ކޯވިޑް-19 ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަންފަށާފައިވާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ އެންމެ ފުރަތަމަ ޑޯޒް ޖަހާތާ 56 ދުވަސް ފަހުން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)އިން ބުނެފި އެވެ. އެޗްއީއޭސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖަހަން ނިންމާފައިވަނީ، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކަށް...
އިބްރާހިމް އަސްވާޤް
ފެނަކަ ކޯޕްރޭޝަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް “ފުނަރު” ގައި ބައިވެެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ 03 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްޤީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް އިން ހިންގާ ޕްރޮގްރާމެކެވެ. ފެނަކައިން ބުނީ މި ޕްރޮގްރާމުގެ ދަށުން އިންޖިން ރިޕެއާ އެންޑް މެއިންޓެނަންސްގައި ބައިވެރިވާ މީހުންނަށް ޑީސަލް އިންޖީނުގެ ބ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް، ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ. ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ އިއްޔެ ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ. މުޙައްމަދުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިކަމަށް އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދާމެދު...
އަލީ އާދިލް
މިހާތަނަށް ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ނޭވީ ހަރަކާތް “އަމަން 21” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޕާކިސްތާނުން ބޭއްވި މި ހަރަކާތުގައި 45 ގައުމެއްގެ ނޭވީތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އެމެރިކާ އާއި ރަޝިއާ، ޗައިނާ އަދި ތުރުކީ ފަދަ ބޮޑެތި ބާރުތައްވެސްހިމެނެއެވެ. މިއީ މި ގައުމުތައް ގުޅިގެން ބޭއްވި ފުރަތަމަ މިލިޓަރީ ހަރަކާތެވެ. އަމަން އަކީ ޕާކިސްތާނުން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނޭވީ ހަރަކާތެކެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް […]
އަޙްމަދު ވަހީދު
ހިޔާ މަޝްރޫއުގެ މިފަހަރު ފުލެޓް ނުލިބުނު މީހުން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ހޯދަން އަލުން އެދޭއިރު އިތުރު ފޯމެއްލާން ނުޖެހޭނޭކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ޢަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، ހިޔާ މަޝްރޫއާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ. މިނިސްޓަރު އަސ...
ޝިއުނާ އާދަމް
އިންޑިއާގައި ބޭނުން ކުރާ ހަމައެކަނި ސީޕްލޭން މެއިންޓެނަންސަށް ރާއްޖެއަށް ގެނައުމަށްފަހު އެނބުރި އިންޑިއާއަށް ގެންގޮސްފިއެވެ. މިއީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭން ފެށި ފަހުން މެއިންޓެނަންސަށް ސީޕްލޭން ރާއްޖެ ގެނައި 2 ވަނަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހުވެސް ހިދުމަތް މެދުކަނޑާލުމަށްފު މެއިންޓަނަންސަށް އެ ސީޕްލޭން ރާއްޖެ ގެނައެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދެނީ ސްޕައިސް ޖެޓުންނެވެ. އެ އެއާލައިނުން މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން ލީޒް ކޮށްފައިވާ ބޯޓެކެވެ. “ސްޕައިސް ޝަ...
އަޙްމަދު ވަހީދު
ރިސޯޓުތަކުގެ ބިމުކުލިން ލިބިފައި އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސްމިނިސްޓްރީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި މާލީ ރިޕޯޓު ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެގޮތުގައި 57.2 މިލިއަންރުފިޔާ ވަނީ ދައުލަތަށް ލިިބިފައެވެ. ނިމުނު 2020 ވަނަ އަހަރު މިމުއްދަތުގައި 41.0 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ގާތްގަނޑަކަށް 28 ޕަސަންޓުގެ އިތުރުވުމެކެވެ. ސަރުކާރުގެ މިއަހަރުގެ ބަޖެޓްގައި، ރިސޯޓުތަކުން ބިމުކުލީގެ ގޮތުގައި ލިބޭނެ ކަމަ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ “އެޕަލް ޕޭ” އިން ބިޓްކޮއިން ފަދަ ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ފަށައިފިއެވެ. ބިޓްކޮއިން އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ޑިޖިޓަލް ފައިސާއެކެވެ. މި ފައިސާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ އެމެރިކާގައެވެ. ބިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާގެ އެޕެއް ކަމަށްވާ “ބިޓް ޕޭ” އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މިހާރު ބިޓްޕޭ މާސްޓަކާޑުތައް އެޕަލް ޕޭ ވޮލެޓަށް އެޑްކުރެވޭނެއެވެ. އަދި އެޕަލް ބްރޭންޑުގެ ތަކެތި ގަތުމަށް ޑިޖިޓަލް...
