ހދ. ހަނިމާދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫން ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައިވާކަން ހަނިމާދޫ ކައުންސިލުން ވަނީ ”ތިލަދުން” އަށް ކަށަވަރު ކޮށްދީފައި އެވެ. ހަނިމާދޫ ކައުންސިލުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އޭނާ ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ސާމްޕަލުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ކޯވިޑާއި ގުޅިގެން ސިއްހީ ގޮތުން އެޗްޕީއޭއިން ދެއްވާފައިވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަށް ވަމުން ގ...
ޔުމްނާ ޢަލީ
ވޭތުވި 7 އަހަރު ތެރޭގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުން ހަދަމުން ދިޔަ ގާނޫނުތަކުން މާލޭގެ މޭޔަރުކަމުގައި ހުންނެވި ޝިފާ މުޙައްމަދުގެ ”އަތް” ކޮންމެ ދުވަހަކު ކަނޑަމުންދިޔަ ތަން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި...
އަލީ އާދިލް
ތ. އަތޮޅު ހިރިލަންދޫގައި އަޅަމުން ދިޔަ އޮޑި ހަރުގެއެއްގެ ބައެއް ވެއްޓި، އެ މައްސައްކަތުގައި އުޅުނު 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލު ”ތިލަދުން” އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 3:30 ހާއިރު ކަމަށެވެ. އަޅަމުންދިޔަ އޮޑިހަރު ގޭގެ ބައެއް ވެއްޓި، އެ ހަރުގެ ދަށުވުމުގެ ސަބަބުން އެ މަސައްކަތުގައި އުޅުނު 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު އިތުރު 8 މީހަކަށް […]
ޝިއުނާ އާދަމް
ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ އެވެ. މިއަދު ހަވީރު 16:00 ހާއިރު ދިއްދޫގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 2 ސައިކަލް ދުއްވަންއިން 2 ޒުވާނުންނަށްވެސް އެކިވަރުގެ އަނިޔާލިބިގެން ހޮސްޕިޓަލްއަށް ވަނީ ގެންދެވިފަ އެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ އެކްސިޓެންޑްގައި އަނިޔާވެގެން މިއަދު އެ ހޮސްޕިޓަލަށް ދެމީހަކު ގެނެސްފައިވާކަމަށާއި އެތަނުން އެކަކު މިހާރު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ޒ...
އަލީ އާދިލް
މާލޭގައި ހުރި ގިނަ އަދަދެއްގެ އަތޮޅު ފިހާރަ ތަކެއް އަނެއްކާ ވެސް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ހިންގަމުން ގެންދާތާ ޒަމާންވީ ގިނަ ފިހާރަތަކެއް އިއުލާނުކޮށްފައިވެ އެވެ. މި އިއުލާނުކޮށްފައިވަނީ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވާތީ އެވެ. އިއުލާނުކޮށްފައިވާ ފިހާރަތައް ކްރެސެންޓް 14 ނަންބަރު ފިހާރަ ހއ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި ހދ. އަތޮޅު ފިހާރައިގެ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި ދެކުނުފެނ...
އިބްރާހިމް އަސްވާޤް
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ދަރަވަންދޫ އަށް ތައާރަފުކޮށްފި އެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ. އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން، ސިއްހީ ޚިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތ...
އިބްރާހިމް އަސްވާޤް
ބަރު އަދި ބޮޑެތި ކުނި އުކާލެއްވުމަށް ވޭސްޓް މެނޭޖްމެންޓް ކޯރޕަރޭޝަން (ވެމްކޯ) އިން “ކެޕްސް” ގެ ނަމުގައިވަނީ ޚިދުމަތެއް ތަޢާރަފުކޮށްފަ އެވެ. ގޭތެރެ ސާފުކޮށްލި ކަމުގައި ވީ ނަމަވެސް، އޮފީސް އަދި އެހެނިހެން ޢިމާރާތްތަކުގައި އުފެދޭ ބަރު، އަދި ބޮޑެތި ކުނި އުކާލެއްވުމަށް ވެމްކޯއިން ތަޢާރަފްކޮށްފައިވާ ކެޕްސްގެ ޚިދުމަތާއި އެކު، ގިނަ ބަޔަކަށް ލުއިތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަން ކަށަވަރެވެ. މި ޚިދުމަތް ހޯއްދެވުމަށް ކަސްޓަމަރުން ޖެހޭނީ ކުރީބައިގައި ބުކިން ހައްދަވާށެވެ. އަދި ޚިދުމަތް ހޯއްދެވުމަށް 166...
