ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތަކެއް ށ.އަތޮޅު ކައުންސިލާއި، އެ ކައުންސިލުން ބައިވެރިކުރި ދަރިވަރުން ހޯދައިފިއެވެ. މިގޮތުން މި މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން ށ. އަތޮޅު ކައުންސިލުން ވަނީ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ އާއި މުޅި މުބާރާތުން ފަޚްރުވެރި 2 ވަނަ ހޯދާފައެވެ. މި މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ގޮފިން ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ މިލަންދޫ ސްކޫލްގެ […]
ޙުސައިން ޝަހުދީ
ދިވެހި ދަރިންނަކީ ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެކަމަށް ފަޚުރުވެރިވާ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، މުބާރާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނާއި އެހެނިހެން ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގަ...
ޔުމްނާ ޢަލީ
މާރާމާރީގެ ދެ މައްސަލައަކާއި ގުޅިގެން މާލެއިން 6 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މިތަނުން އެއް މާރާމާރީ ހިނގާފައިވަނީ، މި އޮކްޓޯބަރ މަހު 7 ވަނަ ދުވަހު އިރުއޮއްސި 6:10 އެހާކަންހާއިރު ސައިކަލެއްގައި ގޮސް ބޮޑު ތަކުރުފާނު މަގު ޕޯސްޓް އޮފީސް ކައިރި ހުރި މީހަކަށް ހަމަލާދީގެން ކަމަށެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު ރަޖުވާން […]
އައިޝަތު އައިނީ އާމިރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ރ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ރ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 09:45 އިން މެންދުރު 12/13:30 އާއި ހަމައަށެވެ. […]
އައިޝަތު އައިނީ އާމިރު
ކުރީގެ އަދަދާއި ގުޅޭ: ” މައްޗަށް އަރާފާނަމޭ.” ހުސެން ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަންނާ ބައްދަލްކުރަން ހުސެން ބޭނުންވިކަން އެނގުމުން އަހަރެންގެ ހިތް ފުންމައިގަތް ކަހަލައެވެ. ހުސެންއާ ދާދި ގާތުގައި ހުންނަ ހިތް ވެއްޖެއެވެ. ތަންކޮޅެއް ކައިރިން އޭނާއަށް ބަލައިލަން ބޭނުން ވިއެވެ. އަހަރެންގެ މި އެކަނިވެރިކަމުގެ ތެރެއަށް އޭނާ ގެނެސް، އަލިކަން ހޯދަން ބޭނުންވިއެވެ. ” މި ދަނީ އިނގޭ.” ހުސެން ބުންޏެވެ. ހުސެންގެ މެސެޖް ކިޔާލުމާއެކު އަހަރެން ފިނިވާން ފެށިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ބޯޑަރު ސަރަޙައްދުގައި އަފްޣާނިސްތާނުގެ ޠާލިބާން ބާރުތަކާއި ޕާކިސްތާނާދެމެދު ހަމަލާތައް ބަދަލުކޮށްފިއެވެ. ހޮނިހިރު ދުވަހު، އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގެ އިސް އޮފިޝަލުން ހާމަކުރި ގޮތުގައި، ޠާލިބާން ބާރުތަކުން ވަނީ ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ދެ ޤައުމުގެ ބޯޑަރުގައި ހަތިޔާރާއެކު ކުރިމަތިލައި ހަމަލާ ބަދަލުކޮށްފައެވެ. މި ހަމަލާތައް ފެށިފައިވަނީ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބޫލުގައި އިވުނު ދެ ގޮވުމަކާއި، އިރުމަތީ ދެކުނު ސަރަޙައްދު...
ނާޒިމާ އަލީ
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. “ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮ...
ޔުމްނާ ޢަލީ
2025 ވަނަ އަހަރުގެ ނޯބެލް ސުލްހަ އިނާމު ލިބިވަޑައިގަތީ ވެނެޒުއެލާގެ އިދިކޮޅު ސިޔާސީ ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އަށެވެ. އޭނާ އަށް މި އިނާމް ދިން ސަބަބަކީ ޑިމޮކްރަސީއަށްޓަކައި އޭނާ ކުރައްވާފައިވާ ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށްޓަކައި ކަމަށް ނޮބެލް އިނާމު ކޮމެޓީން ވަނީ ބުނެފައެވެ. މާރިއާ ކޮރީނާ މަޗާޑޯ މާރިއާ ކޮރީނާ މަޗާޑޯ ޕަރިސްކާ، 58 އަހަރު، އަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީ، ވެންޓެ ވެނެޒުއެލާގެ ލީޑަރެވެ. މަޗާޑޯ ވަކާލާތު ކުރަނީ ހާމަކަން ބޮޑު ޑިމޮކްރަސީއަކަށާއި، ޕީޑީވީއެސްއޭ […]
ނާޒިމާ އަލީ
މިލާން، އިޓަލީ (12 އޮކްޓޯބަރު 2025) – ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލާ، “ގޭމް އޯވަރ އިސްރާއީލް” ކެމްޕޭނުން އަނެއްކާވެސް، އިސްރާއީލް ޔޫރަޕްގެ ފުޓްބޯޅަ ކޮންޓްރޯލް ކުރާ އިދާރާ (ޔޫއެފާ) އިން ސަސްޕެންޑް ކުރުމަށް ގޮވާލައިފިއެވެ. އެ ކެމްޕޭނުން މިފަހަރު މިގޮވާލުން ގޮވާލާފައި ވަނީ އިސްރާއީލްގެ ޤައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ބައިވެރިވުމަށް ނޯވޭ އަދި އިޓަލީއަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ކެމްޕޭނުން ވަ...
