މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1833 ވަނަ ޞަފްޙާ

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ

މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް “މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު” ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ބުދަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ [...

އިބްރާހިމް ޚަލީލް
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކޮށް ނ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...

ޝިއުނާ އާދަމް
ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ. ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ޢިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފޯކައިދޫ ސްކޫލުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައި މިވާ 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތް ވެގެންދާނީ މިފަދަ ގޮތަކަށް މުޅި ށ. އަތޮޅުގައިވެސް އެންމެ ޒަމާނީ ފެންވަރަކަށް އެޅިގެން ދާނޭ އެއް އިމާރާތަށެވެ. މި ބީލަމުގައި ބައިވެރިވާން […]

މުޙައްމަދު އިނާން
ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދަވައި ދެއްވާނެ: ޔާސިރު

ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދަވައި ދެއްވާނެ: ޔާސިރު

ަމި ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދައިދެއްވާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ޒަމާނީ ފެންވަރަށް ފެނަކައިން އަތޮޅު ތެރޭގައި އިމާރާތްކުރާ އެންމެ ބޮޑު އިންޖީނުގޭގެ ބިންގާ ކުޅުދުއްފުށީ ސިޓީގައި އެޅުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޔާސިރު ވަނީ މިސަރުކާރުން ކުޅުދުއްފުށިން ދޫކޮށް ނުލަށްވާނެ ކަމަށާއި މި ސަރުކާރުން ކުޅުދުއްފުށި ތަރައްގީކުރާނެކަމުގެ...

ޔުމްނާ ޢަލީ
މޫސުން ގޯސްވާނެ، ހއ. އިން ތ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސްވާނެ، ހއ. އިން ތ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ. މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް (މެޓް އޮފީސް) އިން ވަނީ މި ސަރަޙައްދުތަކަށް މިއަދު ފަތިހު 5:00 އިން ހެނދުނުގެ […]

އަޙްމަދު ވަހީދު
ފިޔަވަތިން ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު 36 އަށް

ފިޔަވަތިން ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު 36 އަށް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން ޢަދަދު 36 އަށް އަރައިފިއެވެ. ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެތަނުގައި ތިބި ކުދިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި ޖުމްލަ ޢަދަދު 36 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު ބިދޭސީއެއް

ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު ބިދޭސީއެއް

ކުޅުދުއްފުށީ ސިޓީއިން ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ސިޓީއިން މިފަހަރު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ އެ ސިޓީގެ ކާނިވަލް ކޮމްޕެނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. މިއީ ކުޅުދުއްފުށި ސިޓީއިން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް ކެއިން ބުއިންމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރާ، އެ ސިޓީގެ ކާނިވަލް ކޮމްޕެނީގެ މީހެކެވެ. އެ މިހާ ޕޮ...

ޔުމްނާ ޢަލީ
ކުރީގެ މިނިސްޓަރު ޢަލީ ވަޙީދަށް ދަޢުވާކުރަން ފޮނުވައިފި

ކުރީގެ މިނިސްޓަރު ޢަލީ ވަޙީދަށް ދަޢުވާކުރަން ފޮނުވައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެމައްސަލައާއި ގުޅިގެން، ޢަލީ ވަޙީދު، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީ ނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު ވަކިކުރީ މިއަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާ...

