މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1765 ވަނަ ޞަފްޙާ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުލަވައިލައްވައިފި އެވެ. އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާ ރައީސް އޮފީހުން އިޢުލާން ކުރައްވާފައިވަނީ މިއަދު އެވެ. ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ: 1. އަލްފާޟިލާ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި) 2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ) 3. އަލްފާޟިލާ މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ....

އިބްރާހިމް އަސްވާޤް
ހިތަދޫގައި މަސައްކަތް ކުރާނެ 7 ވެށިފާރަވެރިން ވެމްކޯއިން ހޯދަނީ

ހިތަދޫގައި މަސައްކަތް ކުރާނެ 7 ވެށިފާރަވެރިން ވެމްކޯއިން ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް 7 ވެށިފާރަވެރިން ހޯދަން އިޢުލާންކޮށްފިއެވެ. ވެމްކޯއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި 7 މީހުން ހޯދަނީ ސައުތް ރީޖަނަލް އޮޕަރޭޝަންސް، ހިތަދޫ ގައި މަސައްކަތްކުރުމަށް ކަމަށެވެ. ވެމްކޯއިން ބުނީ ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔާކަމަށާއި މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންކަމަށެވެ. “ވެށިފާރަވެރިޔާ” މަޤާމަށް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު...

ޝިއުނާ އާދަމް
"ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފި

"ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފި

ކޯވިޑް-19އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، “ކޮވިޝީލްޑް” ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ކަން ހާމަކުރެއްވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް މިއަދު މެންދުރުފަހު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހ...

އަލީ އާދިލް
އިހަވަންދޫ އިމަގުގެ ''މަންސަފާ'' މުޅި ރާއްޖެއަށް

އިހަވަންދޫ އިމަގުގެ ''މަންސަފާ'' މުޅި ރާއްޖެއަށް

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި އުނގަންނައި ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ފުރުޞަތުގެ ބޭނުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިފޭނޭހެން، އެ ޖަމިއްޔާއިން ފަށާ މި ހަރަކާތަކީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް އަދި ”އޯ” ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް ފަށާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އ...

ޙުސައިން ޝަހުދީ
ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާމިނަތު އަބްދުﷲ

ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާމިނަތު އަބްދުﷲ

ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އެ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަން ކުރައްވައިފި އެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 88 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް، އާމިނަތު އަބްދުﷲ ޒުހައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ މިއަދު އެވެ. ޓްރައިބިއުނަލްގެ ނައިބް ރައީސްކަމަށް އައްޔަނު ކުރައްވާފައިވަނީ އެޓްރައިބިއުނަލްގެ މެންބަ...

ޔުމްނާ ޢަލީ
ހއ. އަތޮޅު ހޮސްޕިޓަލަށް އާ އެކްސްރޭ މެޝިނެއް

ހއ. އަތޮޅު ހޮސްޕިޓަލަށް އާ އެކްސްރޭ މެޝިނެއް

ހއ. އަތޮޅު ހޮސްޕިޓަލުން ދޭ އެކްސްރޭގެ ހިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް އިތުރު އެކްސްރޭ މެޝިނެއް އެ ހޮސްޕިޓަލަށް ފޮނުވައިފިއެވެ. ހެލްތު މިނިސްޓްރީއިން، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް އާ ޕޯޓެބަލް އެކްސްރޭ މެޝިނެއް ފޮނުވާފައި ވަނީ އިއްޔެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، އަލަށް އެ ހޮސްޕިޓަލަށް ލިބުނު އެކްސްރޭ މެޝިންގެ ސަބަބުން އެ ހޮސްޕިޓަލުން އެކްސްރޭ ނަގަންޖެހޭ ބަލި މީހުންނަށް އެ ހިދުމަތް މެދު ނުކެނޑި ލިބޭނެ މަގު […]

ޙުސައިން ޝަހުދީ
ކަފިހުރަސް މަތީ ސައިކަލު ޕާރކުކުރީ އިމަރޖެންސީ ހާލަތެއްގައި: ފުލުހުން

ކަފިހުރަސް މަތީ ސައިކަލު ޕާރކުކުރީ އިމަރޖެންސީ ހާލަތެއްގައި: ފުލުހުން

ކަފިހުރަސް މަތީ ފުލުހުންގެ ސައިކަލު ޕާރކުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯގެ ހަޤީގަތް ފުލުހުން ކިޔައިދީފި އެވެ. ފުލުހުންނަށް ފާޑުކިޔުން އަމާޒުކޮށް މީސްމީޑިޔާގައި ދަޢުރުވަމުންދާ ފޮޓޯހިމަނާ ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަފިހުރަސް މަތީ ޕާކުކުރީ އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. ތިރީގައިވާ ފޮޓޯއަކީ ޖެނުއަރީ 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމ...

