ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ބާ ކައުންސިލުން ބޭއްވި ހާއްސަ ތަމްރީން ފުރިހަމަ ކުރި 277 މީހަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި އެވެ. އަލަށް ހުވާކުރި ގާނޫނީ ވަކީލުން ވަކީލުކަމުގެ ހުވާކުރުން އޮތީ އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންވެސް ބައިވެރިވެވަޑައިގެން އަލަށް ހުވާކުރެއްވި ވަކީލުންނާ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 17 އޮކްޓޯބަރ 2020، 22:35 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. މޮނިޓަރިންގއަށް ލާފައިވާކަން...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗު ދެ ޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ. ހޮނިހިރު ދުވަހު އެވަޓަންގެ ގުޑްސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ދެ ޓީމު އެއްވަރު ވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރު ރޮބަޓްޝަން ތަނަވަސްކޮށްދިން ފުރުޞަތެއްގައި އެ […]
އިބްރާހިމް ޚަލީލް
ނިއު ޒިލެންޑްގެ ބޮޑު ވަޒީރުގެ މަޤާމަށް ދެވަނަ ފަހަރަށް ޖަސިންޑާ އާރޑަން ހޮވި ވަޑައިގެންފިއެވެ. އެގައުމުގައި ވޯޓު ލީ މީހުންގެ 2 ބައި ކުޅަ 1 ބައި މިހާރު ވަނީ ގުނާ ނިމިފަ އެވެ. ޖަސިންޑާ ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީ އަށް 49.2 އިންސައްތަ ލިބިފައިވާއިރު، 120 މެންބަރުންގެ މަޖިލީހުން 64 ގޮނޑި އެ ޕާޓީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ވަގުތީ ނަތީޖާތަކުން ވަނީ ލަފާކޮށްފައެވެ. މިހާރުގެ ނަތީޖާތަކަށް ބަލާއިރު މިއީ މިހާތަނަށް ނިއު ޒިލެންޑްގެ ސިޔާސީ ޙަޔާތުގައި، […]
މުޙައްމަދު މާއިލް ހަސަން
ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ ދުނިޔޭގެ ދަނޑުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހދ. ހަނިމާދޫގައި އެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން ވަނީ ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން އެ ޕްރޮގްރާމްގައި ބައިވެރިވެ ރުއް އިންދާފައި އެވެ. މިގޮތުން އިންދުނު ކޮންމެ ރުކެއްވެސް...
ޝިއުނާ އާދަމް
ކޮންމެ އަހަރަކު ބާއްވަމުން އަންނަ “ސްޓީވީ އިންޓަރނޭޝަނަލް ބިޒްނަސް އެވާރޑު”ގައި މި އަހަރު އުރީދޫ އަށް ރަންވަނަތަކެއް ލިބިއްޖެއެވެ. މި އަަހަރުގެ އެވާރޑުތަކުގެ ތެރެއިން އުރީދޫއަށް ވަނީ 26 އިންޓަރނޭޝަނަލް ބިޒްނަސް އެވާރޑްތަކެއް ލިބިފައެވެ. އަދި މި ކުންފުނި ވަނީ މުޅި ދުނިޔޭގައި، ޓެލެކޮމިޔުނިކޭޝަންގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި، ޓެކްނޮލޮޖީ އިޖާދުކުރުމާއި، އިޖްތިމާޢީ ޒިންމާތަކުގެ އިތުރުން ވިޔަފާރި ކުރިއެރުވުންވެސް ހިމެނެއެވެ. މިއަަހަރުގެ ސްޓީވީ އ...
މުޙައްމަދު މާއިލް ހަސަން
ކުރީ ޒަމާނުގައި ދެބުރިއަށް ކާލިގަނޑުލައިގެން ދިދަ ނަގާން ޖަހާފައި ހުންނަ ދިގު ދިދަ ދަނޑިއަށް ކޯއްޓޭ ކިޔައެވެ. ދެން ކޯއްޓޭ ކިޔަނީ ރަށްރަށް ދިފާޢުކުރުމަށް ސިފައިން ތިބުމަށް ހަދާފައި ހުންނަ ތަންތަނަށެވެ. ދިވެހި އަސްކަރިއްޔާގެ މައިމަރުކަޒުގެ ކުރިމަތީގައި (ޖުމްހޫރީ މައިދާނުގައި) ހުންނަ ބޮޑު ދިދަ ދަނޑިއަކީ މިހާރުގެ ގޮތުންނަމަ ބޮޑު ކޯއްޓޭ އެވެ. ދިވެހިތާރީޚާއި ސަގާފަތާ ގުޅިފައިވާ މަޝްހޫރު ބޮޑު ކޯއްޓޭ ބުޒުރު ތަޅާލުމަށްފަހު އެ ބުރުޒުގައި ހުރި ބޮޑު ކޯއްޓޭގެ ބަދަލުގައި ނެގި ކޯއްޓޭ ހުރީ […]
ޢަބްދުﷲ ސަޢީދު
ހޯރަފުށީގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓު މި އަހަރުގެ ޖުމްހޫރީ ދުވަސް (ނޮވެމްބަރ11) ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮންޕެނީއިން ވިދާޅުވާ ގޮތުގައި، އެއަރޕޯޓުގެ މަސައްކަތްތަށް މިހާރު ދަނީ ކުރިއަށްވުރެ ހަލުވިކޮށެވެ. އަދި ކަނޑައަޅާފައިވާ ތާރީޚަށް، މަސައްކަތްތަށް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އެ...
