މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1766 ވަނަ ޞަފްޙާ

ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު 7 އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު 7 އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ވޭތުވި ދެމަހެއްހާ ދުވަސްތެރޭގައި ކާމިޔާބު ކަމާއިއެކު ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް ކޮށްފިއެވެ. ށ. އަތޮޅު ފުނަދޫގައި ހުންނަ، އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ވޭތުވި ދެ މަސްދުވަހުގެ ތެރޭގައި ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް އެ ހޮސްޕިޓަލުން ކޮށްފައިވާނެ ކަމަށާއި، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަތޮޅު ހޮސްޕިޓަލަކުން މިފަދަ ބޮޑެތި އޮޕަރޭޝަންތަކެއްކުރި ފުރަތަމަ ފަހަރުކަމަށެވެ. ފުނަދޫ ހޮސްޕިޓަލުން މިހޯދި ކާމިޔާބާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުނ...

ޙުސައިން ޝަހުދީ
ރާއްޖޭގައި ވިޔަފާރި އުޞޫލުން އަލުވި ހެއްދުން

ރާއްޖޭގައި ވިޔަފާރި އުޞޫލުން އަލުވި ހެއްދުން

ރާއްޖޭގައި ވިޔަފާރި އުޞޫލުން ދަނޑުބިމުގައި ދަނޑުވެރިކަން ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ދިވެހިން އާއްމުކޮށް ހައްދައި އުޅެނީ މޭވައާއި ތަރުކާރީގެ ތެރެއިން މަދުބާވަތެކެވެ. ކުރިން ހައްދައި ނޫޅޭ ބައެއް ބާވަތްތައް ފަހުން ދިވެހި ދަނޑުވެރިން ގިނަ އަދަދަކަށް ހައްދަން ފަށާފައިވެސް އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ ކިއުކަމްބާ އެވެ. އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރައްވާ ގޮތުން މިހާރު ރާއްޖޭގައި ހައްދާ ކިއުކަމްބާގެ އަދަދު އިމްޕޯޓުކުރާ ކިއުކަމްބާއަށް ވުރެ ގިނައެވެ. މިގޮތުން އަލުއްވަކީވެސް ފުޅާދާއިރާއެއް...

ހުބާ ޕްލާންޓްސް
އިމްރާން އަދާލަތުގެ ރައީސްކަމަށް ކުރިމަތިލައްވައިފި

އިމްރާން އަދާލަތުގެ ރައީސްކަމަށް ކުރިމަތިލައްވައިފި

އަދާލަތު ޕާޓީ (އޭޕީ)ގެ މިހާރުގެ ވެސް ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް އާ ދައުރަކަށް ކުރިމަތި ލައްވައިފިއެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތުގެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް މިނިސްޓަރު އިމްރާން ކުރިމަތިލެއްވިކަން ހާމަކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. “މި ގޮތަށް ނިންމީ، ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ ދައުރު މުހިއްމު ކަމަށް ޕާޓީގެ ގިނަ މެންބަރުން ފާހަގަ ކުރައްވާތީ،” […]

އަލީ އާދިލް
ބިލެއްފަހި އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ބިލެއްފަހި އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ފެނަކައިގެ ފަރާތުން ށ. ބިލެއްފަހީގައި ގާއިމުކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފެނަކައިން މިކަން ހާމަކުރެއްވީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުން މިއަދުއެވެ. މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއް...

ޝިއުނާ އާދަމް
ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ޅ. ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަލްފާޟި...

އަޙްމަދު ވަހީދު
ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ބިލު ފާސްކޮށްފި

ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ބިލު ފާސްކޮށްފި

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ. މި ބިލުގައި ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިން...

އަލީ އާދިލް
ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ

ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މިކަން ހާމަކުރައްވައި އެމްޓީސީސީއިން މިއަދު ކޮށްފައިވާ ޓްވީޓްގައިވަނީ ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 18 ޖަނަވަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއި...

