ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ޖަރުމަނުގެ ބަޔާން މިޔުނިކް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ. ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޔާންއިން ވަނީ ކޮންމެ ހާފެއްގައި ދެގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލް 28 ވަނަ މިނިޓްގައި ކޯމަން ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް ފެނިގެނދިޔައީ 41 ވަނަ […]
އަޙްމަދު އަސްފާން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކުރަމުންދާ ހދ. ކުޅުދުއްފުށީ ބަނދަރުގެ 98 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީޓީސީން ބުނީ ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް މިހާރު ނިމިފައި ވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު، އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފައިވާއިރު، މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ...
އަޙްމަދު ވަހީދު
އަންނަ އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ހދ. ކުޅުދުއްފުށި ސިޓީގައި ފާހަގަކުރުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް އެދިވަޑައިގެންފި އެވެ. ޔާސިރު ޢަބްދުއްލަޠީފް އެދިވަޑައިގަތީ މިއަދު ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ އަރިސްކުރުމަށް ކުރެއްވި ޓުވީޓެއްގަ އެވެ. 2021 ވަނަ އަހަރުގެ މިދުވަސް ރަސްމީކޮށް ކުޅުދުއްފުށި ސިޓީގައި ފާހަގަ ކުރުމަކީ އަޅުގަނޑުމެންގެ ނުހަނުބޮޑު އެދުމެއްކަމުގައި ދަންނަވަން ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ އަރިސްކުރަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ޓެގްރަ...
އަލީ އާދިލް
ހދ. ނޭކުރެންދޫގައި ގާއިމުކުރަން ނިންމަވާފައިވާ ޖަލަކީ ސަރުކާރުގެ ޕްރިޒަން ރިފޯމްގެ އެޖެންޑާގައި ހިމެނޭ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް، ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އިއްޔެ އޮތް މަޖިލިސްގެ، 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާޖަލްސާގައި ކުރެއް...
އަލީ އާދިލް
ހއ. ކެލާގެ ދަނޑުބިން ބޭނުން ކުރުމާއި، ގޯތިން ބޭރުގައި ރުއްގަސް އިންދުމާއި، އަދި ރަށުތެރޭ ހުރި ހުސްބިންތައް ދޫކުރުމާއި ބެހޭ ޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާއިން ގެޒެޓު ކޮށްފައިވާ ޢާންމު އިޢުލާނެއްގައިވަނީ، މި ޤަވައިދަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 25 އޮކްޓޯބަރުން ފެށިގެން 7 ދުވަސް ތެރޭގައި އެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލް އިދާ...
މުޙައްމަދު މާއިލް ހަސަން
ށ. މިލަންދޫގައި “އެސް.ވައި.އެސް ފިއުލްސް” މިއަދު ހުޅުވައިފި އެވެ. އެސް.ވައި.އެސް ފިއުލްސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެވެ. ރަސްމީކޮން އެތަން ހުޅުވައިދެއްވީ މިލަންދޫ ސުކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް އެވެ. މިއަދު 4:00 އިން 6:00 އަށް އެސްވައިއެސް ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅައިދީފައިގަނީ މުޅިން ހިލޭކަމަށް އެފަރާތުން ހާމަ ކުރެއެވެ. އެސްވައިއެސްގެ ފަރާތުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން މުޙައްމަދު ޝިމާލު ވިދާޅިވީ މިއީ މިލަންދޫގައި ފުޅުފުޅިއަށް ޕެޓްރޯލް އަޅައިގެން ވިއްކާ ވިއް...
