ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅު ވެއްޖެއެވެ. މިއަދު ހަލުވިކަމާއި އެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއިއެކު ﷲ ގެ ރަހުމަތްފުޅުން ކަމަށާއި، މާޟީގައި ﷲ ގެ ނަބިއްޔުންނާއި ރަސޫލުންނަށް ވެސް މިފަދަ އެތަކެއް ހިތްދަތި ހާދިޘާތަކާއި ކުރިމަތިވި ކަމަށާއި، ނަމަވެސް އެ ބޭކަލުން ﷲ ގެ ރަހުމަތާއި އޯގާ ވަންތަކަމުން މާޔޫސްވެ ވަޑައިގަތުމެއްނެތި...
އިބްރާހިމް ޚަލީލް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އިއްޔެ އެންގުމުން، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މި ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކުމަށް ލުއިގޮތެއް ހޯދައިދިނުމަށް ”ދިއްދޫ ރައްޔިތުންގެ އަޑު”އިން ގޮވާލައިފިއެވެ. ”ދިއްދޫ ރައްޔިތުންގެ އަޑު”އަކީ ދިއްދޫ ރައްޔިތުންގެ އަޑުއިއްވައި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ބިނާ...
އަލީ އާދިލް
ރައީސް އިބްރާޙީމް މުޙައްމަދުގެ ކެބިނެޓްގައި އެމަނިކުފާނަށް އިޚްލާޞްތެރި އެއްވެސް ވަޒީރެއް ނެތް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިރޭ ސަންގު ޓީވީގެ ”ޚަބަރަށްފަހު” ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބުދެއްވައި ދެއްކެވި ވާހަކާގައެވެ. “ހިޔާ” މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީތަކަށް ފްލެޓް ނުދޭން ނިންމާ އެބައިތަކަށް ލާފައިވާ ފޯމުތައް ސަރުކާރުން ބާތިލްކުރު ކުރުމާ ގުޅިގެން...
އަލީ އާދިލް
ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފިއެވެ. މުޙައްމަދު ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިބައްދަލުވުމުގައި އެމްބެސެޑަރ ޚަލީލުވަނީ އޮމާންގެ ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުޙަ...
އިބްރާހިމް އަސްވާޤް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަަންނަ މާރިޗްމަހު ފަށާ ވޮލީ މުބާރާތުގައި ބައިވެރިވާ އެއަތޮޅު ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމާއި، ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލްކުރާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައްދަލުކުރަށްވައިފިއެވެ. ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމެއް، މިއަހަރު ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިކުރަނީ ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހިމެނޭހެން އެރަށު އަންހެން ވޮލީ ޓީމާއިއެކު އޮން...
އަލީ އާދިލް
އުތުރުގެ އެކިރަށްރަށުން، ކަނޑޫފަލަކަށްފަހު ކަނޑޫފަލެއް މަރުވަމުންދާކަމުގެ ހިތްދަތި ޚަބަރު މިދިޔަ އަހަރުތެރޭގައި ވަނީ އިވިގެން ގޮސްފައެވެ. ވެށި ދެކެ ލޯބިވާ، ވެށީގެ މުހިންމުކަން އިޙްސާސްވާ ކޮންމެ މީހަކަށްމެ އެ ޚަބަރުން ހިތްދަތިކަން ލިބުނެވެ. މިގޮތުން މިދިޔަ އަހަރުވަނީ އުތުރުގެ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ހދ. ވައިކަރަދޫ ކަނޑޫފާ ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރޭގައިވާކަން ވެސް ހާމަވެފައެވެ. އެކަން ތިލަވެގެން ދިޔައީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަށުގެ ޒުވާނެއް ކަމ...
ޙުސައިން ޝަހުދީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. ދިއްދޫ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން މަހު ކުލި ދައްކަންޖެހޭ ފަރާތްތަކުން 01 މާރޗް އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން...
Thiladhun
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ޓިވެޓް އޮތޯރިޓީއާ ގުޅިގެން ކުރިއަަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އެސްޓީއޯގައި މަސައްކަތުގެ ތަޖުރިބާ ލިބޭނެ އެވެ. އަދި ޓިވެޓް އޮތޯރިޓީ މެދުވެރިކޮށްކިޔަވައިދިނުން ވެސް ކުރިއަށްދާނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފޯމު އެ ކުންފުނީގެ ވެބްސައިޓުން މިހާރު ޑައުންލޯޑުކުރެވޭނެ އެވެ. އެސްޓީއޯއ...
