މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1836 ވަނަ ޞަފްޙާ

ސީރިޔާގެ ޖަންގަލިތަކުގައި ރޯވެ، 2 މީހުން މަރުވެއްޖެ

ސީރިޔާގެ ޖަންގަލިތަކުގައި ރޯވެ، 2 މީހުން މަރުވެއްޖެ

ސީރިޔާގެ ޖަންގަލި ތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ޝިކާރައަަކަށްވެ، 2 މީހުން މަރުވެއްޖެއެވެ. ސީރިޔާއަށް ނިޞްބަތްވާ ބޮޑެތި ޖަންގަލިތަކާއި، ދަނޑުބިން ތަކިގައި ހުއްޓުމެއްނެތި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލުނުވެ ވަނީ ލުބުނާންއާއި ހަމައަށް ފޯރާފައިކަމަށް ގިނަ މީޑިޔާތަކުން މިހާރު ދަނީ ރިޕޯޓުކުރަމުންނެވެ. ސީރިޔާގެ ޓީވީ ޗެނަލްއަކުންވަނީ ރޯވެފައިވާ އަލިފަންގަނޑު ކޮންޓްރޯލު ކުރެވޭތޯ ގިނަ ޢަދަދެއްގެ އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވާ މަންޒަރު ތަކެއް ދައްކާފައެވެ. އެ ޤައުމުގެ ގިނަ މީޑިޔާތަކުން ރ...

މުޙައްމަދު މާއިލް ހަސަން
ޔައުގޫބުގެ ގޮނޑިއާއި ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށަނީ

ޔައުގޫބުގެ ގޮނޑިއާއި ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އޮކްޓޯބަރު 15 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްމެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، މި މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ  ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް […...

އަލީ އާދިލް
ކޯވިޑް ބަލީގެ 35 ވަނަ މަރު، 56 އަހަރުގެ ދިވެއްސެއް

ކޯވިޑް ބަލީގެ 35 ވަނަ މަރު، 56 އަހަރުގެ ދިވެއްސެއް

ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު މެންދުރުފަހު 2:20 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 35 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު މި ދިޔަ އޯގަސްޓް މަހުން […]

ޔުމްނާ ޢަލީ
ލަނޑުލިސްޓުގެ ދެވަނައިގައި ދަގަނޑޭ

ލަނޑުލިސްޓުގެ ދެވަނައިގައި ދަގަނޑޭ

ކުޅުނު މެޗުތަކާއި، ޖެހިގޯލުގެ ޢަދަދަށް ބިނާކޮށް ހަދާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނަ މަޤާމް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) އަށް ލިބިއްޖެއެވެ. މިވަގުތު ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިންނަށް ނިޞްބަތްކޮށް، “ގިވްމީ ސްޕޯރޓް”އިން ނެރެފައިވާ ލަނޑު ލިސްޓުގައި ދަގަނޑޭއަށް ދެވަނަ ލިބިފައިވަނީ މެޗު ނިޞްބަތުން ޤައުމީ ޓީމަށް ގިނަ ގޯލުތަކެއް ޖަހައިދީގެންނެވެ. މީގެ ކުރިން ނެރުނު ލިސްޓެއްގައި 2018 ވަނަ އަހަރު ދަގަނޑޭއަށް ވަނީ 1 […]

މުޙައްމަދު މާއިލް ހަސަން
ބޮޑެތި ތުހުމަތުތަކަކާއި އެކު މޮޅަދޫ ކައުންސިލް ނައިބު ރައީސާ ދެކޮޅަށް ރައްޔިތުންގެ ޕެޓިޝަނެއް

ބޮޑެތި ތުހުމަތުތަކަކާއި އެކު މޮޅަދޫ ކައުންސިލް ނައިބު ރައީސާ ދެކޮޅަށް ރައްޔިތުންގެ ޕެޓިޝަނެއް

ހއ. މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމް، އުދަރެސް/ހއ. ހޯރަފުށި، ކައުންސިލް މެންބަރުކަމުން ދުރުކޮށް، ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން ވަކޮށްދިނުމަށް ގޮވާލައި، މޮޅަދޫ ރައްޔިތުންގެ ޕެޓިޝަނެއް އެރަށު ކައުންސިލަށް ހުށަހަޅައިފިއެވެ. މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޕެޓިޝަންގައި މޮޅަދޫގެ 160 މީހުން ވަނީ ސޮއި ކޮށްފައެވެ. އެ ޕެޓިޝަން ކައުންސިލަށް ހުށަހެޅުމަށް ގިނަ ޢަދެއްގެ ރައްޔުތުން...

އަޙްމަދު ވަހީދު
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، ޚިޔާލުތަކަށް މަރުޙަބާ ކިޔަންޖެހޭ: ފަޒްނާ

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، ޚިޔާލުތަކަށް މަރުޙަބާ ކިޔަންޖެހޭ: ފަޒްނާ

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފި އެވެ. އެ ކަމަނާ މިހެން އެދިވަޑައިގެންނެވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ...