ޔުމްނާ ޢަލީ
ޖަޕާނާއި އިންޑިޔާއާއި ދެމެދު ‘އެއަރ ބަބްލް’ އެގްރީމެންޓްއެއް ޤާއިމުކޮށްފިއެވެ. އިންޑިޔާގައި ހުންނަ ޖަޕާނުގެ އެންބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއަރ ބަބްލް އެގްރީމެންޓްގެ ދަށުން އިންޑިޔާއިން ޖަޕާނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ އެންބަސީއިން އަންގާފައިވާ އެއަރލައިންތަކުން ޓިކެޓު ބައްލަވައިގަތުމަށް އެދޭ ކަމަށެވެ. ޓޯކިޔޯގައި ހުންނަ އިންޑިޔާގެ އެންބަސީއިން ބުނެފައިވަނީ، މި އެއަރ ބަބްލްއާއި އެކު، ޖަޕާނުން އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ އެންބަސީގައި މިހާރު ރެޖިސްޓ...
މުޙައްމަދު މާއިލް ހަސަން
ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައި މަޤާމުގެ ހުވައިކުރެއްވުމާއި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ މަނިކުފާނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައ...
ޔުމްނާ ޢަލީ
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭން އެއް އެކްސިޑެންޓް ވެއްޖެއެވެ. މ. އަތޮޅުގައި އޮންނަ މެދުފުށި ރިސޯޓް ކައިރީ ހިނގި މިހާދިސާގައި، އެކްސިޑެންޓް ވެފައި ވަނީ ޓީއެމްއޭގެ ޑީއެޗްސީ- 6 މަރުކާގެ މަތިންދާ ބޯޓެކެވެ. އެ ބޯޓުގައި 14 ފަސެންޖަރުންނާއި، ކްރޫން ތިބި ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ސިވިލް އޭވިއޭޝަނުން މައުލޫމާތު ހާމަކުރަށްވާފައިވާ ގޮތުގައި، އެ އެކްސިޑެންޓްވީ މެދުފުށި ވޯޓާ އޭރޯޑްރޯމްގެ ވޯޓާ ރަންވޭއަށް ޖެއްސުމަށްފަހު ފަޅުގަ...
ޖަލްވާން ޖާދުﷲ
ިހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާ ކުރާނަމަ ފިޔަވަޅުއަޅާނެ ކަމަށް އެންވައިރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ. އެކަމާއި ގުޅިގެން އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު” ގެ ދަށުން ހެދިފައިވާ...
ޝިއުނާ އާދަމް
ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް އެންމެ 450 ރުފިޔާއަށް ލިބޭ ޕްރޮމޯޝަންގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ. ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިހާރު ވަނީ މި އަހަރުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައެވެ. ދިރާގުން މި ޕްރޮމޯޝަންއާއި ގުޅިގެން އިތުރަށް ވިދާޅުވާ ގޮތުގައި، މިއީ ދިރާގުގެ ކަސްޓަމަރުންނަށް، މުނިފޫހި ފިލުވުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ. އަދި ދިރާގުން އަންނަނީ، ދިވެހިން އެންމެ ބޮޑަށް ބަލާ، އެންމެ ބޭނުންވާ ކަހަލަ ޗެނަލްތައް ކަމަށްވާ، ސްޓަރ ނެޓްވޯރކް […]
މުޙައްމަދު މާއިލް ހަސަން
އިނގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަރޕޫލް ޗެމްޕިއަންސް ލީގު މޮޅަކުން ފަށައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ޑީގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އަޔަކްސްއާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް 35 ވަނަ މިނިޓްގައި ފެނިގެންދިޔައިރު މިއީ އަޔަކްސްގެ ކުޅުންތެރިއެއްގެ ފަރާތުން ބައިކޮޅަށް ވަން ގޯލެކެވެ. ލިވަޕޫލް އަޔަކްސްއާއި ދެކޮޅަށް ނުކުތީ އަނިޔާގެ ސަބަބުން ލިވަޕޫލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަމުގައިވާ ވެންޑައިކް ނުލައެވެ. ލިވަޕޫލް އަދި އަޔަކްސ...
އަޙްމަދު އަސްފާން
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރަސްމީ ދަތުރުފުޅެއްގައި މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އެކު ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. ރާއްޖ...
