މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1831 ވަނަ ޞަފްޙާ

އެއްވެސް ބާރެއް އެހެން ބަޔަކަށް ދޫކޮށްލައިފިނަމަ، ފަހުން ރޯން ޖެހޭނެ

ދިވެހިރާއްޖޭގެ އެއްވެސް ބާރެއް އެހެން ބަޔެއްގެ އަތްމަށްޗަށް ދޫކޮށްލައިފިނަމަ ފަހުން ކަރުނައަޅާ ރޯން ޖެހޭނެ ކަމަށް ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ރަޝީދު މިހެން ވިދާޅުވީ، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، އުތީމަށް އުފަން ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޚިދުމަތަށްޓަކައި ދިވެހި ބިމަށް ނޭވާލާ ކޮންމެ ދަރިއަކު ވެސް ބޮ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!

ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ. އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށު...

ޔުމްނާ ޢަލީ
ބޮޑުތަކުރުފާނު ނިސްބަތްވާ ސަރަޙައްދާއިމެދު ސުވާލުއުފައްދާނެ ޖާގައެއް ނެތް

ބޮޑުތަކުރުފާނު ނިސްބަތްވާ ސަރަޙައްދާއިމެދު ސުވާލުއުފައްދާނެ ޖާގައެއް ނެތް

ދިވެހިރާއްޖޭގެ 78 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ”ބޮޑުތަކުރުފާނު ވާހަކަ: ފޯކުލޯރާއި ދިރާސީ ހަޤީޤަތް” ނަމުގައި ޚާއްޞަ ދަރެސްއެއް ގެނެސްދީފިއެވެ. މިއަދު ހަވީރު ޔޫޓިއުބު މެދުވެރިކޮށް ގެނެސްދެއްވި މި ދަރެސް ހުށަހަޅުއްވައި ދެއްވީ އެ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ. އެ ދަރެސް ފަށްޓަވަމުން އަލާ ވިދާޅުވީ އެ ދަރެސްގައި ގެނެސް ދެއްވަނީ ޤައުމީ ދުވަސް އެބޭފުޅަކަށް ޚާއްޞަ ކުރެވިފައިވާ އައްސުލްޠާން […]

ޙުސައިން ޝަހުދީ
ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ޖުމްލަ 37 އަށް

ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ޖުމްލަ 37 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު 03:50 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ މި ބަލީގައި ރާއްޖެއިން މިމަހު ނިޔާވި ތިން ވަނަ މީހާއެވެ. އިއްޔެ ހެނދުނުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފަ އެވެ. މިއަދު ނިޔާވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން […]

އިބްރާހިމް އަސްވާޤް
ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އަދި ސިޓީއަށްވެސް މޮޅެއް

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އަދި ސިޓީއަށްވެސް މޮޅެއް

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑް ހޮނިހިރުދވަހުގެ ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށްފިއެވެ. މެންޗެސްޓަރ ސިޓީން އާސެނަލްގެ މަށްޗަށް ކުރިހޯދިއިރު ސިޓީން ކުރިހޯދީ ނިއުކާސަލް ޔުނައިޓެޑްގެ މަށްޗަށެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން އާސެނަލްގެ މައްޗަށް ކުރިހޯދީ 1-0ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް މެޗްގެ 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގްއެވެ. ސިޓީން އާސެނަލް ބަލިކުރިއިރު އާސެނަލްއަށް ޕްރިމިއަރ ލީގުގައި ސިޓީއާ ދެކޮޅާށް އެންމެ ފަހު...

އަޙްމަދު އަސްފާން
ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރެވެމުންދާ77 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން އުތީމުގައި މިއަދު ވަނީ ޤައުމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކުން ދުވަސް ފަށާފައެވެ. މި ރަސްމިއްޔާތުގައި އުތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިތުރުން، ސްކޫލު ކުދިންވެސް ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތަަށްފަހު، ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައިވަނީ މި ދުވަހާއި ބެހޭ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ...

މުޙައްމަދު މާއިލް ހަސަން

ބޮޑު ތަކުރުފާނާއި ރެހެންދި

ބޮޑު ތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުުރުފާނުލް އަޢުޡަމް ސިރީ ސަވާއްދީއްތަ މަހާރަދުންނަކީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް އެ ބޭފުޅަކަށް ޓަކައި ނިސްބަތްވެވޭ ޤައުމީ ބަޠަލެވެ. ޕޯޗުގީޒުންގެ ފަނަވަރަކަށް އަހަރުވީ އަޅުވެތިކަމުން މި ލޮބުވެތި ދިވެހި ފަސްގަނޑު ސަލާމަތްކުރެއްވި ކުޅަދާނަ މުޖާހިދެވެ. “ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އޭގެ ތިން ބަޠަލުން (އުތީމު ތިންބެއިން) ” ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވެވި ގެރިއްލާ ހަނގުރާމައިގައި އެންމެ އިސްކޮށް ހުންނެވި ފަހުލަވާނެވެ. ދިވެހި...

