ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް
ކުޅުދުއްފުށި ސިޓީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަޤުސަދުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮކްޓޯބަރ މަހު 1 އިން 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުޅި ޖުމްލަ 24 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިމާމުކަމާއި ޚަތީބުކަމުގެ ތަޖުރިބާކާރު، އެ ދާއިރާއިން ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ޒުވާން ޚަތީބުންވ...