‏ރާއްޖޭގެ ޤައުމީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މިއަދު އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ މިއަދާއި ގުޅިގެން ކުރަށްވާފައި ވާ ޓުވީޓެއްގައި އެވެ.

Ad
rt

އެ ޓުވީޓުގައި ނައިބު ރައީސް ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަށް ވާފައި އެވެ.

''ބޮޑުތަކުރުފާނާއި، ޤައުމަށްޓަކައި ޖިހާދުވި އަބްޠާލުންގެ ޒިކުރާ އާކުރަމުން، ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް އަޒުމް ކަނޑައަޅަމާތޯ!''

ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމު މިގޮތަށް ވިދާޅުވިއިރު، މިއަދު ރާއްޖޭގައި ދަނީ 1442 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރަމުންނެވެ.

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ.

ބޮޑުންގެ ބައެއްގެ އަމިއްލަ އެދުމަށް ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލު ނަގާލައި ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ދިވެހިން އެތައް އަހަރެއްވަންދެން އަޅަމުންދިޔަ ކަރުނަޔާއި، އުފުލަމުންދިޔަ ވޭނަށް ނިމުން ގެނުވީ ތިލަދުންމަތިން އުފަންވި ހިތްވަރެވެ. ޤައުމަށް އަލުން މިނިވަންކަން ހޯދައިދީ، ޤައުމިއްޔަތާއި، އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތުގެ ހިމާޔަތުގައި އަތްވާއި ވާރޭގައި ޕޯޗުގީޒުންގެ ގަދަފަދަ ލަސްކަރާ ދެކޮޅަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުން މި ދިވެހި ފަސްގަނޑަށް މިނިވަންކަން ލިބިގެންދިޔައީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.