މުޙައްމަދު މާއިލް ހަސަން
ފީނަން އުޅެނިކޮން ހާލު ދެރަވެގެން ފަރުވާ ދެމުން އައި ހދ. މަކުނުދޫ ޒުވާނާގެ ހާލު ރަނގަޅުކަމަށް ބުނެފި އެވެ. ރ. އަލިފުށި ކައިރިއަށް ފީނަން ގޮސް އުޅެނިކޮން ހާލު ދެރަވި ޒުވާނާއާއިއެކު ފީނަން ދިޔަ އަޙްމަދު ޝިޔާމް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ އެޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. މިރޭ ހާދު ދެރަވެގެން ފަރުވާ ދެމުން އައިސްފައިވަނީ 33 އަހަރުގެ އަޙްމަދު އާސިފް އެވެ. ” އިރާދަ ކުރެއްވިއްޔާ އާސިފްގެ ހާލު މިހާރު އަންނަނީ […]
ޝިއުނާ އާދަމް
ހދ. ކުޅުދުއްފުށި ސިޓީއިން ޕޮލިސް ކުލަސްޓާއާއި ގުޅިގެން ނެގި 78 ސާމްޕަލާއި އެރަށުން ރެންޑަމްކޮށް ނެގި 120 ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފި އެވެ. އެޗްއީއޯސީގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ މައުރޫފް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު އެމީހުންނާއި ކޮންޓެކްޓްވި 78 މީހަކާއި އަދި އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމްކޮށް 120 ސާމްޕަލެއް ނަގާފައިވާ...
އަލީ އާދިލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތ. ތިމަރަފުށީގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ. މިހާރު ޚިދުމަތް ދޭން ފަށާފައިވާ އެ ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައި އެވެ. ބީއެމްއެލްއިން ބުނީ އެ ސެންޓަރގެ ސަބަބުން ތިމަރަފުށީގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަ...
ޔުމްނާ ޢަލީ
ކޮވިޑް-19 އިން އވީހާ ވެސް އަވަހަކަށް އަރައިގަތުމަށް ކުރެވޭ އުއްމީދު އެންމެ ބޮޑަށް ގުޅިލާމެހިފައިވާ ކަންތައް ކަމަށްވާ ވެކްސިން އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި މިއީ ނާއުއްމީދު ކުރުވި ހަފްތާ އެކެވެ. ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތްތަކަށް ކުރިމަތިވި ބައެއް ހުރަސްތަކާ އެކު، ޔޫރަޕްގެ ގައުމުތަކުން މިހާރު ވަނީ ބަލި ކޮންޓްރޯލްކުރުމުގެ އާ ފިޔަވަޅުތަކެއް އަނެއްކާ ވެސް އަޅާފަ އެވެ. ވެކްސިނެއްގެ އުއްމީދަށް ހިޔަނި އެޅުނީ އެމެރިކާގައި ޓެސްޓްތައް މެދުކަނޑާލުމުންނެވެ. އެމެރިކާގައި ކޮވިޑަށް ވެކްސިން ޓ...
ތިލަދުން
ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ ދައްކާ މީހުން މިހާރު މިރަށުގައި ވަރަށް މަދެވެ. އެ ވާހަކަތައް ކުރިން ޤަބޫލުކުރަމުން އައި ގޮތަށް ޤަބޫލުކުރާ މީހަކު އަމުދުންނެތެވެ. ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުގައި ހަދާފައި ހުންނަ ޒިއާރަތެއް އަދިވެސް އެބަހުއްޓެވެ. ޒިއާރަތުގެ ދިދަ ދަނޑިވެސް ކޮޅަށް އެބަހުއްޓެވެ. އެއީ ވަރަށް ދިގު ދިދަ ދަނޑިއެކެވެ. ޒިއާރަތުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ގެގަޑަކީ އެހެނިހެން ގިނަ ޒިއާރަތްތަކެކޭ އެއްފަދައިން ލަކުޑިން ހަދާފައިވާ ގެގަޑެކެވެ. ޒިއާރަތުގެ ދޮރު ހުރީ […]
ޢަބްދުﷲ ސަޢީދު