މުޙައްމަދު މާއިލް ހަސަން
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ކަމަކީ، އެ ހޮސްޕިޓަލާއި ކޭ އާރު އެޗް އާއި ގުޅިގެން 4 ދުވަހުގެ މުއްދަތަކަށް ފުނަދޫ އަތޮޅު ހޮސްޕިޓަލަގައި ހިންގޭ މެޑިކަލް ކޭމްޕްއެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ […]
މުޙައްމަދު އިނާން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ހދ. ނެއްލައިދޫ އަދި ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް […]
ޔުމްނާ ޢަލީ
ދިރޭ ޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ.ޅައިމަގުން 3 ބިން ކުއްޔަށް ދޫކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ޅައިމަގު ކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއިން ކޮންމެ ބިމެއްގައިވެސް 2000 އަކަފޫޓު ހުންނާނެކަމަށެވެ. މިބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުދާރުމަގުގެ ހުނޅަގުން ނެވެ. ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އެ އިދާރާއިން ދިރާސާކޮށް، ޕ...
މުޙައްމަދު އިނާން
ހއ. އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިއަދު ހެނދުނު 8:45 ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށް ޓަކައި ފެނަކަ އަށް ދޫކޮށްފައިވާ ބިމުގައެވެ. ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކ...
އަލީ އާދިލް
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މާލެ އަދި ހުޅުމާލޭގައި ބޭއްތިއްބުމަށް އެކަމަޑޭޝަން ކުއްޔަށް ހިފުމަށް ބޭނުން ވެގެން ހެލްތު މިނިސްޓްރީއިން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އެކަމަށް މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ބައިތިއްބާ މީހުންނަށް އެކޮމޮޑޭޝަން ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ. މިގޮތުން ކުއްޔަށް ހިފަން ބޭނުންވާ ފެސިލިޓީ ތަކުގެ ރޫމަކަށް ދުވާލަކަށް ކަނޑައަޅާނެ ފައިސާގެ ރޭޓުތައް ވެސް އެ އިއުލާނާއެކު ހިމަނާފައި […...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންއިން އިއުލާން ކޮށްފި އެވެ. ފެނަކަ އިން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން 13 އޮކްޓޯބަރުން 15 އޮކްޓޯބަރުގެ ނިޔަލަށް ވަނީ ހުޅުވައިލެވިފަިކަމަށެވެ. މި ބިޑަށް ރަޖިސްޓްރީ ކުރެއްވަން ބޭނުން ފުޅުވާ ފަރާތްތަކަށް މި ދެންނެވި ދުވަސްތަކުގެ، ހެނދުނު 9:00 އިން މެންދުރުފަހު 14:00 އާއި ހަމައަށް ފެނަކައިގެ ހެޑް […]
މުޙައްމަދު އިނާން
ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ހަދާ ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން އަނެއްކާވެސް އިޢުލާން ކޮށްފި އެވެ. މިއީ މިއަހަރުގެ ތެރޭގައި އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް ހެދުމަށް އެމިނިސްޓްރީއިން ހުޅުވާލި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހު އެވެ. އ...
އަލީ އާދިލް
ހއ. ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް މަޝްވަރާ ކޮށްފިއެވެ. ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. މި މަޝްވަރާގައި ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ...
ޝިއުނާ އާދަމް
ގެސްޓްހައުސް ހިންގާ ރަށްތަކާއި، އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭ 6 ހާލަތެއް ވާކަމަށް، އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްތަކުން އެހެން ރަށްތަކަށް 6 ހާލަތެއްގައި ދަތުރުކުރެވޭނެކަމަށެވެ. “ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، ކޯވިޑް-19 ސާމްޕަލް ނެގި ސިއްހީ ޙިދުމަތްތެރިޔާއަށް ހަމަލާދީ، އަދި މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ ކަމަށް ބުނާ މައްސަލަ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ރޭ ހިނގާފައިވާ މި ހާދިސާއާއި ގުޅޭ މިމައްސަލަ އެމްއެޗްޕީޔޫއިން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީއަށެ...
އަޙްމަދު ވަހީދު
ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއިގުޅޭ އެމްއޯޔޫ އެއްގައި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރްއައި) އާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ސޮއިކޮށްފިއެވެ. އެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި، އެސްއާރްއައި އާއެކު އޮންލައިންކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެވެ. އެ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރއައިގ...
ޔުމްނާ ޢަލީ