ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި
ހއ. ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ. ތިލަދުންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ ބާރަށު ގެއެއްގެ ކައިރީ ޕާކުކޮށްފައިވާ ސައިކަލެއްގައި ރޭ 03:00 އެހާކައްހާއިރު ރޯކޮށްލާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. ފުލުހުން ބުނީ ރޯކޮށްލި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށާއި އެސައިކަލަކީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސިވިލް މުވައްޒަފެއްގެ ސައިކަލެއްކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އ...