ޔުމްނާ ޢަލީ
ޔޫއެފާ ނޭޝަންސް ލީގު: ޖަރުމަނު އެއްވަރުވިއިރު ސްޕެއިން ބަލިވެއްޖެ

ޔޫއެފާ ނޭޝަންސް ލީގު: ޖަރުމަނު އެއްވަރުވިއިރު ސްޕެއިން ބަލިވެއްޖެ

އަންގާރަ ދުވަހުގެރޭ ޔޫއެފާ ނެޝަންސް ލީގުގައި ސްވިޓްޒަލެންޑް އަދި ޖަރުމަން ބައްދަލު ކުރިމެޗް ނިމުނީ 3-3 ން އެއްވަރުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެގް ފުރަތަމަ ގޯލްޖަހާ ކުރިހޯދީ ސްވިޓްޒަލެންޑްއިންނެވެ. މެޗްގެ ފަސްވަނަ މިނިޓްގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ސްވިޓްޒަލެންޑްގެ މާރިއޯ ގަވްރަނޮވިޗްއެވެ. މެޗްގެ 26 ވަނަ މިނިޓްގައި ފްރޫލާ ވަނީ ސްވިޓްޒަލެންޑްގެ ލީޑު 2-0 ށް ފުޅާކޮށްދީފައެވެ. ނަމަވެސް އެގޮތުގައި ސްވިޓްޒަލެންޑަށް އޮވެވުނީ މިނިޓެއްހާއިރުއެވެ. ޗެލްސީގެ ޓިމޯ ވާނާ ވަނީ މެޗްގެ 28...

އަޙްމަދު އަސްފާން
ކުޅުދުއްފުށީ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

ކުޅުދުއްފުށީ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

ކުޅުދުއްފުށީ ސިޓީގައި އަލަށް އިމާރާތްކުރާ އައު އިންޖީނު ގޭގެ ބިންގާ އަޅައިފިއެވެ. މިއަދު ހެނދުނު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅިގެން ދިޔައިރު، މި އިންޖީނުގެ އަކީ ޒަމާނާއި ޓެކްނޮލޮޖީގެ ގިނަ ވަޞީލަތްތަކެއް އެކުލެވިގެންވާ އަތޮޅު ތެރޭ މިހާތަނަށް އިމާރާތް ކުރެވޭ އެންމެ ބޮޑު އިންޖީނުގެއެވެ. ފެނަކައިން އަތޮޅުތަކުގެ ގިނަ އިންޖީނުގެ ތަކެއް އަލުން ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަދު ހެނދުނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަަކައިގެ މެނޭޖިނ...

މުޙައްމަދު މާއިލް ހަސަން
ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ޕޯރޗުގަލްގެ ފުޓުބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން، ޕޯރޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރޮނާލްޑޯ މި ބައްޔަށް ޕޮޒިޓިވް ވުމާއި އެކު، މިރޭ ސްވިޑެން އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން އޭނާ ނުފެންނާނެ އެވެ. އަދި އޭނާ ނުފެންނާނެ ކަމަށް ޕޯރޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެސް ވަނީ ބުނެފައެވެ. 35 އަހަރުގެ މި ފޯރވަޑު މި ވަގުތު ޔުވެންޓަސްއަށް ކުޅެމުން އަންނަ އިރު، ޤައުމީ ޓީމަށް ނޭޝަންސް ލީގުގައި […]

މުޙައްމަދު މާއިލް ހަސަން
ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ހެއްދުން އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ހެއްދުން އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގައި ހެދޭ ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ހެއްދުމުގެ ޕްރޮގުރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފައްޓަވައިފިއެވެ. “ދަނޑުވެރިކަމުގެ ސިނާޢަތުގައި، ކާބޯތަކެތީގެ ޔަޤީންކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް، ކުރެވޭ މަސައްކަތްތަށް ބޮޑު އިންސައްތައަކުން އިތުރުކުރުން” މި ސިޔާސަތުގެ މައްޗަށް ރިޢާޔަތްކޮށް މިނިސްޓްރީއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައެވެ. މި ގޮތުން، ސިއްހަތަށް ފައިދާ ހުރި ގިނަ ކާނާގެ ބާވަތްތަށް އުފެއްދުމުގެ ބޭނުމުގައި ވަނީ ގަސް...

