މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,380 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 231 ވަނަ ޞަފްޙާ

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވަން ހަމަޖައްސައިފި އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ އަޑުއެހުމެއ...

ހުސައިން ހަބީބް
ސީލައިފް މައްސަލާގައި ކުރި ހުރިހާ ދައުވާތަކުން އައްމަޓީ ސަލާމަތްވެއްޖެ

ސީލައިފް މައްސަލާގައި ކުރި ހުރިހާ ދައުވާތަކުން އައްމަޓީ ސަލާމަތްވެއްޖެ

ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ. ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު […]

ހުސައިން ހަބީބް
ފަރުހަތުގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

ފަރުހަތުގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހއ. މުރައިދޫގެ ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ކަށަވަރުކޮށްފިއެވެ. ކައުންސިލްތަކުގެ ހަޔާތުގައި މިއީ މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީގެ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ. ހޮނިހިރު ދުވަހުގެ ވޯޓުގައި މުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ އަމްޖަދު މުހައްމަދު ކާމިޔާބުކުރީ 312 ވޯޓުންނެވެ. އޭނާ އާއި ވާދަ...

ޔުމްނާ ޢަލީ
ސްޕެއިނުން އީރާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން ނިންމައިފި

ސްޕެއިނުން އީރާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން ނިންމައިފި

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން، ސްޕެއިންއިން އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން ނިންމައިފިއެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް ބުރާސްފަތި ދުވަހު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން ވެވުނު ސުލްހައިގެ އެއްބަސްވުމަށް ބާރުއެޅުމުގެ ގޮތުން ތެހެރާންގައި ހުންނަ އެމްބަސީ އަލުން ހުޅުވަން ނިންމާފައިވާ ކަމަށެވެ. ”އެލް ޕައިސް” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު މަހުގެ 7 ވަނަ ދުވަހު...

ޔުމްނާ ޢަލީ
ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި، އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި

ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި، އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވާލައިފިއެވެ. މި ހާދިސާގައި އެ ރަށުގެ އައިސްޕްލާންޓާއި އިތުރު ތިން ދޯންޏެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނާއި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. […]

ޔުމްނާ ޢަލީ
ބޯޓު އަޑިއަށް ދިޔުން: ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ ސަލާމަތްކޮށްފި

ބޯޓު އަޑިއަށް ދިޔުން: ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު ރޭ ދަންވަރު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި ހިނގި ހާދިސާގައި ގެއްލިގެން ހޯދި މީހާ ފެނިއްޖެއެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އެ ބޯޓުން ދަތުރުކުރި ދިވެއްސެކެވެ. މި ހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައެވެ. އަދި އެމީހާ ފެނިފައިވަނީ 2026 […]

ޔުމްނާ ޢަލީ
ފީއަލީ އަލިފާން: ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެ

ފީއަލީ އަލިފާން: ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެ

ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ހާދިސާގައި އަލިފާން ކޮންޓްރޯލްނުވެ ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު 9:31 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނިގޮތުގައި ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެގެން އެކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ. އޭގެ ގަޑިއެއްހާއިރު ފަހުން 10:29 ގައި މިހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނީ އެ ހާތަނަށް […]

ޔުމްނާ ޢަލީ
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

ފ. އަތޮޅު ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ. ފީއަލީ ބަނދަރުގައި އޮތް މި ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ބޯޓުން ބޮޑުބައެއް މިހާރު ވަނީ އަނދާފައެވެ. މި ހާދިސާއާ ގުޅިގެން، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތަކުން މިހާރު އެ ސަރަހައްދުގައި ދަނީ...

ޔުމްނާ ޢަލީ
ހޯރްމޫޒް ކަނޑުއޮޅީގައި 426 ތެޔޮ ޓޭންކަރާއި 53 ގޭސް ޓޭންކަރު ތާށިވެފައި

ހޯރްމޫޒް ކަނޑުއޮޅީގައި 426 ތެޔޮ ޓޭންކަރާއި 53 ގޭސް ޓޭންކަރު ތާށިވެފައި

ދުނިޔޭގެ ހަކަތައިގެ މައި ދޮރާށި ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ކައިރީގައި 426 ތެޔޮ ޓޭންކަރާއި 53 ގޭސް ޓޭންކަރު ހިމެނޭހެން ސަތޭކައަށްވުރެ ގިނަ އުޅަނދުފަހަރު ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އާއި ކެޕްލަރ އިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ އުޅަނދުތައް މިވަގުތު ވަނީ އެ ސަރަހައްދުގައި ހުއްޓިފައެވެ. މީގެ ތެރޭގައި 426 ތެޔޮ ޓޭންކަރުގެ އިތުރުން 53 ގޭސް ޓޭންކަ...

ނާޒިމާ އަލީ
ފެންނަ ނުފެންނަ ވޯޓުން ފެނުނީ ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު: ޝުޖާޢު

ފެންނަ ނުފެންނަ ވޯޓުން ފެނުނީ ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު: ޝުޖާޢު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ހާމަވެގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ދިވެހީންގެ ނިންމުން” ކަވަރޭޖުގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލު...

