ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހަލާކުކޮށްލަން ކުރީގައި ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާވަމުންދާ ކަމަށް ނޮޅިވަރަމް ދާއިރާއިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ. މޮސްޓާ މިހެން ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަވަމުނ...
އަފްރާހް އަބްދުލް ރަޝީދު
ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ ޕްރޮސެސްކުރާ މުހިންމު ދެ ތަނަކަށް ޑްރޯން ހަމަލާހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ޑްރޯން ހަމަލާދީފައި ވަނީ އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓަށާއި ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަ ޚުރައިސްއަށެވެ. މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނާޒުކު ތަންތަނަށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އެތަކެއް އާންމު ރައްޔިތުންނެއް […]
އަފްރާހް އަބްދުލް ރަޝީދު
އިނގްލިޝް ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީ އާއި ވުލްވްސް ބައްދަލުކުރި މެޗުން ޗެލްސީގެ ޓެމީ އަބްރަހަމް ކާމިޔާބު ކޮށްދިން ހެޓްރިކާއިއެކު 5-2 އިން ޗެލްސީން ވުލްވުސް ބަލިކޮށްފިއެވެ. ޗެލްސީގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗްގެ 31 ވަނަ މިނިޓްގައި ފިކާޔޯ ޓަމޯރީ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއިއެކުއެވެ. ފާއިތުވި ސީޒަންގައި ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ދެވަނަ ފަންތި ކަމަށްވާ އީ.އެފް.އެލް ޗެމްޕިއަންޝިޕްގައި އެސްޓަން ވިލާއަށް ކުޅުނު އަބްރަހަމް ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗްގެ 34 […]
އަޙްމަދު އަސްފާން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޭއްވެވި ‘މިލަދެކުނު އަދަބީ ޢީދު 2019’ ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިރޭ މަނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢީދުގެ އަދަބީ އެކި މުބާރާތްތަކުން 1 ވަނައަށް އައި ދަރިވަރުންނާއި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި އިނާމު ޙަވާލުކޮށްދެއްވާފައެވެ. އަދި މި އަދަބީ ޢީދުގައި ތަރި ލިބުނު ސްކޫލުތަކަށް އިނާމު ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އަދަބީ ޢީދަކީ ދި...
އިބްރާހިމް އަސްވާޤް
އެމްޓީސީސީގެ ފެރީތަކުގައި ބޭނުންކުރާ “އެއާ ސިކްނެސް ބޭގް” ކަރުދާހަށް ބަދަލުކޮށްފިއެވެ. މޫދާއި ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި މަދު ކުރުމުގެ ގޮތުންނާއި އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުން އެ ކުންފުނިން އެޅި ފިޔަވަޅެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެއާ ސިކްނެސް ބޭގް އާއްމުކޮށް ބޭނުން ކުރަނީ ދަތުރުމަތީގައި ހޮޑުލެވޭ މީހުން ހޮޑުލުމަށެވެ. މި ކޮތަޅު އާއްމުކޮށް ދޫކޮށްލަނީ ކަނޑަށެވެ. އެހެންކަމުން، […...
އިބްރާހިމް އަސްވާޤް
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ޤާއިމު ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައިކަމަށާއި ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކާ ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަ...
ޔުމްނާ ޢަލީ
މިއަދު ނ. ލަންދުއަށް އަޅުގަނޑު ކުރި ދަތުރުގައި އެރަށު ފުށްޓަރު ފަރާތުން ފެނުނު ކާޅުބައިގެ ވާހަކަ އެރަށުގެ ކުރީގެ ކަތީބު ނަސީރު، އަޅުގަނޑަށް ކިޔައިދެއްވި ގޮތުގައި، އެސޮރުމެން ނިދާ ރަށަކީ ލަންދުއެއް ނޫނެވެ! “ކޮންމެ ދުވަހަކު ހަވީރު 5:30 ގައި، އެ ހުރިހާކާޅެއް ރަށާ ދާދި ގާތުގައި އޮންނަ މާޅެންދުއަށް އުދުހިގަންނެ. އެސޮރުމެން ނިދާ ރަށަކީ، މާޅެންދޫ،” ނަސީރު، ބުނުއްވިއެވެ. “ހުޅަނގު އުތުރުން ވައިޖެހޭ ގަދަ ދުވަސްވަރު، އެސޮރު މެންނަށް ވަރަށް އުނދަގޫވޭ މާޅެންދުއަށް ދާން ކަނޑުއޮޅި […]
Thiladhun
ބާކްލޭސް އިނގްލިޝް ޕްރިމިއަރ ލީގު 2020-2019ގައި މިއަދު ހަވީރު ކުޅުނު މެޗުންވެސް މޮޅުވެ މިފަހަރުގެ ލީގުގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ލިވަޕޫލްއިން ދަމަހައްޓައިފިއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި 51 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ލިވަޕޫލް ވަނީ ފަހަތުން އަރާ ނިއުކާސަލް ޔުނައިޓެޑް 3-1 އިން ބަލިކޮށްފައެވެ. މެޗް ގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ނިއުކާސަލްއިންނެވެ. މެޗްގެ ހަތްވަން މިނިޓްގައި ނިއުކާސަލްގެ ގޯލް ކާމިޔާބުކޮށްދިނީ ޖެޓްރޯ ވިލެމްސްއެވެ. ވިލެމްސް ލިވަޕޫލްގެ ޕެނެލްޓީ...
