މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,403 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 349 ވަނަ ޞަފްޙާ

އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓްބޯޅައިގެ ހަރަކާތް ބާއްވައިފި

އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓްބޯޅައިގެ ހަރަކާތް ބާއްވައިފި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓުބޯޅަ ފެސްޓިވަލް ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބާއްވައިފިއެވެ. މި ފެސްޓިވަލަކީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތޯރިގުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ބޭއްވި ކުޅިވަރު ހަރަކާތެކެވެ. މި ޚާއްސަ ފެސްޓިވަލުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ނައިބު ރައީސް ޙުސައިނ...

ޔުމްނާ ޢަލީ
ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގއ. ކޮޅަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މައުލޫމާތާ ގުޅިގެން، ފުލުހުން އެރަށަށް ދަތުރުކުރި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދ...

ޔުމްނާ ޢަލީ
ދިވެހި ފުޓްބޯޅައިގެ އަލިމަސްޔޫބީލް ލޯގޯ އިފްތިތާހުކޮށްފި

ދިވެހި ފުޓްބޯޅައިގެ އަލިމަސްޔޫބީލް ލޯގޯ އިފްތިތާހުކޮށްފި

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭނުންކުރާ ޚާއްސަ އަލިމަސް ޔޫބީލް ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ލޯގޯ އިފްތިތާހުކޮށް ދައްކާލާފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލްގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރިކަން އިތުރުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފީފާގެ ރައީސް ގުޅިވަޑައިގެންނެވެ. ގައުމީ ފުޓު...

ޔުމްނާ ޢަލީ
އައިޖީއެމްއެޗުގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އައިޖީއެމްއެޗުގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރަށްވައި މިއަދު ވިދާޅުވީ، މިއީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. ހަލީމް ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނ...

ޔުމްނާ ޢަލީ
އިންޑިއާގައި ސައިކަލެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ރޯވެ 25 މީހުން މަރުވެއްޖެ

އިންޑިއާގައި ސައިކަލެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ރޯވެ 25 މީހުން މަރުވެއްޖެ

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދުރަޕްރަދޭޝްގެ ހައިވޭއެއް މަތީ ދުއްވަމުންދިޔަ ބަހެއްގައި ފަހަތުން އައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި އަލިފާން ރޯވެ މަދުވެގެން 25 މީހުން މަރުވެއްޖެއެވެ. ހުކުރު ދުވަހު ފަތިހު ކުރުނޫލް ޑިސްޓްރިކްޓް ކައިރީގައި، ހައިދަރާބާދުން ގާތްގަނޑަކަށް 210 ކިލޯމީޓަރު (130 މޭލު) ދެކުނަށް އޮންނަ ޗިންނަޓެކުރު ރަށު ކައިރީގައި ހިނގި މި ހާދިސާގައި ބަހުގައި އަލިފާން ރޯވެ، މިނެޓުތަކެއްގެ ތެރޭގައި މުޅި ބަސް ވަނީ އަނދައިގެން ގޮސްފައެވެ. މީގެ ސަބަބުން ގިނަ […]

ނާޒިމާ އަލީ
ރާއްޖެއަށް ސަމާލުކަން ލިބޭނީ ހަމައެކަނި ރީތި ކަމަކުން ނޫން، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދޭނެ: އިންފަންޓީނޯ

ރާއްޖެއަށް ސަމާލުކަން ލިބޭނީ ހަމައެކަނި ރީތި ކަމަކުން ނޫން، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދޭނެ: އިންފަންޓީނޯ

ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބޭނީ ހަމައެކަނި ޤުދުރަތީ ރީތިކަމަކުން ނޫން ކަމަށާއި، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދޭނެކަމަށް ބައިނަލްއަޤްވާމީ ފުޓްބޯޅަ ޖަމްޢިއްޔާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ވިދާޅުވެއްޖެއެވެ. ފީފާގެ ވެރިޔާ އިންފަންޓީނޯ މިއަދު ރާއްޖެއަށް ކުރަސްވާ ރަސްމީ ޒިޔާރަތުގެ ތެރެއިން މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރަށްވާފައެވެ. ރައީސް މުޢިއްޒާއި ބައްދަލުކުރެއްވުމުން ރައީސް ވަނީ ފީފާގެ ރައީސަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ހުކުރު ދުވަ...

ޔުމްނާ ޢަލީ
ޕާކިސްތާނު-ރާއްޖެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޕާކިސްތާނު-ރާއްޖެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ޖެނެރަލް މިރްޒާ މިހާރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މި ބައްދަލު ކުރިއަށް ދިޔައީ ބުރާސްފަތި ދުވަހު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ދެ ބޭފުޅު...

ޔުމްނާ ޢަލީ
އެޓޯލް ޗެމްޕިއަންޝިޕް ފަށަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ މެޗުން

އެޓޯލް ޗެމްޕިއަންޝިޕް ފަށަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ މެޗުން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، ”އެޓޯލް ޗެމްޕިއަންޝިޕް 2025/2026”ގެ ގުރުނެގުން އިއްޔެ ބާއްވައިފިއެވެ. އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމް އިން ފުރުސަތު ހުޅުވާލީ ފާއިތުވި އޮގަސްޓް މަހިގެ 17 ވަނަ ދުވަހުއެވެ. އެ ފުރުސަތުގެ މުއަދަތު ހަމަވީ މިދިޔަ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ފަރާތްތަކުން މުއްދަތު އިތުރު ކުރުމަށް އެދެމުންދާތީ އެފްއޭއެމް ވަނީ ބައިވެރިވުމުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނި...

