ނާސާގެ އާރޓެމިސް ޕްރޮގުރާމްގެ ދަށުން، ހަނދުގައި އެޅުމަށް ހަމަޖެހިފައިވާ 4ޖީ ނެޓްވޯރކްގެ މަސައްކަތް ފޯނު އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނޮކިއާ އާއި ހަވާލުކޮށްފިއެވެ. އިންސާނުން އަނެއްކާވެސް ހަނދަށް ދިޔުމުގެ ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ނާސާ އިން އެކުލަވާލަމުން އަންނަ ޕްލޭންގައި، ނޮކިއާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ނެޓްވޯރކްގެ ސަބަބުން، ނާސާގެ އުޅަނދުތައް ހައި ޑެފިނީޝަން ވީޑިޔޯގެ ޒަރީޢާއިން ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އާރޓެމިސް ޕްރޮގުރާމުގެ ދަށުން...
މުޙައްމަދު މާއިލް ހަސަން
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ޖީގައި ހިމެނޭ ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ޔުވެންޓަސް އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ. ބާސެލޯނާ ކުޅުނު މެޗް ފެރެންސްވަރޯސް އާއި ބައްދަލުކޮށް ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. މެސީގެ ގެގޯލަކީ އޭނާ ޗެމްޕިއަނސްލީގުގެ 16 ވަނަ މުބާރާތުގައި ކާމިޔާބުކުރި ގޯލެވެ. މެސީގެ އިތުރުން މިރެކޯޑް […]
އަޙްމަދު އަސްފާން
ހއ. ތުރާކުނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ. އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކަމަށެވެ. މި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން 26 އޮކްޓޫބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު...
މުޙައްމަދު އިނާން
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވިލިމާލެއަށް ތައާރަފުކޮށްފި އެވެ. އެ ކުންފުނިން ބުނެފައިވަނީ ބޮޑެތި ޑޭޓާ އެލަވެންސްތަކާއި އެކު، އުރީދޫއިން ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަރނެޓް ޕެކޭޖްތައް ސުޕަރނެޓްއާއި އެކު ވިލިމާލެއަށް ލިބިގެންދާނެ އެވެ. މި ޚިދުމަތް ވިލިމާލެ އަށް ފުޅާ ކުރުމާއި އެކު، ވިލިމާލޭގެ އުރީދޫ ކަސްމަޓަމަރުންނަށް އިންޓަރނެޓް ލިބުމުގައި ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއާއެކު މިއަދުން ފެށިގެން 100 އެމްބީޕީއެސްއާ ހަމައަށް ވިލިމާލެއަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ލިބި...
މުޙައްމަދު މާއިލް ހަސަން
ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ”ގެމެން ޕޯޓަލް” ބޭނުންކުރަން ފެށުމަށް ކުޅުދުއްފުށީ ސިޓީގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، އެ ޕޯޓަލްގެ މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. އެލްޖީއޭގެ ގެމެން ޕޯޓަލްއަކީ ކައުންސިލްތަކުގެ ވިހާމަރުވާއާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށް، ބޭނުންކުރަމުންދާ ޕޯޓަލް އެކެވެ. އެލްޖީއޭއިން ބުނީ ކުޅުދުއްފު...
ޔުމްނާ ޢަލީ
އޫއެފާ ޗެމްޕިއަނސް ލީގުގެ މިސީޒަންގެ ކުޅުން އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ޗެންޕިއަސްލީގުގައި އިނގިރޭސި ވިލާތަށް ނިސްބަތްވާ ދެޓީމްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީވަނީ ކުޅެފަ އެވެ. މި މެޗުތަކުން ޔުނައިޓެޑް މޮޅުވިއިރު ޗެލްސީ ވަނީ އެއްވަރު ވެފައެވެ. މެންޗެސްޓަރ ޔުނައިޓެޑް ހިމެނޭ ގުރޫޕް އެޗްގައި ޔުނައިޓެޑް މެޗް ކާމިޔާބުކުރީ ފްރާންސްގެ ލީގް ވަން ގެ ޗެމްޕިއަންކަމުގައިވާ ޕީއެސްޖީ އާ ދެކޮޅަށް ކުޅެ 2-1ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް މެޗްގެ 23 […]
އަޙްމަދު އަސްފާން
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ވޭތުވި ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް27،217 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އަދަދަކީ މިއަހަރުގެ އޯގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުންވެރިންގެ އަދަދާއި އަޅާ ބަލާއިރު %56 އިތުރު ވުމެއް ކަމަށެވެ. މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހާއި ހަމައަށް 8350 ފަތުރުވެރިން ވަނީ ރާއްޖެ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭނުންކުރަމުން އައި “މައިކްރޮސޮފްޓް ސޮލޮމަން އެންޓަރޕްރައިސް ރިސޯސް ޕްލޭނިނގް ސޮފްޓްވެއަރ “މައިކްރޮސޮފްޓް ޑީ365” އަށް އަޕްގްރޭޑްކޮށް ލައިވްކޮށްފިއެވެ. މިއަދު ހެނދުނު 8:30 ގައި އެމްޓީސީސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ ބޭނުންކުރަންފެށުން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަލަށް އިފްތިތާޙްކުރެވުނު މި އެންޓަރޕްރައިސަސް ރިސޯސް ޕްލޭނިންގ ސިސްޓަމް (އީ.އާރ.ޕީ) ގެ ސަބަބު...