ޢާޠިފާ ޒަކަރިއްޔާ
އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް

އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް

‏ރާއްޖޭގެ ޤައުމީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މިއަދު އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ މިއަދާއި ގުޅިގެން ކުރަށްވާފައި ވާ ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ނައިބު ރައީސް ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަށް ވާފައި އެވެ. ”ބޮޑުތަކުރުފާނާއި، ޤައުމަށްޓަކައި ޖިހާދުވި އަބްޠާލުންގެ ޒިކުރާ އާކުރަމުން، ޤައުމީ އެ...

އަޙްމަދު ވަހީދު
ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ

ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ

ނޮޅިވަރަމުގެ ކަނޑޫފާގައި ހެދިފައިވާ ކަނޑޫ އާއިލާގެ ގަސްތައް މަރުވަމުން ދިޔުމާއި ގުޅިގެން އެތަނުގެ ފެހިކަން ގެއްލެމުންދާތީ އެތަން އިތުރަށް ފެހިކޮށް ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކުރުމުގެ ގޮތުން އެ ބާވަތްތަކުގެ ގަސް މުޑުވަށްކޮށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް 18 އޮކްޓޯބަރ 2020 ވީ އާދީއްތަ ދުވަހު ފަށާފައިވާއިރު، ފުރަތަމަ ދުވަހު ވަނީ އެ ރަށުން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް ކަމުގައިވާ ބޮނޑަވަކި ގަހުގެ 200 އަށްވުރެ ގިނަ ގަސް އިންދާފައެވެ. މި […]

އިބްރާހިމް ޚަލީލް
އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތް ދެމެހެއްޓުމަކީ ދިވެހިންގެ މައްޗަށް ވާޖިބެއް

އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތް ދެމެހެއްޓުމަކީ ދިވެހިންގެ މައްޗަށް ވާޖިބެއް

މިއަދު ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ 1442 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ...

ޔުމްނާ ޢަލީ
އިނގްލިޝް ޕްރިމިއަރ ލީގު: ލިވަޕޫލް އާއި ޗެލްސީއަށްވެސް ޕޮއިންޓެއް

އިނގްލިޝް ޕްރިމިއަރ ލީގު: ލިވަޕޫލް އާއި ޗެލްސީއަށްވެސް ޕޮއިންޓެއް

އިނގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް އަދި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މެޗުގައި އެވަޓަންއިންވަނީ ދެފަހަރެއްގެ މަތިން ފަހަތުންއަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަގޯލް ތިންވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މާނޭއެވެ. ނަމަވެސް 19 މިނިޓްގައި އެވަޓަންގެ ކީން ކާމިޔާބުކޮށްދިން ގޯލާއިއެކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާވަނީ ހަމަހަމަކޮށްދީފައެވެ. ލިވަޕޫލްގެ ދެވަނަ ގޯލް މެޗްގެ 72 ވަނަ މިނިޓްގައި ކާމިޔާބޮކޮށްދިނީ ސަލާހްއެވެ....

އަޙްމަދު އަސްފާން
މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް

މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް

ހއ.މޮޅަދޫގެ އެކިއެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނޑޫފަލުގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން “މޮޅަދޫ ކަނޑޫފާ ފޮޓޯ ކޮންޓެސްޓް”ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފިއެވެ. މޮޅަދޫ ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރު ފަށާފައިވާއިރު، މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގ...

އިބްރާހިމް ޚަލީލް
ޤައުމީ ދުވަސް ފާހަގަކުރުން ހުއްޓާލިތަ؟

ޤައުމީ ދުވަސް ފާހަގަކުރުން ހުއްޓާލިތަ؟

ރާއްޖޭގައި މިހާރު ފާހަގަ ކުރެވެމުން އަންނަ ދުވަސްތަކުގެ ތެރެއިން އެންމެ ދޮށީ ދުވަހަކީ ޤައުމީ ދުވަހެވެ. އެހެން ނަމަވެސް ރަބީއުލް އައްވަލުމަހުގެ 1ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރަން އަކުރުން ކަލަންޑަރުގައި ފާހަގަކޮށްފައި އޮތުން ފިޔަވާ އިތުރު ކަމެއް މީގެ ކުރިން ފާހަގަ ކުރުމަށް ކުރެވިފައި ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ޤައުމީ ދުވަހަކީ ކޮން ދުވަހެއްތޯ ޒުވާނަކު ގާތުގައި އަހަފިނަމަ ޖަވާބު ދިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ޕޯޗުގީޒުންގެ އަތްދަށުގައި ދިވެހިން 15 ނުވަތަ 17 އަހ...

