ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުން ފާހަގަކުރުމަށްޓަކައި އެ ރަށުގައި ވަނީ ސަގާފީ ހަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތޮއްޑޫ އަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ. މި ޚިދުމަތް ފެށުމަށްޓަކައި ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ތޮއްޑޫ ކައުންސިލް އިދާރާގައި ފަސިންޖަރުނ...