު (56 ކިލޯމީޓަރު) ދުރުގައި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި 12 ޑްރޯނުން މި ފްލޮޓިލާގެ އުޅަނދުތަކަށް ހަމަލާދިނުމާ ގުޅިގެން އިޓަލީން ވަނީ އަސްކަރީ ދެ މަނަވަރު ފްލޮޓިލާއަށް އެހީތެރިވުމަށް ފޮނުވާފައެވެ. އަދި ސްޕޭނުން ވެސް ވަނީ އަސްކަރީ މަނަވަރެއް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!