އަޙްމަދު އަސްފާން
ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްގީކުރި ޕަބްލިކް ފާހާނަތައް މިއަދު ހުޅުވައިފިއެވެ. އެޗްޑީސީން ބުނީ މި ޕަބްލިކް ފާހާނަ ބަރީގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނަ ހުންނާނެ ކަމަށާއި ނުކުޅޭދޭ މީހުންނަށް ހާއްސަ ފާހާނަ ހުންނާނެ ކަމަށެވެ. އަންހެނުންނަށް ހާއްސަ ފާހާނާގައި އަރާމުކޮށް އިށީނދެ އިނދެވޭނެ ގޮތަށް ގާތުން ކިރުދޭ ކޮޓަރިއެއް ގާއިމްކޮށް މި ކޮޓަރީގައި ނެޕީ ބަދަލުކުރުމަށް މޭޒަކާއި މޫނު ދޮންނަ ތަށި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފިރިހ...
އަފްރާހް އަބްދުލް ރަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ‘މިލަދެކުނު އަދަބީ ޢީދު 2019’ ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މަނަދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނ. މަނަދޫއިން މަރުޙަބާ ދެންނެވުން pic.twitter.com/jerCLJ3wF9 — The President's Office (@presid...
އިބްރާހިމް އަސްވާޤް
ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ ބުނީ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ކަމަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ. މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެން...
އަފްރާހް އަބްދުލް ރަޝީދު
ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމެއްކަމުގައިވާ އިންޑޮނީޝިޔާގެ ޖަންގައްޔެއްގައި ރޯވަމުންދާ އަލިފާންގަނޑަކާ ގުޅިގެން، އެޤައުމުގެ ބައެއް ސަރަޙައްދުތަކަށާއި ކައިރީގައި އޮތް މެލޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް ނުރައްކާވަމުން އެބަދެއެވެ. މި އަލިފާންގަނޑުގެ ސަބަބުން މި ދެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފައިވާކަމަށް، ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި، އިންޑޮނީޝިޔާގެ މި ރެއިން ފޮރެސްޓުގައި އަލިފާން ރޯވެ، ފެތުރެމުންދަނީ، ޖަ...
Thiladhun
އިބްރާހިމް އަސްވާޤް
އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ. ކުމުންދޫ ކައުންސިލް ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު މި ޖަނަރޭޓަރު ކުމުންދުއަށް ގެންގޮސްފައިވާ ކަމަށެވެ. ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށް މިހާރު އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށް މަޢުލޫމާތުލިބެއެވެ. އަމީން ކު...
އަފްރާހް އަބްދުލް ރަޝީދު
ށ. ފޯކައިދޫ ސްކޫލުގައި ހަތަރު ކްލާސްރޫމު އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އަމިއްލަ ތަކެތީގައި ހަތަރު ކްލާސްރޫމުގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމުގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ސެޕްޓެމްބަރު 2019 އިން 19 ސެޕްޓެމްބަރު 2019...
Thiladhun
ހދ. ހަނިމާދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. 2018، އެކި ގޮތްގޮތުން ރަނގަޅު ނަތީޖާތައް ހޯދި ދަރިވަރުންނަށް އިނާމުދީ، އެކުންދިންގެ އަގުވަޒަންކުރުމަށް މި ޖަލްސާ ބާއްވާފައިވަނީ ރޭ، އެރަށު އިޖުތިމާއީ މަރުކަޒުގައެވެ. މި ޖަލްސާގައި، 2018 ވަނަ އަހަރު ހަނިމާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާތިމަތު ރިފްދާއެވެ. ގްރޭޑް 10އޭގައި ކިޔެވި ރިފްދާ އަކީ ސްކޫލު ނިންމާ އިމްތިހާނުތަކުން، ސްކޫލު ފެންވަރުގައިވެސް އެންމެ މޮޅު އެއް ދަރިވަރެވެ. ރޭ […]
Thiladhun
މިދުވަސްވަރު ރާއްޖޭގެ އުތުރުގައިވަނީ އާދަޔާ ހިލާފު ރަނގަޅު މަސްވެރިކަމެއް އުފެދިފައިކަމަށާއި، އެއްވެސް ކޮންޓްރޯލް ކުރުމެއް ނެތި، އެއްވެސް ދޯންޏެއް ދޫކޮށް ނުލާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ކިރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ. މިފްކޯ އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ރަނގަޅު މަސްވެރިކަމެއް އުފެދިފައިވަނީ މީގެ މަހެއްހާ ދުވަސްކުރިންކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. “މިދުވަސް ވަރު ރާއްޖޭގެ އުތުރުގ...
Thiladhun
ޔުމްނާ ޢަލީ