ޔުމްނާ ޢަލީ
ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އަށް ކުރަށްވާ އެއް ދުވަހުގެ މި ދަތުރުގައި މިއަދު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި، ރާއްޖޭގެ ފުޓްބޯޅައިގެ […]

ޔުމްނާ ޢަލީ
ފަސް މިލިއަން ގަސް ޕްރޮގްރާމް: ހަނިމާދޫގައި ބަނބުކެޔޮގަސް އިންދައިފި

ފަސް މިލިއަން ގަސް ޕްރޮގްރާމް: ހަނިމާދޫގައި ބަނބުކެޔޮގަސް އިންދައިފި

ހދ. ހަނިމާދޫގައި އެރަށު ކައުންސިލުން ބަނބުކެޔޮގަސް އިންދައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެފައިވާގޮތުގައި މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެގޮތުން އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފިރާގް ވިދާޅުވިގޮތުގައި މި ބުރުގައި ވަނީ 50 ބަނބުކެޔޮގަސް އިންދާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަސް މިލއަން ގަހުގެ ވަޢުދު ފުއްދައިދިނުމަށްޓަކ...

ޔުމްނާ ޢަލީ
އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސައޫދީއަށް މަލާމާތްކޮށްފި

އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސައޫދީއަށް މަލާމާތްކޮށްފި

އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ މާލީ ވަޒީރު، ބެޒަލެލް ސްމޮޓްރިޗް، ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފާޅުގައި މަލާމާތްކޮށް ހަޖޫކިޔައިފިއެވެ. ޒޯމެޓް އިންސްޓިޓިއުޓާއި މަގޯރް ރިޝޯން ނޫހުން އިންތިޒާމުކުރި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ސްމޮޓްރިޗް ބުނީ، ސައުދީން ފަލަސްތީނު ދައުލަތެއް ބަލައިގަންނަން އެދުނު ނަމަ ސައޫދީއާ ގުޅުން އާންމުކުރަން އިސްރާއީލުން ބޭނުން ނުވާނެ ކަމަށެވެ. މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސްމޮޓްރިޗް ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް އިހްތިރ...

ނާޒިމާ އަލީ
ރައީސް އާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މިއަދު، މަޓެރާޒީ ވެސް ކުޅޭނެ

ރައީސް އާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މިއަދު، މަޓެރާޒީ ވެސް ކުޅޭނެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރާއި ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މިއަދު ހަވީރު ހާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ވެސް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އިންފަންޓީނޯ މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވާނީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުގެ ގޮތުގައެވެ. މި […]

ޔުމްނާ ޢަލީ
ކަންނެލި މަސްވެރިކަމުގެ މަސައްކަތައް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފި

ކަންނެލި މަސްވެރިކަމުގެ މަސައްކަތައް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފި

ކަންނެލި މަސްވެރިކަން ތަރައްގީކޮށް، މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލެއިން އެކަމަށް ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި ބިން ޙަވާލުކުރުމަށްޓަކައި މިއަދު އެޗް.ޑީ.ސީގައި ބޭއްވުނު ރަސްމިއްޔާތުގައި، ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފ...

ޔުމްނާ ޢަލީ
ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި

ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯލު އޭސީކޮށް، ހޯލުގެ އެކޯ މައްސަލަ ހައްލުކޮށްދީފިއެވެ. އަމާޒް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކޮށްދީފައިވަނީ ސްކޫލްގެ ހޯލު ހޫނުގަދަވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، ހޯލުގެ އެކޯ މައްސަލަ އާއި ގުޅިގެން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ ސަބަބުންނެވެ. މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް...

އައިޝަތު އައިނީ އާމިރު
ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ހއ. އިހަވަންދޫ ވިޔަފާރަވެރިންނަށް ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މި އޮކްޓޯބަރު މަހުގެ 15 އިން 22 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން، އިހަވަންދޫގައި ވިޔަފާރިކުރާ 30 ތަނަކަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. މި...

އައިޝަތު އައިނީ އާމިރު
ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހަ ވަނަ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު (2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ) ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނިގޮތުގައި […]

ޔުމްނާ ޢަލީ
ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި

ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި

ޕޮލިސް ރިކޯޑު ބެލެހެއްޓުމާ ގުޅޭ ގޮތުން އަމަލުކުރާ ގަވާއިދަށް މުހިއްމު އިސްލާހެއް ގެނެސް، އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހުތައް އެކުލެވޭ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި އިސްލާހުގެ އެންމެ ބޮޑު މަގުސަދަކީ، ބައެއް ޝަރުތުތަކުގެ ދަށުން، ޖިނާއީ މައްސަލަތަކުގެ ރިކޯޑު ނައްތާލުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މި އިސްލާހ...

ޔުމްނާ ޢަލީ
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެންބަރެއް ކަމަށްވާ މުހައްމަދު ފަރުޝަތުގެ ނަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގ...

ޔުމްނާ ޢަލީ