ޔުމްނާ ޢަލީ
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފ...

ޝިއުނާ އާދަމް
ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!

މިއީ އަޒާންއެވެ. މިހާރު އަޒާންގެ އުމުރުން އަށް އަހަރެވެ. އަޒާންގެ ބައްޕައަކީ ހދ.ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. ނަމަކީ މުޙައްމަދު ވަހީދެވެ. އަޒާންގެ މަންމައަކީ ހދ.ކުރިނބީއަށް ނިސްބްތަވާ މީހެކެވެ. ނަމަކީ މަރިޔަމް ފަރުޒާންއެވެ. އަޒާންއަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ދެ އަހަރުގައި ފާހަގަ ކުރެވުނު ސިއްހީ މައްސަލައަކަށް ފަހު ފާއިތުވި ހަ އަހަރު ދުވަހު ވެސް އަޒާން އުޅެމުންދަނީ ވަރަށް ވޭނީ ދުނިޔެއެއްގައެވެ. ކިޑްނީއަށް ފަރުވާ ކުރުމުގައެވެ. އަޒާންގެ ބަލިހާލަތު ތިލަދުން ނޫހާ ހި...

އިބްރާހިމް ޚަލީލް
25 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހްކޮށްފި

25 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހްކޮށްފި

25 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ އާ ލޯގޯ އިފްތިތާހްކޮށްފިއެވެ. 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޙަފްލާއެއްގައި އެކުންފުނީގެ އާ ލޯގޯ އިފްތިތާހް ކޮށްދެއްވާފައިވަނީ، އެކުންފުނީގެ ޗެއާމަން އަލްފާޟިލް އަހްމަދު މަޢުސޫމްއާއި، މެނޭޖިންގޑިރެކްޓަރ އަލްފާޟިލް ޙަސަން ޝާޙްއެވެ. އެމްޑަބްލިއުއެސްސީގެ ލޯގޯ އަކީ ކުރީގެ ލޯގޯ ނަމަވެސް، މިހާރުވަނީ ޒަމާނާއި އެއްގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރުގެ ލޯގޯގައި ހު...

އިބްރާހިމް އަސްވާޤް
ރައީސް މިއަދު ގައުމާއި މުހާތަބު ކުރަށްވަނީ

ރައީސް މިއަދު ގައުމާއި މުހާތަބު ކުރަށްވަނީ

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ގައުމާ މުހާތަބު ކުރަށްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް މިއަދު 14:00 ގައި ރައްޔިތުންނާ މުޚާތަބު ކުރައްވާނެ ކަމަށެވެ. “‏ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު 14:00 ގައި ރައްޔިތުންނާ މުޚާތަބު ކުރައްވާނެ.” މި އިވެންޓް ލޯކަލް ޗެނަލްތަކުން ދަ...

ޔުމްނާ ޢަލީ
ޗެލްސީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ

ޗެލްސީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ

ިއިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ. ލެސްޓާގެ ކޮންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލެސްޓާ ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ލެސްޓާއަށް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ނައިޖޭރިއާ މިޑްފީލްޑަރ ވިލްފްރެޑް އިންޑިޑީއެވެ. މި ލަނޑޫ އޭނާ ކާމިޔާބު […]

އިބްރާހިމް ޚަލީލް
ހައުސިންއަށް އައްޔަނު ކުރި މަގާމުތަކާއި އެއްވަރަށް ވެސް ޔާމީނުގެ ޝަރީއަތަށް މީހުން ކޯޓު ދޮށަށް ނުދޭ: ވައްޑޭ

ހައުސިންއަށް އައްޔަނު ކުރި މަގާމުތަކާއި އެއްވަރަށް ވެސް ޔާމީނުގެ ޝަރީއަތަށް މީހުން ކޯޓު ދޮށަށް ނުދޭ: ވައްޑޭ

ރައީސް ޔާމީނުގެ ސަރުކާރުގައި، އޭރުގެ ހައުސިން މިނިސްޓްރީއަށް އައްޔަނު ކުރެއްވި ސިޔާސީ މަގާމުތަކާއި އެއް ޢަދަދަށް ވެސް، ޔާމީނުގެ ޝަރީއަތް އޮންނަ ދުވަހު ކޯޓު ދޮށަށް މީހުން އެއް ނުވާކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ދައުރުން ބޭރުގައި ބާއްވާ 3 ވަނަ ޚާއްޞަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތި...

އަލީ އާދިލް
ޕީޕީއެމް އެނބުރި އައިސް ގައުމު ޚަރާބު ކުރާކަށް ދެން ޖާގައެއް ނުދޭނެ: އަޙްމަދު

ޕީޕީއެމް އެނބުރި އައިސް ގައުމު ޚަރާބު ކުރާކަށް ދެން ޖާގައެއް ނުދޭނެ: އަޙްމަދު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަނބުރާ ރާއްޖޭގެ ވެރިކަމަށް އައިސް، ރާއްޖެ ޚަރާބު ކުރަން ރައްޔިތުން ދެން އިތުރު ފުރުޞަތެއް ނުދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި މެންބަރު އަޙްމަދު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ދައުރުން ބޭރުގައި ބާއްވާ 3 ވަނަ ޚާއްޞަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ […]

އަލީ އާދިލް
ޖަޕާނުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ ބޮޑު އެހީތެރިކަމެއް

ޖަޕާނުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ ބޮޑު އެހީތެރިކަމެއް

ޖަޕާނު ސަރުކާރުން 5.6 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްހީ ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ. އެތަކެތި ހަވާލުކުރުމަށް އިއްޔެ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. މި އެހީތެރިކަމަކީ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިމާވެފައިވާ ތަކެތީގެ ދަތިކަން ހައްލުކޮށް...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޕީޖީގައި ''ސަރުކާރު'' މެންބަރުންނާއި ''އެމްޑީޕީ'' މެންބަރުން ތިބޭ: ޝިޔާމް

އެމްޑީޕީގެ ޕީޖީގައި ''ސަރުކާރު'' މެންބަރުންނާއި ''އެމްޑީޕީ'' މެންބަރުން ތިބޭ: ޝިޔާމް

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގައި ސަރުކާރު މެންބަރުންނާއި އެމްޑީޕީ މެންބަރުން ތިއްބަވާ ކަމަށް ނައިފަރުދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ދައުރުން ބޭރުގައި ބާއްވާ 3 ވަނަ ޚާއްޞަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް...

އަލީ އާދިލް
ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (2)

ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (2)

3. ދަރިންގެ ހިތުގައި ޤުރްއާނަށް ލޯބިޖެއްސުމަށް އެދޭނަމަ، ދަރިންގެ ކުރިމަތީގައި މައިންބަފައިން ޤުރްއާން ކިޔެވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ތަރުބަވީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ނަމޫނާއަށް ބަލައިގެން ކަންކަން ދަސްކުރުމަކީ ކުޑަކުދިން އެންމެ ފަސޭހައިން ކަންކަން ދަސްލޮށްލާ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. ކުއްޖާގެ ބެލެނިވެރިން ކުއްޖާ ގާތުގައި ކަމެއް ކުރަން ބުނެފައި، އެކަމަކާ ޚިލާފަށް ކަންތައްކުރާނަމަ، މިއީ އެހާ މުހިންމު ކަމެއް ނޫން ކަމަށް އެޅަސިކުނޑިތަކަށް ވިސްނެއެވެ. އަދި އެކަމަކަށް އެހާ ބޮޑ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ތައިލެންޑްގެ ޝާހީ ޢާއިލާއަށް ބަދުބަހެއް ބުނެގެން 43 އަހަރަށް ޖަލަށް!

ތައިލެންޑްގެ ޝާހީ ޢާއިލާއަށް ބަދުބަހެއް ބުނެގެން 43 އަހަރަށް ޖަލަށް!

ތައިލެންޑްގެ ޝާހީ ޢާއިލާއަށް ނިޞްބަތްކޮށް ބަދުބަސްތަކެއް ރައްދުކުރި އެ ޤައުމުގެ އަންހެނަކު 43 އަހަރަށް ޖަލަށްލުމަށް ހުކުން ކޮށްފި އެވެ. މި އަންހެން މީހާގެ މައްޗަށް ހުކުން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ޤައުމުގެ ޤާނޫނީ މާހިރުން ބުނާ ގޮތުގައި، މިއީ އެ ޤައުމުގެ ހަޔާތުގައިވެސް، މި ފަދަ ކުށެއްގައި މީހަކަށް މިހާ ބޮޑު އަދަބެއް ދިން ފުރަތަމަ ފަހަރެވެ. އެ ޤައުމުގެ ޤާނޫނު ބުނާ ގޮތުގައި، އެ ޤައުމުގެ ޝާހީ ޢާއިލާއަށް ނިޞްބަތްކޮށް ބަދުބަސް […]

މުޙައްމަދު މާއިލް ހަސަން