އީރާނުގެ ހުރިހާ ބޭންކުތަކެއް ހޮނިހިރު ދުވަހުން ފެށިގެން އަލުން ހުޅުވުމަށް ނިންމައިފި
އިރާނާއި ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގަމުން އައި އުދުވާން ދެ ހަފުތާ އަށް މެދުކަނޑާލުމާއި ގުޅިގެން އީރާނުގެ ހުރިހާ ބޭންކުތަކެއް އޭޕްރީލް 11 ވާ ހޮނިހިރު ދުވަހުން ފެށިގެން އަލުން ހުޅުވުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުގެ ބޭންކިންގް ދާއިރާއަށް ކުރިމަތިވެފައި އޮތް ބުރޫއަށް ނިމުމެއް ގެނެސް، ހުރިހާ ބްރާންޗުތަކެއްގެ މަސައްކަތްތައް ފުރިހަމައަށް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ. މި ނިންމުމަކީ 14 ދުވަހުގެ މުއްދަތަށް ހަ...