މުޙައްމަދު މާއިލް ހަސަން
ވޯލްޑްކަޕް 2022 ކޮލިފިކޭޝަންސް: ބްރެޒިލް އަދި އާޖެންޓީނާވެސް މޮޅުވެއްޖެ

ވޯލްޑްކަޕް 2022 ކޮލިފިކޭޝަންސް: ބްރެޒިލް އަދި އާޖެންޓީނާވެސް މޮޅުވެއްޖެ

ޤަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ޒޯންގައި ހިމެނޭ 10 ޤައުމުގެ މެދުގައި ބާއްވާ ކޮލިފައިންގެ މެޗްތައް ފަށާފާވާއިރު ބުދަ ދުވަހު ކުޅުނު މެޗުތައް ބްރެޒިލް އަދި އާޖެންޓީނާވެސް ކާމިޔާބުކޮށްފިއެވެ. ބްރެޒިލް އަދި ޕެރޫ ބައްދަލުކުރި މެޗް ބްރެޒިލް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޕީއެސްޖީގެ ތަރި ނޭމާ ވަނީ ބްރެޒިލްއަށް ހެޓްރިކް ހަދާފައެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ޕެރޫއިންނެވެ. މެޗްގެ ހަވަނަ މިނިޓްގައި ޕެރޫގެ އެންދ...

އަޙްމަދު އަސްފާން
އައިފޯން 12، ވަރަށް ތަފާތު!

އައިފޯން 12، ވަރަށް ތަފާތު!

އައު އަހަރެކެވެ. އައު އައިފޯނެކެވެ. މިއީ މިދިޔަ އަހަރުވެސް އެންމެ ގިނައިން މީޑިޔާގައި ބޭނުން ކުރެވެމުން އައި ޖުމްލައެކެވެ. އެޕަލްގެ އައި ފޯނު ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި، ފުރާވަރަށް އެރުމުގެ ކުރިން (13 އަހަރު) އެޕަލް އިން ނެރޭ ފަހު ފޯނަށް ވުމާއި އެކު، މި ފޯނު އެތައް ގޮތަކުން ޚާއްސަވެގެންދާނެއެވެ. މިފަހަރުގެ އެޕަލް އިވެންޓްގައި މިރޭ މިވަނީ، އެޕަލް އައި ފޯނުގެ 4 ފޯނެއް ނެރެފައެވެ. ކޮންމެ އަހަރަކުވެސް ނެރޭ އައި ފޯނުގައި […]

މުޙައްމަދު މާއިލް ހަސަން
130 ކިލޯގެ މަސްތުވާތަކެއްޗާއެކު، ޝަހީބު ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި

130 ކިލޯގެ މަސްތުވާތަކެއްޗާއެކު، ޝަހީބު ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރީސަރުކާރުގެ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަދި މިހާރު ޕީއެންސީގެ ކައުންސިލް މެންބަރެއް ގޮތުގައި ހުރި ޝަހީބް އިބްރާޙީމް(ކާފަ) އާއި، އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ. މި ތަކެތި އަތުލައިގަނެ މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެވެ. މި އޮޕަރޭޝަނުގައި ޖުމްލަ ހަތް މީހެއް ހައްޔ...

ޔުމްނާ ޢަލީ
ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި

ކޮވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި އެވެ.  އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި 14...

ޔުމްނާ ޢަލީ
އެވިޑް ކޮލެޖްގެ އަންނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެވިޑް ކޮލެޖްގެ އަންނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެވިޑް ކޮލެޖްގެ 2021 ވަނައަހަރުގެ ޖެނުއަރީ ސެމެސްޓަރގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ. އެ ކޮލެޖްގެ ފަރާތުން 13 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހު ފޭސްބުކް ލައިވް މެދުވެރިކޮށް ބޭއްވި ވާރޗުއަލް އޯޕަންޑޭގެ ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާ އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއަރަމަން އަލްފާޟިލް އަބްދުﷲ މުސްތާޤް ރަޝާދުއެވެ. ތަފާތު ގިނަ ދާއިރާތަކަކުން ހަތްދިހައަށް ވުރެ ގިނަ ކޯސް...

އިބްރާހިމް ޚަލީލް