ތިލަދުން
ލިވަޕޫލްގެ ވެންޑައިކަށް އަނިޔާވެ، 8 މަހަށް ކުޅުމާ ދުރަށް!

ލިވަޕޫލްގެ ވެންޑައިކަށް އަނިޔާވެ، 8 މަހަށް ކުޅުމާ ދުރަށް!

ހޮނިހިރު ދުވަހު ކުޅެވިގެންދިޔަ ލިވަރޕޫލް އަދި އެވަރޓަންގެ ފޯރިގަދަ މެޗުގައި، ލިވަރޕޫލްގެ ފަހަތަށް ކުޅެމުން އަންނަ ވާރޖިލް ވެން ޑައިކަށް އަނިޔާވެ، 8 މަހަށް ކުޅުމާއި ދުރަށް ދާން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ލިވަޕޫލްގެ ޑިފެންޑަރަށް ލިބިފައިވާ އަނިޔާއަކީ، “އެހާ ރަނގަޅު ނޫން” އަނިޔާ އެއް ކަމަށް ސިފަ ކުރާ ކަމަށް، މިދިޔަ އަހަރުގެ ޗެމްޕިއަން ކޯޗު ކްލޮޕްވަނީ ބުނެފައެވެ. ވެން ޑައިކަށް އަނިޔާވެފައިވަނީ، އެވަރޓަންގެ ކީޕަރު އަދި ވެންޑައިކް ބޯޅަ ހޯދުމަށް ކުރި މަސައްކަތުގެ […]

މުޙައްމަދު މާއިލް ހަސަން
އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"

އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެކި ދިވެހިންނާއި، ޖަމިއްޔާތަކުން ކުރަމުން އަންނަނީ އެކިއެކި ތަފާތު ކަންކަމެވެ. ޤައުމީ ދުވަހެއް ޤައުމެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ޤައުމީ ރޫޙު އާލާކޮށް އެއްބައިވަންތަކަން ދިރުވުމެވެ. އެކިއެކި ފަރުދުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮށް އުޅެނީ، އެކިއެކި ކަންކަމެވެ. ޤައުމީ ލަވަ އާއި ޅެން ހެދުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ކަމެކެވެ. ޤައުމީ ދުވަހުގެ ޖަލްސާތައް ބޭއްވުމާއި، ޤައުމަށްޓަކައި ޤުރުބާންވ...

މުޙައްމަދު މާއިލް ހަސަން
ދިވެހި ޤައުމީ ދިދަޔާއެވެ.

ދިވެހި ޤައުމީ ދިދަޔާއެވެ.

ވިހުރިލާށެވެ. މިނިވަންކަމުގެ ރަމުޒާއެވެ. ސާބިތުވެ ހުރެދޭށެވެ. ފެއްސާއި ރަތާއި ހުދާއެވެ. ތިޔައީ ހަމައެކަނި ދިދައެއް ނޫނެވެ. އެއަށްވުރެ މާ އައުދާނަ ނިޝާނެކެވެ. މާނައާއި އިހުސާސްތައް ފުނެވެ. އަސަރު ގަދައެވެ. ބުނެދޭ ވާހަކަތައް މާ ގިނައެވެ. ތިޔައީ ޝަހީދުންނާއި ޤައުމީ އަބުޠާލުންގެ ފިދާޢީ ހަނދާނެވެ. ދިވެހީންގެ ހިތްވަރާއި ޢަޒުމާއި ޣީރަތްތެރިކަމުގެ އިމެވެ. ދިވެހީންގެ ޤައުމިއްޔަތުގެ ހެއްކެވެ. ދިވެހީންގެ މިނިވަންކަމުގެ އަލިގަދަ ދަންމަރެވެ. މި ޤައުމު ދެކެ ލޯބިވި ދަރިން މިނިވަންކަމަށް ޓަކައި އޮހޮރުވާލި ލޭގެ...

ޢަބްދުﷲ ސަޢީދު
ބޮޑުތަކުރުފާނު: ދިވެހި ހިތްތަކުގެ ބަޠަލު

ބޮޑުތަކުރުފާނު: ދިވެހި ހިތްތަކުގެ ބަޠަލު

ދިވެހި ތާރީޚު ހެކިދޭ ގޮތުގައި ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ، ޤައުމު ދިފާޢުކުރައްވާފައެވެ. މި ޙަޤީޤަތަކީ ތާރީޚްގެ ފަތްފުށްތަކުން ނިއުޅެމުން މިއަދާއި ހަމައަށް ވެސް ފެންނާން އޮތް ފަނޑުވުމެއް ނެތް ޙަޤީޤަތެކެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަތަށާއި، އެކުވެރިކަން އިސްކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބ...

ޙުސައިން ޝަހުދީ
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

މިއަދު ފާހަގަ ކުރެވެމުންދާ، ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި އެވެ. މި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި މި...

ޔުމްނާ ޢަލީ