ދިއްދޫ ފިޓްނަސް ސެންޓަރުގައި ޤާއިމްކުރި ވޮލީކޯޓް ހުޅުވައިފި
ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އާއި ދިއްދޫ އަންހެނުން ކޮމިޓީގެ މެންބަރުންނާއި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވޮލީކޯޓު ހުޅުވުމުގެ ގޮތުން ދިއްދޫއަށް ދެ ކްލަބް ޖަމިއްޔާއަކުން ވަނީ މެޗެއްވެސް ކުޅިފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، މި ކޯޓަކީ ދިއްދޫ ކަ...