ޔުމްނާ ޢަލީ
ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''

ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''

ކަނޑޫފަލާއި، ކަނޑޫގަސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހދ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ”ކަނޑޫފާ ކްލާސް” ކުރިއަށް ގެންގޮސްފިއެވެ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މި ކަނޑޫފާ ކްލާހަކީ، ރާއްޖޭގާއި ފުޅާ ދާއިރާއެއްގައި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ހަރަކާތެއް ކަމަށްވާ ”ސޭވް މޯލްޑިވްސް” ގެ ފަރާތުން، ނޭކުރެންދޫ ކައުންސިލާއި ގުޅިގެން ނޭކުރެންދޫގައި ކުރިއަށް ގެންދާ ސިލްސިލާ ކަނޑޫފާ ކްލާސްތަކުގެ ތެރެއިން ކްލާހެކެ...

ޙުސައިން ޝަހުދީ
ފިރިހެނުންނަށްވެސް އުރަމަތީގެ ކެންސަރު ޖެހިދާނެ!

ފިރިހެނުންނަށްވެސް އުރަމަތީގެ ކެންސަރު ޖެހިދާނެ!

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އިންޓަރނޭޝަނަލް އޭޖަންސީ ފޯ ކެންސާ ރީސާޗްއިން ހާމަވާ ގޮތުގައި އުރަމަތީގެ ކެންސަރު (ބްރެސްޓް ކެންސަރ) އަކީ ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރެވެ. ރާއްޖޭގައި ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 73 ޕަސެންޓަކީ އުރަމަތީގެ ކެންސަރެވެ. އެހެން ޤައުމުތަކާ ހިލާފަށް ރާއްޖޭގައި ތަންކޮޅެއް ހަގު އުމުރުގައި މިކެންސަރު ޖެހޭކަން ފާހަގަކުރެވިފައި ވެއެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ފާހަގަކުރާ “ޕިންކް އޮކްޓޯބަރ...

މުޙައްމަދު މާއިލް ހަސަން
ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް

ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ “ބުރުގެރިއާ ހެނެސީ” ގަހެއް، ކެލާގެ ކުޅިން ފެނުނު ވާހަކަ އެންވަޔަރަމަންޓް މިނިސްޓްރީންއިން އިޢުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެމިނިސްޓްރީއިން ބުނީ، ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ “ބުރުގެރިއާ ހެނެސީ” (Brugueira hainesii) “ދިވެހިރާއްޖެއިން އަލަށް” ފެނިފައިވާކަމަށެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއ...

މުޙައްމަދު މާއިލް ހަސަން
އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަމުން ގެންދާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި، ވޯލްޑް މެންޓަލް ހެލްތު ޑޭ އާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިޔު އެޗްއޯއިން ކުރިޔަށް ގެންދިޔަ، ދަ ބިގް އިވެންޓް ފޯރ މެންޓަލް ހެލްތުގައި ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖުގައެވެ. ދިވެހި ބަހުން ރައީސުލްޖުމުހޫރިއްޔާ ދެއްވި މި މެސެޖުގައި ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމ...

ޔުމްނާ ޢަލީ
ސްރީލަންކާއިން ފަތްޕިލާވެލި ބޭނުންކޮށްގެން ކޯވިޑް19 އަށް ފަރުވާއެއް ހޯދައިފި

ސްރީލަންކާއިން ފަތްޕިލާވެލި ބޭނުންކޮށްގެން ކޯވިޑް19 އަށް ފަރުވާއެއް ހޯދައިފި

ކޯވިޑް-19އަށް އަމާޒުކޮށްގެން ދެބޭހެއް ސިރީލަންކާގައި ތައްޔާރުކޮށް ބޭނުން ކުރަން ފަށައިފިއެވެ. އަޔުރްވެދިކް ހޮސްޕިޓަލްތަކާއި އެ ތަންތަނުގެ ތަރައްޤީއާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ސިސިރަ ޖަޔަކޯޑީ އެގައުމުގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ،  ކޯވިޑް-19 އަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ އަދި ބަލިޖެހިފައިވާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕައުޑަރެއް އެގައުމުން ހަދާފައިވާކަމަށެވެ. މިނިސްޓަރ މި ދެބޭހާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވި...

މުޙައްމަދު މާއިލް ހަސަން
ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ، ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއް: ނައިބު ރައީސް

ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ، ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއް: ނައިބު ރައީސް

ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ ހަށިގަޑަށް ލިބޭ ފުން ޒަޙަމަކަށް ވުރެ ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެއެވެ. ދުނިޔޭގެ މެންޓަލް ހެލްތް އެވެއާރނެސްޑޭ އާއި ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ މި ހާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގ...