އަޙްމަދު ވަހީދު
ހއ. މޮޅަދޫ އަދި ހއ. މުރައިދޫ އައު އިންޖީނުގޭގެ އައު ޢިމާރާތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކައިން އިޢުލާނުކޮށްފިއެވެ. ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، މި ދެ އިމާރާތްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށެވެ. މި މަސައްކަތ...
މުޙައްމަދު އިނާން
ރިޒޯޓުތަކުގައި މުޒާހަރާ ކުރެވޭނެ ގޮތަށް އަލުން ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިން ފާސްކޮށްފިކަމަށް އެކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ ވިދާޅު ވެއްޖެ އެވެ. ރިސޯޓެއްގައި އީސަ މުޒާހަރާ ކުރައްވާ ފޮޓޯއެއް ހިއްސާކުރަމުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސްޓާފުން އުޅުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖުކޮށް، މުވައްޒަފުންގެ...
އަލީ އާދިލް
ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑައިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ މިއަދު ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. ބާރަށު ކައ...
އަލީ އާދިލް
މަގާމުން ދުރުކުރުމަށް “ވާންކުރާ ކުރުމަކީ” ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފި އެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 24 މެމްބަރުންގެ ސޮޔާ އެކު ވައްދާފައި ވަނިކޮށް އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަ...
އަލީ އާދިލް
ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި މިރޭ އަދި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ކޭއާރުއެޗް އިން ބުނީ އެރަށުގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ. ކޭއާރުއެޗް އިން ބުނީ އުތުރުގެ ޕޮލިސް ކްލަސްޓަރއާ ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައި ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި […]
ޔުމްނާ ޢަލީ
ދައުވާ ކުރެވޭވަރަށް ހެކި ނެތިގެން އަނބުރާ ފޮނުވާލި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލާގައި، ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުންދާ ކަމަށް އޭސީސީން ބުނެފިއެވެ. އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލަ އެ ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކޮށްދިނުމަށްއެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ޑިކްލައިންކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03ގެ (ހ)ގެ ދަށުން ވެންޓިލޭޓަރ ހޯދުމުގެ ޕްރޮސެސް ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮ...
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެޗްއޯއީސީގެ ޚާއްޞަ ޓީމަކުން ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް ޞާލިޙް ނިންމަވައިފިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިގޮތަށް ވިދާޅުވީ ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މިއަދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގައި އެވެ. ޔާސިރު ވިދާޅުވީ މިއަދު އެޗްއޯއީސީގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެ ވަޑައިގެންފައި ވާކަމަށެވެ. އަދި ކުޅ...
ޔުމްނާ ޢަލީ
ހެލްތު މިނިސްޓަރު ޢަބްދު ﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް، އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވަންދަން ސޮއި ހަމަކޮށް، އެމައްސަލަ މަޖިލީހަށް ވަށްދައިފިއެވެ. އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 24 މެންބަރަކު ވަނީ ސޮއި ކުރަށްވާފައި އެވެ. މިނިސްޓަރު އަމީންގެ އިތުބާރުނެތް ކަމަށް ބުނެ، މަޖިލީހަށް ވެއްދި މައްސަލާގައި ބުނެފައި ވަނީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ހެލްތް މިނިސްޓަރުކަމުގެ މަޤާމުގައި ހ...
ޔުމްނާ ޢަލީ
ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލަތަކެއް ފެންމަތި ވުމާއި މައްސޫލިއްޔަތުން އެކަހެރި ކުރައްވާފައި ހުރި ހެލްތު މިނިސްޓްރު ޢަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ. މިގޮތަށް ނިންމީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ ތަޢީދާއެކުއެވެ. މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ. މިނިސްޓަރ އަމީންގެ އިތުބާރު ނެތް...
އަލީ އާދިލް
މިހާރު ލަވަކިޔުމާއި މިޔުޒިކްގެ ދާއިރާއާއި އެއްކޮށް ދުރަށް ގޮސްފައިވާ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ދިވެހި އެންމެހާ ރައްޔިތުން ގެ ކިބައި ވަސިއްޔަތެއް ކުރައްވައިފި އެވެ. މިޔުޒިކާއި ގުޅުވައިގެން މިއަދު ވެސް އަދި އޭނާ ނެތް ދުނިޔެއެއްގައި ވެސް، މިޔުޒިކާއި އަލީ ރަމީޒު އާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ އެއްވެސް ހާލެއްގައި އޭނާ ރުހޭ ކަމެއް ނޫންކަން ބަޔާންކޮށް މިއަދު ވަނީ ވަރަސް ދިގު ޕޯސްޓް އެއް އެއިނާގެ ފޭސްބުކް ޕޭޖުގައި ލިއުއްވާފަ […]
އިބްރާހިމް ޚަލީލް