ޕީއެސްޖީން ފަހުވަގުތު ފަހަތުން އަރާ ބާސާ ބަލިކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރި މެޗި، ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ރޭ ބާސާއާއި ދެކޮޅަށް ޕީއެސްޖީ ނުކުތްއިރު، އެ ޓީމްގެ އެޓޭކްގައި މުހިންމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. އެގޮތުން މިފަހުން ބޮލެންޑޯ އެވޯޑް ހާސިލްކުރި ޑެމްބެލޭއާއި ކްވަރަސްޚޭލިއާ ހުރީ އަނިޔާގައެވެ. އަދި އެ ޓީމްގެ ތަޖުރިބާކާރު ޑިފެންޑަރ، ކެޕްޓަން މާކީނިއޯވެސް އާއި މެދުތެރެއަށް ކުޅެމުން [...