ތިންފަހަރު ޖެހުމުން ވެސް ޕެނަލްޓީ މަތަކޮށްފި
ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޯމާއާއި ފްރާންސްގެ ލިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ލިލް އިން ކާމިޔާބު ކޮށްފިއެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ ހަވަނަ މިނެޓުގައި ލިލް އަށް ޖަހައިދިނީ ހެރަލްޑްސަންއެވެ. މެޗުގެ ދެވަނަ ހާފުގައި އެޓޭކިން ބައެއް ބަދަލުތަކާއިއެކު ރޯމާއިން އެޓޭކް ރަނގަޅުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށްވެފައި ވަނިކޮށް ރޯމާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. […]