އިބްރާހިމް ޚަލީލް
އިބްރަހިމޮވިޗްގެ ދެ ލަނޑުން މިލާނަށް މުހިންމު މޮޅެއް

އިބްރަހިމޮވިޗްގެ ދެ ލަނޑުން މިލާނަށް މުހިންމު މޮޅެއް

އިޓާލިއަން ސީރިއާ އޭ ގައި އޭސީ މިލާނާއި ކަލިއާރީ ބައްދަލު ކުރި މެޗުގައި މިލާންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ޖެހި ދެ ލަނޑުން މިލާން މޮޅުވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓަށް ލީޑެއް ލިބިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މިލާނުން ވަނީ ވަރަށް ކުރީކޮޅު ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 7 ވަނަ […]

އިބްރާހިމް ޚަލީލް
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއް

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއް

15 އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށަކުން ކަމަށެވެ. އެއީ ކ، އއ، އދ، ވ އތޮޅު ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދުގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލަ […]

ޝިއުނާ އާދަމް
މިހާރު އުރީދޫ ކަސްޓަމަރުންގެ މޮބައިލް ބެލެންސްއިން ގިފްޓް ކާޑު ގަނެލެވޭނެ

މިހާރު އުރީދޫ ކަސްޓަމަރުންގެ މޮބައިލް ބެލެންސްއިން ގިފްޓް ކާޑު ގަނެލެވޭނެ

މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްއިން، ގޭމިންގް ކޯޑު އަދި އީ-ގިފްޓް ކާޑު ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމް ”ކާރޓީ ސްޓޯރ” ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ކާޓީ ސްޓޯރަކީ ގޭމިން ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމެކެވެ. ކަސްޓަމަރުންނަށް ޒަމާނީ ގިނަ ފަސޭހަތަކެއް ގެނެސްދެމުންދާ އުރީދޫ އިން ބުނީ، މި ހިދުމަތާއިއެކު ކްރެޑިޓް ކާޑުގެ ބަދަލުގައި އެ ކުންފުނީގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ،...

އަޙްމަދު ވަހީދު
"ޕަލްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފްރީޑައިވް ޓްރެއިނިންގްް ކޯސް ނިންމާލައިފި

"ޕަލްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފްރީޑައިވް ޓްރެއިނިންގްް ކޯސް ނިންމާލައިފި

“ޕަލްސް”ގެ ނަމުގައި ފްރީ ޑައިވް ކެލާގެ ފަރާތުން ބޭއްވި ފްރީޑައިވް ކޯސް ނުވަތަ އޮކްސިޖަންއާއި ނުލާ ފީނަން ދަސްކޮށްދޭ ކޯސް ނިންމާލައިފިއެވެ. ނޭވާ ލުމަށް ބޭނުން ކުރާ އެއްވެސް އާލާތެއް ނެތި މޫދު އަޑިއަށް ފީނުން ނުވަތަ ފްރީޑައިވްގެ މި ކޯސް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުންފެށިގެން ނެވެ. މި ކޯހަކީ، އަލަށް ފްރީ ޑައިވިންގްއަށް ވަންނަން ފަރާތްތަކަށްވެސް ބައިވެރިވެވޭނެހެން ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ގޮތުން، ފްރީޑައިވިންގް ލެވަލް 1 އަދި […]

މުޙައްމަދު މާއިލް ހަސަން
2020ގައި ކޭއާރުއެޗްއަށް ބާރު ބޮޑު: 184 ރަށަކުން 101362 މީހުން ހިދުމަތް ހޯދި

2020ގައި ކޭއާރުއެޗްއަށް ބާރު ބޮޑު: 184 ރަށަކުން 101362 މީހުން ހިދުމަތް ހޯދި

ނިމުނު 2020 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 101,362 މީހުން ހިދުމަތް ހޯދައިފިއެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ ކޭއާރުއެޗްގެ އޯޕީޑީއިން 2020 ވަނަ އަހަރު 101,362 މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ހިދުމަތް ހޯދާފައިވާ ކަމަށާއި، އަދި 23 ޤައުމަކަށް ނިސްބަތްވާ 1763 ބިދޭސީން ވެސް އެ ހޮސްޕިޓަލުން މިދިޔަ އަހަރު ހިދުމަތް […]