މުޙައްމަދު އިނާން
ކެނދިކުޅުދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

ކެނދިކުޅުދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ނ.ކެނދިކުޅުދޫގައި އޭޓީއެމްއެއް ޤާއިމްކޮށް ޚިދުމަތް ދޭންފަށައިފިއެވެ. މިކަމާއި ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެ ރަށުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ އޭ.ޓީ.އެމްގެ  ސަބަބުން ކެނދިކުޅުދޫގެ ރައްޔިތުންނަށާއި، އެ ރަށުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ. އަދި ކެނދިކުޅުދޫގެ ކައުނ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހުނަރުވެރިން: އުމުރުން ހަގު ކުޅަދާނަ ފޮޓޯގްރާފަރ، އަލީ ނުވާޝް

ތިލަދުންމަތީ ހުނަރުވެރިން: އުމުރުން ހަގު ކުޅަދާނަ ފޮޓޯގްރާފަރ، އަލީ ނުވާޝް

ފޮޓޯ ނެގުމުގެ ދާއިރާއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވަރަށް ގިނަބަޔަކު ލޯބިކުރާ ދާއިރާއެކެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ލިބިގެންވާ ހުނަރެއް ނޫނެވެ. ފޮޓޯއެއް ނަގާލުމަށްފަހު އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްލުމުން އަދި އެމީހާއަކީ ފޮޓޯގްރާފަރަކަށް ނުވާނެއެވެ. ފޮޓޯގްރާފަރެއްނަމަ ފޮޓޯނެގުމުގެ ހުނަރުގެ އިތުރުން އެކަމަށް ބޭނުންވާ އާލާތްތައް ހުންނަންޖެހެއެވެ. ކެމެރާއާއި ކެމެރާ ސްޓޭންޑް ފަދަ ތަކެތި ހުރުމަކީ މުހިންމު ކަމެކެވެ. ލައިޓިންގ ގެންގުޅެންވާނޭ ގޮތް ދަންނަންޖެހެއެވެ. ފޮޓޯ...

މުޙައްމަދު އިނާން
މާޒިޔާއިން އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށައިފި

މާޒިޔާއިން އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށައިފި

ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އަންނަ ޑިސެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ފުޓްބޯޅަ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ފަރިތަކުރުންތައް ފަށައިފިއެވެ. ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު އެ ކުލަބުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށެވެ. ހޮނިހިރު ދުވަހު ހަވީރު އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ މި ފަރިތަކުރުން ތަކުގައި އެ ކުލަބުން ކުރިއަށް ގެނ...

އިބްރާހިމް ޚަލީލް
ފެނަކަ އިން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރަނީ

ފެނަކަ އިން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރަނީ

ފެނަކަ ކޯޕަރޭޝަނުން ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ޕްރޮޖެކްޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފެނަކަ އިން ބުނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، އެ ޕްރޮޖެކްޓު ނިމުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ […]

ޔުމްނާ ޢަލީ
އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

މީގެ ދެ ދުވަހެއްގެ ކުރިން، 8 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހަކީ އުތުރުގެ ރަށެއްކަމުގައިވާ ށ.ނަރުދޫ ރައްޔިތުންނަށް ހިތާމައިން ފުރިގެންވީ ދުވަހެކެެވެ. އެރަށުގެ ރަށްޔިތުންނަށާއި އަދި ހަމަ އެހެންމެ، އެ ރަށް، ރަށަކަށް ހެދުމުގައި ކުރެއްވި އެންމެހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވި، ކުރީގެ ކުޑަކަތީބު އަބްދުއް ރައްޒާޤު މޫސާ ފަނާކުރުވަނިވި ދުނިޔެއާ ވަކިވެ ދިޔަ ޚަބަރު ލިބުނު ހިސާބުންނެވެ. އާދޭހެވެ. ރަށަށް ޚިދުމަތް ކޮށްދެއްވާފައިހުރި މިފަދަ ލާމަސީލް ސަޙްސިއްޔަތެއް ވަކިވެގެން ދާކަށް ހަމަ...

މުޙައްމަދު އިނާން
ވޯލްޑްކަޕް 2022 ކޮލިފިކޭޝަންސް: ބްރެޒިލް އަދި ކޮލަމްބިއާއަށް ފަސޭހަ މޮޅެއް

ވޯލްޑްކަޕް 2022 ކޮލިފިކޭޝަންސް: ބްރެޒިލް އަދި ކޮލަމްބިއާއަށް ފަސޭހަ މޮޅެއް

2022 ވަނަ އަހަރުގައި ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ޒޯންގައި ހިމެނޭ 10 ޤައުމުގެ މެދުގައި ބާއްވާ ކޮލިފައިން މެޗުތައް ބުރާސްފަތި ދުވަހުގެރޭ ފަށާފައި ވާއިރު ހުކުރު ދުވަހުގެ ރޭވެސް ވަނީ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ބްރެޒިލް ބޮލީވިއާއާއި ދެކޮޅަށް ކުޅުނުއިރު ކޮލަމްބިއާ ކުޅުނީ ވެނިޒުއޭލާއާއި ދެކޮޅަށެވެ. ވޯލްޑްކަޕްގެ އެންމެ ކާމިޔާބް ޓީމް ކަމުގައިވާ ބްރެޒިލްއިން ބޮލީވިއާ ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބްރެޒިލްގެ ސައުޕޯލޯގައި ކުޅުނު މ...

އަޙްމަދު އަސްފާން