އަޙްމަދު ވަހީދު
ކިލިޔަން އެމްބާޕޭގެ ހެޓްރިކުން އެފްސީ ބާސެލޯނާގެ މައްޗަށް 4-1 ލަނޑުން ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ޕީއެސްޖީން އެ ބާސާ ލަދުގަންނަވާލިއިރު، މެޗްގެ 27 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ މެޗްގެ ލީޑްނެގީ ބާސެލޯނާ އިންނެވެ. އަނިޔާގެ ސަބަބުން މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އަދި އޭންހެލް ޑިމާރިއާ ނުލާ ޕީއެސްޖީން ރޭ ކުޅުނު އެ މެޗްގައި ޕީއެސްޖީން ލަނޑެއްޖަހައި، ނަތީޖާ […]
ހުސައިން ހަބީބް
ރާއްޖޭގައި އެއްގަމު ޓްރެފިކް ޕޮލިހުން ތިބޭ އުސޫލުން ކަނޑުމަތީގެ ޓްރެފިކް ޕޮލިހުން ވެސް ތަޢާރަފްކުރަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ”ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ހުށަހަޅާފައިވާ ޤަރާރު” ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްއަށް ވާހަކަ ދައްކަވަމުންނެވެ. ރާއީގެ ވާހ...
އަލީ އާދިލް
ރާއްޖޭގައި ކޯވިޑް-19 ބަލީގެ ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނ ކޯވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 ފެބްރުއަރީ 2021 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ. އެ މިނިސްޓްރީއިން މީގެ ކުރިން ވެސް ކޯވިޑްގެ ހާލަތު ގޯސްވި ފަހަރު ތަކުގައި ވަނީ ހުކުރު ހުތުބާ ކުރުކޮށްފަ އެވެ. […]
ޝިއުނާ އާދަމް
މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ ނިޔާވެއްޖެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮ...
ޔުމްނާ ޢަލީ
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ލިބުނުއިރު، އެ މައްސަލަ ހުށަހެޅި ގަރާރުގައި ހުރީ ދޮގާއި އޮޅުވާލުން ކަމަށާއި، މިއަދު ލިބުނު ނޯޓިސް މާދަމާ އަނބުރާ ފޮނުވާލާނެކަމަށް މިނިސްޓަރު މަލީޙް ވިދާޅުވެއްޖެއެވެ. މިނިސްތަޓަރު މަލީޙް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ...
އަލީ އާދިލް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔައީ ވެސް. އަދި އިންތިޚާބުގެ ކުރިން އެންމެ ގިނަ ގޮނޑި ކަށަވަރު ވީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ. މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަ...
އަލީ އާދިލް
ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މިއަދު ނިޔާވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ވ.އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާއި ގުޅުން ހުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މީގެ ކުރިން ނޫސްތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ވ. އަންބަރާ ކައިރިން ދަތުރުކުރަމުންދިޔަ “މޯލްޑިވިއާނާ” ނަމަކަށް ކިޔާ […]
އަލީ އާދިލް
ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްފި އެވެ. އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލުކޮށް އާންމު...
ޝިއުނާ އާދަމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ބޮލަށް ވެއްޓި އަނިޔާވި، ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އިތުރު ފަރުވާއަށް އިނޑިއާއަށް ގެންގޮސްފިއެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާއަށް ފަހު އިމްރާނަށް ފަރުވާދެމުން އައިސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައެވެ. އިއްޔެގެ ވަގުތެއްގައި އިމްރާން އިންޑިއާއަށް ގެންގ...
އިބްރާހިމް ޚަލީލް
ވ. އަތޮޅުގައި އޮންނަ ފަޅުރަށަކަށް ދަނޑި ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބިދޭސީއެއް ކަމަށް ބެލެވޭ އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެމައްސަލަ ތަހުގީގު ކުރައްވަމުން ދާކަމަށް […]
ޔުމްނާ ޢަލީ