ނާޒިމާ އަލީ
ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ވަނީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން “ޝިމަންގެ ފޯނު” ގެ ނަމުގައި އެކްސްގައި […]
ޔުމްނާ ޢަލީ
އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އައި.އެސް.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ. އެމްޓީސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ. މިއީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އައި.އެސް.ޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖ...
އަލީ އާދިލް
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަޗާޑޯއަށް ދިނުމާ ގުޅިގެން އެމެރިކާގެ އެންމެ ބޮޑު މުސްލިމް ޖަމާއަތް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސީއޭއައިއާރު އިން ފާހަގަކުރި ގޮތުގައި މިއަހަރުގެ ނޯބެލް ހަމަޖެހުމުގެ އިނާމު މެރިއާ ކޮރީނާ މަޗާޑޯއަށް ދިނުމަށް ނޯބެލް ކޮމިޓީން ނިންމި ނިންމުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އެޖަމާއަތުން ބުނިގޮތުގައި މަޗާޑޯއަކީ އިސްރާއީލުގެ ހަރުކަށި ލިކުޑް ޕާޓީއަށް ތާއީދުކ...
ނާޒިމާ އަލީ
ށ. ކަނޑިތީމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ޚާއްސަ މަގާމެއް އޮތް ރަށެކެވެ. މި ރަށުގެ މުއްސަނދި ތާރީޚާއި، ޚާއްސަކޮށް ދިވެހި ބަހަށް ކޮށްފައިވާ ޚިދުމަތްތަކުގެ ހަނދާން އާކޮށްދިނުމުގެ ގޮތުން ޤާއިމުކުރެވިފައިވާ “ކަނޑިތީމު މޮނިއުމަންޓް” އަކީ، ރަށުގެ އަހުލުވެރިންނާއި، ދިވެހި ރައްޔިތުން ވެސް ފަޚުރުވެރިވާންޖެހޭފަދަ ބިނާއެކެވެ. މި މޮނިއުމަންޓަކީ، ށ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވާލައިގެން ކުރިޔަށްގެންދާ ޖަމިއްޔާތަކަށް ހިލޭ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ބުލޫގިލް ފައުންޑޭޝަން އަދި ބިނާގެ އިސ...
އައިޝަތު އައިނީ އާމިރު
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލާނެ ކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ. އެފްޑީސީން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާގެ ބޮޑު އަގެއްގައި ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާން ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ފާހަގަ...
ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2025” މިރޭ ރަސްމީކޮށް ފަށާނެއެވެ. މި މުބާރާތް މި އަހަރު އޮންނަނީ ށ. ކަނޑިތީމުގައެވެ. މި މިބާރާތުގެ ފުރަތަަމަ މެޗު، ނޫމަރާ އާއި ފޭދޫ މެޗު މިއަދު ހަވީރު 16:15 ގައި ފަށާފައިވާއިރު، މި މުބާރާތް ރަސްމީކޮށް ހުޅުވުން އޮންނާނީ މިރެއެވެ. މި ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ރަސްމިއްޔާތުގައި ހަވާއެރުވުން ވެސް އޮންނާނެއެވެ. މި މުބާރާތް […]
އައިޝަތު އައިނީ އާމިރު
ގްރޭޓަރ މާލެ ސަރަޙައްދުގައި ސްކޫލް ދަރިވަރުންނަށް ކޭމްޕް ކުރުމަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ސަރަޙައްދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓް، ގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވުމާ ގުޅިގެން، އެ ދަރިވަރުންނަށް ކޭމްޕް ކުރުމާއި އެކި ހަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ސަރަޙައްދ...
ޔުމްނާ ޢަލީ
ފީފާ ވޯލްޑް ކަޕް، ޔޫރަޕް ކޮލިފައިންގެ ގްރޫޕް ޑީ ގައި ރޭ ފްރާންސާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ތަރި ކިލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ފްރާންސް މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސަށް ލަނޑުޖަހައި ލީޑު ނަގައިދިނީ އެމްބާޕޭއެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ދިހަ މެޗުގައި ވެސް އެމްބާޕޭ ވަނީ ލަނޑު ޖަހާފައެވެ. އެމްބާޕޭގެ […]
އިބްރާހިމް ޚަލީލް
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން، ބޮޑުވަޒީރުކަމުން ސެބަސްޓިއަން ލެކޯނު އިސްތިއުފާ ދެއްވިތާ އެންމެ ހަތަރު ދުވަސް ފަހުން، އެ މަޤާމަށް އަލުން އޭނާ އައްޔަންކޮށްފިއެވެ. މިކަމުގެ ސަބަބުން ވޭތުވެދިޔަ ހަފްތާގައި ފްރާންސްގެ ސިޔާސީ މަސްރަހުގައި ވަނީ ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ. ރައީސް މެކްރޯން މި ނިންމެވުން އިއުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭގަނޑު ލަސްވަރުގައި، އެލިސީ ގަނޑުވަރުގައި އިންތިހާ ކަނާތުފިޔަ އަދި ވާތުފިޔައިގެ ލީޑަރުން ފިޔަވައި އެހެން ހުރިހާ މައިގަނޑު ޕާޓީތަކާއެކު ބައްދަލުކުރުމަށްފަހުގަ...
ނާޒިމާ އަލީ