މުޙައްމަދު މާއިލް ހަސަން
ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއަދު ނިޔާވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 7 ބިދޭސީންނެވެ. ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިއަހަރުގެ މަރޗްމަހުގެ 7 ވަނަ ދުވަހުއެވެ. […]
ޔުމްނާ ޢަލީ
މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ކޮވިޑް-19ގެ ދެ ވަނަ ރާޅު ބޯމަތިވެ، އަނެއްކާވެސް ނަމްބަރުތައް އުފުލިގެން ދިއުމާ އެކު، އެޗްޕީއޭ އިން ފިޔަވަޅުތައް އަޅައި އާންމުންނަށް ނަސޭހަތްތެރިވީ އަލުން ލޮކްޑައުންއަކަށް ނުގޮސް ސަލާމަތްވެވެން އޮތީ ކޮންމެ މީހެއް ވެސް އަމިއްލަ ޒިންމާއެއް އޮތްކަން ދެކިގެން ކޮވިޑް-19 އިން ރައްކާތެރިވެ ހުރެގެން ކަމެވެ. އެންމެ ފަހުން ފެންނަ ތަފާސްހިސާބުތަކަށް ބަލާއިރު ނަމްބަރުތަކުގެ އަދަދު ދަނީ ދަށްވަމުންނެވެ. މިއީ އަނެއްކާވެސް، ކޮވިޑް ހުއްޓުވުމުގައި ސިއްހީ މާހިރުންގެ ލަފާ އަޑުއަހާ ކަމ...
ތިލަދުން
ހއ. ވަށަފަރުގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ނަރުދަމާގެ ސާވޭގެ މަސައްކަތް ލަސްވާތީ، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވަށަފަރު ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓުން ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވާ ބެނާތަކެއް އެރަށުގައި ދަމައިފިއެވެ. އެމްޑީޕީގެ ރަސްމީ ކުލަ ކަމުގައިވާ ރީނދޫ ފޮތީގައި ދަމާފައިވާ އެ ބެނާގައި ބުނެފައި ވަނީ ” ވަށަފަރު ނަރުދަމާއަކީ ދެ ސަރުކާރުގެ ވެރިން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހައްދަވާ” މިހެން...
އަލީ އާދިލް
ލޯއަނދިރި ފިރިހެންކުއްޖަކު ޢިމާރާތެއްގެ ސިޑިމަތީގައި ގަނޑެއް ހިފަހައްޓައިގެން އިނެވެ. އޭނާގެ ފައިކައިރީގައި އޭނާގެ ބޮލުގައި އަޅާ ތޮފި އުޑުތިލަމަތިން ބާއްވާފައި އޮތެވެ. އޭގައި ދެތިން ރުފިޔާ އޮތެވެ. އެ ފިރިހެން ކުއްޖާ ހިފަހައްޓައިގެން އިން ގަނޑުގައި ލިޔެފައި ވެއެވެ. “އަހަރެންނަކީ ލޯ އަނދިރި ކުއްޖަކީމެވެ. އަހަރެންނަށް އެހީއެއްވެދޭށެވެ” ކައިރިން ހިނގާފައި ދިޔަ މީހެއް މިކުއްޖާ ފެނުމުން ހިތުގައި ހަމްދަރުދީ އުތުރި އަރަންފަށައިފިއެވެ. އޭނާގެ ޖީބު އޭނާ ހާވާލިއެވެ. އެ ފަގީރު ނިކަމެތި ލޮލަށް ނުފެންނަ ކުއްޖ...
