ފަސް ކިލޯގެ ޑްރަގް ހުރި ދަބަސް އެއާޕޯޓަށް ދޫކޮށްލާފައި ދާން އުޅުމުން އަތުލައިގަނެ, އުމުރަށް ޖަލަށް
ފަސް ކިލޯގެ ޑްރަގް ހުރި ދަބަހެއް ރާއްޖެ އެތެރެ ކުރުމަށްފަހު އެއާޕޯޓް ތެރެއަށް ދޫކޮށްލާފައި ފިލަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގަނެ, އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2025 ވަނަ އަހަރު އޭނާ ޕާކިސްތާނުން ރާއްޖެ އައުމަށްފަހު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން އެއް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލާފައި ދާން އުޅުމުން އޭނާ ހުއްޓުވައި, […]