ޔުމްނާ ޢަލީ
ވަރުގަދަ ބާސެލޯނާ ބަލިކޮށް ސުޕަކަޕްގެ ތަށި އެތުލެޓިކް ބިލްބާއޯ ކާމިޔާބު ކޮށްފި

ވަރުގަދަ ބާސެލޯނާ ބަލިކޮށް ސުޕަކަޕްގެ ތަށި އެތުލެޓިކް ބިލްބާއޯ ކާމިޔާބު ކޮށްފި

ސްޕެނިޝް ސްޕަރ ކަޕްގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާ ބަލިކުރުމަށް ފަހު އެ މުބާރާތުގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބާސެލޯނާގެ މައްޗަށް ބިލްބާއޯއިން ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް […]

އިބްރާހިމް ޚަލީލް
އެންޑީއޭއަށް އާ ސީއީއޯއެއް

އެންޑީއޭއަށް އާ ސީއީއޯއެއް

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ސީއީއޯ އެއް އައްޔަނުކޮށްފިއެވެ. އެ އޭޖެންސީގެ ސީއީއޯއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ހަބީބެވެ. އޭނާ މި މަގާމަށް އައްޔަނުކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ. އެ އޭޖެންސީގެ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އޭޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމާއި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމެވެ. އެ މަގާމުގެ މުސާރައިގެ ގޮތުގައި 18,000 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ، އަދި […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ "ބޮނބިތެޅުމުގެ ޚިދުމަތް" ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް

ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ "ބޮނބިތެޅުމުގެ ޚިދުމަތް" ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް

ހދ. ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ޚިދުމަތް ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް ގެނެސްފިއެވެ. އެ ކައުންސިލުން ކުރިން އެ ޚިދުމަތް ދެމުން އައީ އަންގާރަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެކައުންސިލުން ގެނައި ބަދަލުގައި ވަނީ ހޮނިހިރު ދުވަހުގެ ބަދަލުގައި އެ ޚިދުމަތްދޭ ދުވަހަކީ ބުރާސްފަތި ކަމަށް ހަމަޖައްސާފައެވެ. އެހެންކަމުން ދެން އެ ކައުންސިލުން އެ ޚިދުމަތް ފޯރުކޮށްދޭނީ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 […]

ޔުމްނާ ޢަލީ
ވެލިގަނޑު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް

ވެލިގަނޑު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް

އއ. ވެލިގަނޑު ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތެރި ވަމުން އަންނަ ކަމަށެވެ. އެ ރިސޯޓުގެ ގެސްޓް ރޫމްގައި ރޯވި އަލިފާން، އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާއިރު، އެމްއެންޑީއެފް ފަޔާ ލޯންޗު މިހާރު ދަނީ އެ ރިސޯޓަށް ދަތުރުކުރަމުންނެވެ. މި އަލިފާނުގެ އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު […]

ޝިއުނާ އާދަމް
ދިއްދޫން އިތުރު ކޯވިޑް ކޭހެއް

ދިއްދޫން އިތުރު ކޯވިޑް ކޭހެއް

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެ އޮފިޝަލް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ރޭގެ ވަގުތެއްގައެވެ. އެ މައުލޫމާތު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލާއި މިނިސްޓްރީ އިފް ޔޫތު ސްޕޯޓްސް އެންޑް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރާފަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވާ ކުރިމަގު އުޖާލާކުރުމުގެ މަޤްޞަދުގައި ރާވާ ހިންގާ ޕްރޮގްރާމެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވ...

އިބްރާހިމް ޚަލީލް