ކޮފީި، ހޫނު މަސްރޮށި، މިސްރު ބޯކިބާގެ އިތުރުން ލައިވް ބާބަކިއު އައިޓަމްތަކުގެ މީރު ރަހަ ބަލައިލަން އަދި މިނޫން ވެސް އެތައް މީރު ބާވަތްތަކަކަށް އިންސާފު ކޮށްލަން ހުޅުމާލޭ "ކޮފީ ސްޓޯރީ" އަށް ކޮންމެހެން ވެސް ގޮސްލަންވާނެއެވެ.
ހުޅުމާލޭ ރަބަރު ގަސްމަގު 7 ނަމްބަރު ގޯޅި ކަންމަތީގައި ހުންނަ މި ކެފޭ އަކީ ހިތްގައިމު ކެފޭ އެކެވެ. މި ކެފޭއިން ލިބޭ ކޮލިޓީ ކޮފީގެ އިތުރުން މިތަނުން ލިބޭ ކޮންމެ ކެއިން ބުއިމުގެ ބާވަތެއް ވެސް އެހާމެ ކޮލިޓީ ވާނެއެވެ.
ހެނދުނު 8 ކުން ރޭނގަޑު 9:30 އަށް ޚިދުމަތް ފޯރުކޮށްދޭ މި ކެފޭއިން ލިބޭނެ އަނެއް ހިތް ހަމަޖެހުމަކީ މި ކެފޭގައި އިށީނދެ ތިބުމުގެ ޖާގަތައް ހަމަޖައްސާފައި ހުންނަނީ ތާޒާވައި ލިބޭގޮތަށް ކެފޭގެ ބޭރުގައި ކަމަށް ވުމެވެ.

މިކެފޭގެ އެންމެ މަޝްހޫރު ޑިޝްއަކީ ހޫނު މަސްރޮއްޓެވެ. މިސްރު ބޯކިބާވެސް ވަކިން ދުލެއް ނުކުރާނެއެވެ. ވަގުތުން ފިހެލާ މީރު މަސްރޮއްޓާއި، ދިވެހި ލޮނުމިރުސް ލައިގެން ފިހެލާފައި ހުންނަ ބޯވާ ސްޓިކް، ބީފް ސޮސެޖް އަދި ޗިކަން ސޮސެޖްގެ އިތުރުން ރަހަމީރު ރާސްޕްބެރީ ބްރައުނީ އާއި މިސްރުބޯކިބާގެ އިތުރުން އެތައް ބާވަތެއް މިކެފޭއިން ލިބެން ހުންނާނެއެވެ.

މިތަނުން ނެސްކެފޭ ކޮފީ ތައްޓެއް އެންމެ 5 ރުފިޔާއަށް ބޯލަން ލިބޭއިރު، ލަވާޒާ އަދި ކެރާރޯ ކޮފީވެސް ލިބެންހުރެއެވެ. އަދި ފްރެޝް ޖޫސް، ޖޫގޯ އަދި ފަލޫދާ ފަދަ މީރު ބުއިންތައްވެސް ލިބެން ހުންނާނެއެވެ.

މާލޭގެ ހަލަބޮލި ކަމުން ނުކުމެ، ސިނަމާލެ ބުރިޖުން ދުއްވާލައި، ހިތް އުފާކޮށްލަމުން ކޮފީއެއް ބޯލައި، ސައިބޯލަން ނުވަތަ އެކުވެރިންނާއި އާއިލާއާއެކު ކޮފީއެއް ބޯލަން "ކޮފީ ސްޓޯރީ" ބަރާބަރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!