އައިޝަތު ޢާދަމް
24 ގަޑިއިރު ނުވަނީސް އެމެރިކާއިން އެއްބަސްވުން ބަދަލުކުރަން ފެށުމުން ސުލްހައަށް އޮތް އުންމީދު ހަނިވެއްޖެ

24 ގަޑިއިރު ނުވަނީސް އެމެރިކާއިން އެއްބަސްވުން ބަދަލުކުރަން ފެށުމުން ސުލްހައަށް އޮތް އުންމީދު ހަނިވެއްޖެ

އީރާނާއެކުވި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިތާ 24 ގަޑިއިރުވެސް ނުވަނީސް، އެމެރިކާ ސަރުކާރުން އެ އެއްބަސްވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ. މި ބަދަލުތަކުގެ ސަބަބުން، ސަރަހައްދީ ހަމަޖެހުމަށް ލިބުނު އުންމީދުތައް އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް މިހާރު ވަނީ ވެއްޓިފައެވެ. އަދި ސުލްހައަށް އޮތް އުންމީދު ވެސް ވަނީ ހަނިވެފައެވެ. މީގެ ކުރިން ޕާކިސްތާނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެއްބަސްވުމުގެ ތެރޭގައި ލުބުނާން ހިމެނުމަށް އެމެރިކާއިން އޮތީ އެއްބަސްވެފައެވެ. ނަމަވެސް، ދެ ހަފުތާގެ މުއްދ...

ނާޒިމާ އަލީ
ބޯޓެއް ފަރަށް އަރައި އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީ

ބޯޓެއް ފަރަށް އަރައި އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު ރޭ ދަންވަރު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި، އެ ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު ފަރަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިއްބެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން […]

ޔުމްނާ ޢަލީ
ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ވިޓްކޮފް އާއި ކުޝްނަރ، އަދި އީރާނުގެ ފަރާތުން އަރާގްޗީ އާއި ގާލީބާފް

ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ވިޓްކޮފް އާއި ކުޝްނަރ، އަދި އީރާނުގެ ފަރާތުން އަރާގްޗީ އާއި ގާލީބާފް

އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަރިފުޅުގެ ފިރިމީހާ ޖެރެޑް ކުޝްނަރ، ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހަނގުރާމަވެރި ދެ ފަރާތުގެ މެދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަ...

ނާޒިމާ އަލީ
ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހަނި ފަރަގަކުން ފިނޭ ކައުންސިލްގެ ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީ އަށް ކަށަވަރުވެއްޖެއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އާއިލާ ނިސްބަތްވާ ފިނޭ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުކުރީ އެމްޑީޕީންނެވެ. މިގޮތުން ފިނޭ ކައުންސިލް ރައީސްގެ ގޮ...

އަލީ އާދިލް
ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި

ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތަށް ބޮޑު ލުޔެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި، 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނުތަކަށް މީގެ ކުރިން އަމިއްލައަށް ދައްކަންޖެހޭ 20 އިންސައްތަ އިކުއިޓީ، މިހާރު ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ. މި ބަދަލާއެކު، އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދުމުގައި ބޮ...

ޔުމްނާ ޢަލީ
ވޯޓާ ކުރިމަތިލުމަށް ގަޕޯ ތައްޔާރު، އޭނާގެ އިތުބާރު ނެތްކަމަށް ބޮޑު ތިލަދުންމަތީގެ ނުވަ ދާއިރާއެއްގެ ރައީސުން ސޮއިކުރި

ވޯޓާ ކުރިމަތިލުމަށް ގަޕޯ ތައްޔާރު، އޭނާގެ އިތުބާރު ނެތްކަމަށް ބޮޑު ތިލަދުންމަތީގެ ނުވަ ދާއިރާއެއްގެ ރައީސުން ސޮއިކުރި

އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގައުމީ މަޖިލީހުގެ 55 މެމްބަރަކު ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅަށް ނިސްބަތްވާ ގައުމީ މަޖިލީހުގެ 9 މެމްބަރަކު ހިމެނިއްޖެއެވެ. އިތުބާރުގެ މައްސަލާގައި ސާބިތުކަން ދައްކަވައި ގަޕޯ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ގޮތް ނިންމަންޖެހޭނީ ގައުމީ މަޖިލިހުގައި ނަގާ ވޯޓުން ކަމަށެވެ....

އަލީ އާދިލް
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ. ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ […]

ހުސައިން ހަބީބް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީއަށް ލުއި ދީފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީއަށް ލުއި ދީފި

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، ކޯޓާ ފީ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ސަރުކާރުން ހަމަޖައްސައިފިއެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގެނެވުނު ބަދަލާއެކު އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ. މީގެ ކުރިން ކޮންމެ ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަން […]

ޝިއުނާ އާދަމް