ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރަށްވައި މިއަދު ވިދާޅުވީ، މިއީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ.

Ad
rt

ހަލީމް ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.

މިއީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ (ރެޓިނާ) އާއި ލޯފުރާފައިވާ ސާފު ޖެލް (ވިޓްރިއަސް ހިއުމަރ) ގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާ ޚާއްޞަ ސާޖަރީއެކެވެ.

މި ސާޖަރީ ފަށާފައި ވަނީ ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުން ކަމަށް ހަލީމް ވަނީ ފާހަަގަކުރަށްވާފައެވެ.

''މި ދެ އަހަރު ދުވަހުގެ މަސައްކަތުން ހާސިލުވި އަގުހުރި ކުރިއެރުމެއް، މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަން'' ހަލީމް ވިދާޅުވެފަވެއެވެ.

މި މަހު އައިޖީއެމްއެޗުގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަނީ ކަށީގެ ބަލިތަކަށް ވެސް ފަރުވާ ދޭން ފަށާފައެވެ.