އިނގިރޭސިވިލާތުގައި ''ފަލަސްތީނު އެކްޝަން'' ޖަމާއަތް މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި
އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ “ފަލަސްތީނު އެކްޝަން” އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމުގެ ސަރުކާރުން އެ ޖަމާއަތް މަނާކުރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ހުކުމްކޮށްފިއެވެ. ހުކުރު ދުވަހު ހައިކޯޓުގެ ފަނޑިޔާރުން އިއްވެވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފަލަސްތީނު އެކްޝަން މަނާކުރުމަށް ނިންމި ނިންމުމަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުމެއް ކަމަށެވެ. މިއީ ބޮޑުވަޒީރު ކެއަރ ސްޓާމަރގެ ލޭބަރ ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮ...