މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1768 ވަނަ ޞަފްޙާ

ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން: ލަތީފް

ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން: ލަތީފް

ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ”މީ މަގޭ ރާއްޖެ” ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އިންސާފުގެ ވާހަކަ ދައްކާލަން ޖެހޭކަމަށް ވިދާޅުވެ، ލަތީފް ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ އިންސާފުގެ ހަމަހަމަކަން އެނގޭނީ އެމްޑީޕީގެ ލޯގޯގައި ހިމެނޭ ތިލަފަތް ފެނުމުން ކަމަށެވެ. ”އެގޮލާގެ […]

އަލީ އާދިލް
ދިވެހި ކުޅިވަރުގެ ބައްޕަ ޒާހިރު ނަޞީރުގެ ނަންފުޅު ހަނދާނަށް ގެންނަންޖެހޭ: ރައީސް

ދިވެހި ކުޅިވަރުގެ ބައްޕަ ޒާހިރު ނަޞީރުގެ ނަންފުޅު ހަނދާނަށް ގެންނަންޖެހޭ: ރައީސް

ކުޅިވަރުގެ ތަރައްޤީއަށްޓަކައި މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ފަދަ އިތުރު ކުރިއެރުމެއް ލިބޭ ވަގުތުތަކުގައި ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު، ހަނދާނަށް ގެންނަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހަވީރު މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިއްޔެއަކީ ރާއްޖޭގެ އެތުލީޓުންނަށް...

ޝިއުނާ އާދަމް
ފަނިއަލަ ހެއްދުމުގެ އުކުޅުތައް

ފަނިއަލަ ހެއްދުމުގެ އުކުޅުތައް

ފަނިއަލައަކީ ފަލަމަޑި އަދި ރާއްޖޭގައި ހައްދައި އުޅޭ އަލައިގެ ބާވަތްތަކުން ހައްދަން އެންމެ ފަސޭހަ އެއް ބާވަތެވެ. ފަނިއަލައަކީ މީރު އަދި މަދުމަދުން ބޭނުންކުރުމަށް ޞިއްޙަތަށް ފައިދާހުރި ފަލަމަޑިއެކެވެ. ހަމަކޮންމެ މީހަކަށްވެސް ކާމިޔާބުކަމާއެކު ފަނިއަލަ އިންދައި ހެއްދިދާނެއެވެ. މި އުކުޅުތައް ބޭނުންކުރާށެވެ. އަލަ މުޑުވައްކުރުމަށް ބޭނުންކުރަނީ އަލަ ކަނޑާފައިވާ ގަހާއި އެގަހުގެ ބުޑުން ފަޅާފައި ހުންނަ ނިރު ނުވަތަ އަލަގަނޑު އޮތް ގޮތަށެވެ. ބޮޑު އަލަގަނޑެއް ނަމަ، އޭގެން ޓިޝޫކަލްޗަރ ކޮށްގެނެވެ. އެންމެ ރަނގަޅީ...

ހުބާ ޕްލާންޓްސް
ދެން ވެރިކަން ކުރާނީ ޕީޕީއެމް، އިދިކޮޅުގައި އޮންނާނީ ޕީއެންސީ: ޢަބުދުﷲ ރަޝީދު

ދެން ވެރިކަން ކުރާނީ ޕީޕީއެމް، އިދިކޮޅުގައި އޮންނާނީ ޕީއެންސީ: ޢަބުދުﷲ ރަޝީދު

އެމްޑީޕީއަށް ދެން އިދިކޮޅުގައި އޮންނަންވެސް ފުރުޞަތު ނުދޭނެ ކަމަށާއި، ދެން ވެރިކަން ކުރާނީ ޕީޕީއެމް ކަމަށާއި، އިދިކޮޅުގައި އޮންނާނީ ޕީއެންސީ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ދިއްދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓު ޢަބުދުﷲ ރަޝީދު ބުނެފިއެވެ. ދިއްދޫގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ”މީ މަގޭ ރާއްޖެ” ޖަލްސާގައި ވާހަކަ ދައްކަމުން އޭނާ ބުނީ ކެމްޕެއިން ކުރާނީ ވެސް އަމިއްލަ ޚަރަދުގައި ކަމަށާއި، ޕާޓީއިން ލޯ ލާރިއެއް ވެސް ބޭނުން ނޫން ކަމަށެވެ. […]

އަލީ އާދިލް
ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި

ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި

ށ. ފުނަދޫ ކައުންސިލުން، ”ފުނަފެހި” ޕްރޮގްރާމްގެ ނަމުގައި ފުނަދޫ ފެހި ކުރުމަށް ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ. އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއާއި ގުޅިގެން އެރަށުގައިވަނީ 300 ރުއް އިންދާފައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، ފުނަދޫ ފެހި ކުރުމަށް ފެށި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. ”އިއްޔެ ކައުންސިލްގެ ބަޖެޓް މި...

ޙުސައިން ޝަހުދީ
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވައިފި

އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވައިފި

މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ރަސްމީކޮން ހުޅުވައިފި އެވެ. މިއަދި ހަވީރު އޮތް ރަސްމިއްޔާތެއްގައި ސިންތެޓިކް ޓްރެކް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ދިވެހިން ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅު ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަގުނަ މަސައްކަތްތަކ...

ޔުމްނާ ޢަލީ
ހުޅުމާލޭ މިސްކިތެއް ތެރޭގައި ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

ހުޅުމާލޭ މިސްކިތެއް ތެރޭގައި ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތެއްގައި އިންި ދޮށީ އުމުރުގެ ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބުނާ އިންޑިއާ މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ހުޅުމާލޭ އަޒީޒާ މިސްކިތުގައި އިން ދޮށީ އުމުރު މީހެއް މިސްކިތުން ނެރެން މަސައްކަތްކޮށް، އިންޑިއާ މީހަކު އޭނާއާއި މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އިއްޔެ ހަވީރު އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިންޑިއާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް […]

ޔުމްނާ ޢަލީ
ވާހަކަ: ނާ ބަންނަ އަޑިގަނޑު (4)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (4)

ކުރީ ޢަދަދާއި ގުޅޭ: ސުލައިމާނު ދީދީމެން އެ ގެއިން ނުކުންނެވީމާ، ދަލޭކަ މުޅޯށި ހިފައިގެން އައިސް މެދުގެއަށް އެޅިފައި ހުރި ފުޅިތޮށިތައް ނަގައި އެއަށް އަޅަން ފަށައިފިއެވެ. މާވަޑި ޢަލީ ޖެހި ބުދެއްހެން ގާވެފައި ބޮޑުއަށި މަތީގައި އިނެވެ. އައްޔަށް ސިފަވަމުން ދަނީ ބުޅާ މަސްގަނޑަށް ބަލާ ފަދައިން ސުލައިމާނު ދީދީ ދަލޭކައާ ދިމާއަށް ކަޅިއަޅަމުން ދިޔަ މަންޒަރެވެ. ދަތްކުނޑިވިކައިލުމާ އެކު ދެ އަތް މުށްކަވައިލެވުނެވެ. “އަހަރެންގެ ހަލާލު އަނބިމީހާއާ ދިމާއަށް އޭނާއަށް އެ ވައްތަރަށް ބަލަން ކެރުނީ […]

ޢާޠިފާ ޒަކަރިއްޔާ
ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

ދިވެހިރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބެ ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ނައީމާ އަޙްމަދައަށް ލިބިފައިވާ މި ނިބޫއަކީ މިހާރު ޤަޢުމު އެ ބަޔަކަށްޓަކައި ފަހުރުވެރިވާ ދެ ނަމެވެ. ނަބާ އަދި ނަބީ ވެސް ބެޑްމިންޓަން ކުޅެން ފަށާފައިވަނީ އެކުއެކީގައެވެ. އުމުރުން އެގާރަ އަހަރުގައި ކުޅެންފަށައި، އެއަށްފަހު މި ކުޅިވަރުގެ ތެރެއަށް ދެބެން...

އިބްރާހިމް ޚަލީލް
ކޯވިޑް-19: ޣާޒީ ސްކޫލުގެ ޓީޗަރަކު އަދި ޖޭއެސްގެ ދަރިވަރެއް ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: ޣާޒީ ސްކޫލުގެ ޓީޗަރަކު އަދި ޖޭއެސްގެ ދަރިވަރެއް ޕޮޒިޓިވް ވެއްޖެ

މާލޭ ސިޓީގެ، ހުޅުމާލޭގައި ހުންނަ ޣާޒީ ސުކޫލުގެ ޓީޗަރަކާއި، މާލޭގައި ހުންނަ ޖަމާލުއްދީން ސުކޫލް (ޖޭއެސް)ގެ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބުނީ ޣާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އެ ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. ޕޮޒިޓިވްވި ޓީޗަރާއު 12 މީހަކު ވަނީ ކޮންޓެކްޓްވެފައިވާއިރު، އަދިވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސިީން ބު...

ޝިއުނާ އާދަމް
ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މާލޭ ސިޓީގެ މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ 4 ދަރިވަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްއީއޯސީން ބުނީ ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކުދިން ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އަދި ކޭސްތަކާއި ގުޅިގެން ކުރިއަށްދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެއްވެސް އެ ސްކޫލްގެ އެއްވެސް މުވައްޒަފަކާއި، ދަރިވަރަކު އެކަހެރިކޮށްފައި ނުވާނެ ކަމަށެވެ. އެ ސްކޫލުން ޕޮޒިޓިވްވި ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް...

ޔުމްނާ ޢަލީ
ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ރ. ކިނޮޅަހާއި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ. މިގޮތުން ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައ...

އަޙްމަދު ވަހީދު
ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ އެވެ. ނ. ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމް ނިޔާވީ މިހާދިސާއާއި ގުޅިގެން ލިބުނު އަނިޔާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮންނެވެ. އުމުރުން 27 އަހަރުގެ އާސިމް ނިޔާވީ މިއަދު ފަތިހު 05:40 ގައިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އާސިމް ނިޔާވީ އެތެރެހައްޓަށް ލިބުނު ގެއްލުން ތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. މިމަހުގެ 7 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި 2 […]

ތިލަދުން
ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ، ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފް އެވެ. އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. މި ތިން ބޭފުޅުން އެ...

ޔުމްނާ ޢަލީ
މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާންކޮށްފި އެވެ. އެމިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ މިމަހުގެ25 ވަނަދުވަހު މާފަންނު އިޖުތިމާޢީ މަރުކަޒުގައި އެދުވަހުގެ 12:30 ގައި ކަމަށެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިއަންނަ މަހުގެ4 ވަނަ ދުވަހު12:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނ...

ޔުމްނާ ޢަލީ
މޮނިޓަރިންގައިވާ ރަށްތަކަށް ޖެންޑާ މިނިސްޓްރީއިން ކެއާ ޕެކޭޖް ފޮނުވަނީ

މޮނިޓަރިންގައިވާ ރަށްތަކަށް ޖެންޑާ މިނިސްޓްރީއިން ކެއާ ޕެކޭޖް ފޮނުވަނީ

ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އިން ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ. އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ގއ. ދެއްވަދޫ، ދާންދޫ އަދި ވިލިނގިލި...

ޔުމްނާ ޢަލީ
ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ: ރައީސް

ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ: ރައީސް

ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޅެންވެރިންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއްކަމަށެވެ. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއްކަން ފާހަގަކުރައްވައި، މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ފާހަގަކުރަމުންދާ 32 ވަނަ ޅެންވެރިންގެ ދުވަހުގެ...

ތިލަދުން
ސިންތެޓިކް ޓްރެކް ޖަނަވަރީ 17 ގައި ހުޅުވަނީ

ސިންތެޓިކް ޓްރެކް ޖަނަވަރީ 17 ގައި ހުޅުވަނީ

އެކުވެނި އައުޓްޑޯ ސިންތެޓިކް ޓްރެކް ޒަމާނީ ފެންވަރަށް ހެދުމަށްފަހު 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހު އާންމުކޮށް ހުޅުވައިލާނެ ކަމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މި މަހު 17 ވަނަ ދުވަހު ސިންތެޓިކް ޓްރެކް އާންމުކޮށް ހުޅުވައިލާނެ ކަމަށެވެ. އެތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ފަތިހު 05:00 އިން ފެށިގެން ހެނދުނު 08:00 […]

އިބްރާހިމް ޚަލީލް