އަޙްމަދު ވަހީދު
“ހިޔާ” މަޝްރޫޢުގެ އެއްކޮޓަރިއަށް ކުރިމަތިލި 3 ކެޓަރީއެއްގެ ފޯމުތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބާތިލްކޮށްފި އެވެ. މިއަދު އެމިނިސްޓްރީއިން 1 ކޮޓަރީގެ ކެޓަގަރީތަކާ ގުޅޭ ގޮތުން ނެރުނު އިޢުލާނުގައި ބާތިލުކޮށްފައިވާ 3 ކެޓަގަރީ އަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ 1 ކޮޓަރި (H11 ) އާއި H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)) އަދި H15 […]
އިބްރާހިމް އަސްވާޤް
ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯއިން އިޓަލީގެ، ޗެމްޕިއަން ޔުވެންޓަސް ބަލި ކޮށްފިއެވެ. ފުރަތަމަ ލެގުގެ މި މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ޕޯޓޯއިން ވަނީ ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިރާން […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ރަސްމިއްޔާތެއްގައެވެ. މީގެ ތެރެއިން ހދ. ހަނިމާދޫ ފިޔަވައި ތިލަދުންމަތީގެ އަނެއް އަށް ރަށުގެ ކައުންސިލުން ސޮއިކުރީ އޮންލައޮންކޮށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގެ ތެރެއިން އެރަށެއްގެ ކައުންސިލް އިދާރާގައި ތިބެގެންނެވެ. ހަނިމާދޫ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެންވަޔަ...
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާއާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބައްދަލު ކުރި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސުސޯއެވެ. މި ލަނޑާއިއެކު ސެވިއްޔާއަށް ލީޑު ލިބިގެން ދިޔަ ނަމަވެސް ޑޯޓްމަންޑުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު […]
އިބްރާހިމް ޚަލީލް
ށ.ގޮއިދޫއަށް އުފަން، އުމުރުން އެންމެ 19 އަހަރުގެ އަޙްމަދު އަޝްހަމްއަކީ އުމުރުން ހަގު ނަމަވެސް ވަރަށް އާދަޔާ ޚިލާފް ވިސްނުމަކާއި އުފެއްދުންތެރި ޚިޔާލުގެ ވެރިއެކެވެ. މި ގޮތުން ކުރިން ވެސް އަޝްހަމްވަނީ އޭނާ އަމިއްލަ އުފެއްދުންތަކާއި ގުޅިގެން މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. މިގޮތުން އަޝްހަމްވަނީ ކޯވިޑްބަލި ރާއްޖެގައި ފެތުރެންފެށި ދުވަސްވަރު އަމިއްލައަށް ވެންޓިލޭޓާއެއް އުފައްދާފައެވެ. އަދި އޭގެ ފަހުން ވިނަ ކޮށާ ދައްޗެއް އުފައްދައި އަޝްހަމްވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަޝްހަމް މިވަނ...
އިބްރާހިމް ޚަލީލް
އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 35 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ކުރިން ވެކްސިން ދެމުން އައީ 40 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ […]
އަލީ އާދިލް
ސެމްސަންގް އިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގައި އުރީދޫ 5ޖީ ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އުރީދޫން މިހާރު ވަނީ އެކުންފުނީގެ 5ޖީ ނެޓްވޯކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑުގެ ހިދުމަތްމާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ވިޔަފާރިތައްހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ. މި ނެޓްވޯކާއެކު ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާލަސްތަކަށްވެސް […...
އަޙްމަދު ވަހީދު
ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުންކޮށްގެން މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ހިދުމަތްތަކަށް ފައިސާ ދައްކާ ކަސްޓަމަރުން ޕޭޖު މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ. އެމްޑަބްލިއުއެސްސީގެ ޓްރާންސްފާ ސްލިޕް ފޮނުވަން ހާއްސަ ކޮށްފައިވާ ވެބް ޕޭޖު https://banktransfers.mwsc.com.mv އިން ފައިސާ ދެއްކި ކަމުގެ ސްލިޕް ފޮނުވާލެވޭނެއެވެ. ނަމަވެސް މި ޕޭޖުމެދުވެރިކޮށް ގިނަ ކަސްޓަމަރުން ޓްރާންސްފާގެ ތަފްސީލު ނުފޮނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ދޫކޮށްލަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ. އެ ކޯލިޝަނުން މިރޭ އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ އެ ކޯލިޝަނުން އިއްޔެ ހަވީރު ސުލްޙަވެރިކަމާއެކު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުންގެ މަތިން އިޙްތިޖާޖު ކުރަމުންދަނިކޮށް ފުލުހުން އެ އިޙްތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރިކަމަށެވެ. ”ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސް...
އަލީ އާދިލް
ކޯވިޑް19 އިން ރައްކާތެރިވުމަށް މިހާރު ވެކްސިން ޕްރޮގުރާމުގައި ވެކްސިން ޖެހުމަށްފަހު ދެވޭ ވެކްސިން ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ދަތުރުކުރާނަމަ މިކާޑު އެކުގައި ގެންދިޔުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޭސީން) އިލްތިމާސްކޮށްފި އެވެ. އެޗްއީއޭސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކޮންމެ މީހަކަށްވެސް ވެކްސިން ކާޑެއް ޙަވާލުކުރާއިރު ދެވަނަ ޑޯޒް ޖެހުމަށް އަންނައިރު މިކާޑު ގެންނަނ...
އިބްރާހިމް އަސްވާޤް