ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ
މަސް ކިރާފައި ބިލުތަކަށް ފައިސާ ނުލިބޭތީ ކޫއްޑޫގައި ބައެއް މަސްވެރިން އިހުތިޖާޖު ކުރަމުން އެބަދެއެވެ. ފުލުހުން ބުނީ ކޫއްޑޫ ގައި މަސްވެރިންގެ ބަޔަކު ދަނީ އިހުތިޖާޖު ކުރަމުންގެންދާތީ ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވާކަމަށާއި މައްސަލަ ހައްލު ކުރުމަށް ގުޅުންހުރި ފަރާތްތަކާ އެކު ދަނީ މަޝްވަރާ ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ މަސް ކިރުވާފައި ލިބެންޖެހޭ ފައި...