އިސްރާއީލުގެ ނޭވީން ޖެއްސުންކޮށް، ބިރުދެއްކި، އަހަރުމެން ބިރެއްނުގަނޭ: އެކްޓިވިސްޓުން
އިޒްރޭލުގެ ނޭވީން ފްލޮޓިއްލާގެ އުޅަނދުތަކަށް ޖެއްސުންކޮށް، ސައިބަރ ހަމަލާއެއް ދީގެން ކޮމިއުނިކޭޝަން ކަނޑުވާލިކަމަށް އެކްޓިވިސްޓުން ބުނެފިއެވެ. މި ހާދިސާގައި ފްލޮޓިއްލާގެ ދެ އުޅަނދަކަށް އިޒްރޭލުގެ ނޭވީން ޖެއްސުންކޮށްފައިވާ ކަމަށް ވެއެވެ. ތުރުކީގެ ނިއުސް އެޖެންސީ ”އަނަދޮލުއާ” ވާހަކަދެއްކި އެކްޓިވިސްޓް ޒައިނަލް އަބިދީން އޯޒްކާން ބުނި ގޮތުގައި، ރޭގަނޑު އެމީހުންގެ އުޅަނދުތަކުގެ މަތިން ޑްރޯންތައް ވަރަށް ގިނައިން އުދުހެމުން ދިޔައެވެ. އަދި ފަތިހު 5:00 އާ ހިސާބުގައި، ފްލޮޓިއްލާގެ ބައެއް ނޫން ދެ އުޅަނދު އ...