ތިލަދުން
ށ. ނަރުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ނަމޫނާއަކަށް ބެލުން ރަނގަޅު ރަށެއްކަން ވޭތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައި އެވެ. ދުނިޔެ ތަޖުރިބާ ކުރަމުން މިދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ މީހުން އެއްފަހަރާހެން އެންމެ ފުރަތަމަ ޕޮޒިޓިވްވި ރަށަކީ ނަރުދޫއެވެ. ރާއްޖެއަށް ކޯވިޑްގެ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރު، މުޅިންއަލަށް ރާއްޖޭގެ ރަށަކުން ކުރާންޖެހުނު ތަޖުރިބާގައި ބިރާއި، ސިހުމާއި ކަންބޮޑުވުމުގެ ތެރެ...
ޙުސައިން ޝަހުދީ
ވަރުދާގެ މިފަހަރުގެ ހޮވާލުން މިއޮތީ ހަވީރު ސަޔާއި ގުޅިފައި އެވެ. މިފަހަރު މިއޮތީ ހަވީރު ސަޔަށް އިންސާފުކޮށްލުމަށް އެންމެ ރަނގަޅު ޗޮއިސްއެއްގެ ގޮތުގައި ތައްޔާރު ކޮށްލެވިދާނެ ”ކިރު ބޯކިބާ”އެވެ. ”ކިރު ބޯކިބާ” ހަވީރު ސަޔަށް އެންމެ ރަނގަޅު ހޮވުމެއްގެ ގޮތުގައި މި ގެނެސްދެނީ ކުރީ ހަފުތާ ތަކެކޭވެސް އެއްގޮތަށް ތަފާތު ކެއުމުގެ ބާވަތެއް ގެނެސްދިނުމަށް، ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދުގެ އެހީތެރިކަމާއި އެކުގައި އެވެ. މިގޮތުން ”ކިރު ބޯކިބާ” ތައްޔާރު ކުރާނެ ގޮތްވެސް […]
ޝިއުނާ އާދަމް
ހއ. އުތީމުން ދަނޑުވެރި ކަމަށް ބިން ހޯދުމަށް އެދުނު އެރަށުގެ ރައްޔިތުންނަށް ބިން ދޫކޮށް، ބިންތައް ހަވާލު ކުރި ކަމުގެ ވަގުތީ ލިޔުން ހަވާލު ކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ ދަނޑުވެރިކަން އެރަށުން ބިން ހޯދުމަށް އެދުނު އެރަށުގެ 44 ގޭބިސީއަކަށް ބިން ދޫކޮށްފައި ވާ ކަމަށެވެ. މިގޮތުން އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޭބިސީތަކަށް، އެ ގޭބިސީތަކަށް ބިން ދޫކުރި ކަމުގެ ވަގުތީ ލިޔުން ހަވާލުކުރުން އޮތީ އިއްޔެ އުތީމު ކައުންސިލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި […]
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ. ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް...
ޔުމްނާ ޢަލީ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހިފައި ވަނީ ހަރުކަށި ފިޔަވަޅުތަކެކެވެ. ކުރިމަތިލާންޖެހިފައި ވަނީ، އާއްމު ދިރިއުޅުން އެފުށް މިފުށަށް ޖަހާލާ ފަދަ އުނދަގޫ ކަންތައްތަކަކާ އެވެ. އެކަމަކު، އެއީ ހާލަތު ނިޔާކުރި ގޮތުން ކަންކަން ކުރަންޖެހިފައިވާ ގޮތެވެ. އެ ނޫން، އެ އަށް ވުރެ ވަކި މޮޅު ގޮތެއް ނެތެވެ. ގިނަ ގައުމުތަކުގައި އެޅި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކުރަން ފެށުމުގެ މާ ކުރިން، އެކަމުގެ ނަތީޖާއާ ބެހޭ ގޮތުން ސިއްހީ މާހިރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. […]
ތިލަދުން
ޔޫއެއެފާ ނޭޝަންސް ލީގުގައި ބުދަ ދުވަހުގެރޭ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް އަދި އައިސްލެންޑް ބައްދަލުކުރިމެޗް 2-1ން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. މެޗްގެ ތިންގޯލްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ މެޗްގެ 9 ވަނަ މިނިޓްގައި އިންޓަމިލާންގެ ސްޓްރައިކަރ ލުކާކޫ ކާމިޔާބުކޮށްދިން ގޯލުނުނެވެ. މެޗްގެ 17 ވަނަ މިނިޓަގއި ސައެވަސަން ވަނީ އައިސްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މުޗުން ބެލްޖިއަމް މޮޅިވިގޯލް މެޗުގެ 39 ވަނ މިނިޓްގައި ކާމިޔާބުކޮށްދިނީ...
އަޙްމަދު އަސްފާން