ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި އަންނަ ބުދަ ދުވަހުން ފެށިގެން ކޯވިޑް-19 ވެކްސިން ދޭން ފަށަން ނިންމައިފިއެވެ. ކުރިން ވެކްސިން ދޭން ފަށަން އެ ޤައުމުން ނިންމާފައި އޮތީ އަންނަ ހުކުރު ދުވަހު ނަމަވެސް، ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ އެ ގައުމަށް ލިބުމާއެކު ވެކްސިން ދޭން ފަށާ ތާރީޚް އަވަސްކުރީ ކަމަށް ބައިނަލް އަގްވާމީ ބައެއް ނޫސްތަކުގައި ބުނެފަ ވެއެވެ. މެލޭޝިޔާގައި ދޭން ފަށަން ނިންމާފައި ވަނީ ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން އެވެ. އެ ގައުމަށް […]
ހުސައިން ހަބީބް
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލައިފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދިޔަ އިހްތިޖާޖުގެ ތެރެއިން މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލީ މިރޭ 22:30 ހާއިރު އެވެ. އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު ސަރުކާރުން ވަނީ މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ. އަދި ރާއ...
ޔުމްނާ ޢަލީ
ށ. ފީވަކު ކަނޑޫފަލުގެ ބޮޑު ސަރަހައްދެއްގައި ރޯކޮށްލައިފިއެވެ. އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޢާދިލް މިހާދިާއާއި ގުލިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ އެސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުލޭކަމުގެ މަޢުލޫމާތު އެކައުންސިލް އަށް ރިޕޮޓްކޮށްފައިވަނީ މިރޭ 8:30 ހާއިރު ކަމަށެވެ. ކައުންސިލް އާއި ފުލުހުން އަދި އާންމުން ގުޅިގެން ކުރި މަސައްކަތުން 2 ގަޑިއިރެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވިފައިވަނީކަމަށް އާދިލް ވިދާޅުވި އެވެ. އާދިލް އިތުރަށް ވިދާޅުވީ އެސަރަހައްދަކީ ގ...
އަލީ އާދިލް
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ މީހާއަކީ މާލެއިން އެރަށަށް ގޮސް، 11 ފެބްރުއަރީ 2021 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުވި 9 މީހުންގެ ތެރެއިން މީހެއް ކަމަށް ވެސް ފޭދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. އެމީހާ ޕޮޒިޓިވް ވުމުން އެމީހާ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު […]
ޙުސައިން ޝަހުދީ
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. މި ވަގުތު ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ މި މުބާރާތުގައި ސީޑް ކޮށްފައި ވަނީ ވެސް އެއްވަނާގައެވެ. ފައިނަލްމެޗު ޖޮކޮވިޗް ކާމިޔާބު ކޮށްފައިވަނީ މި މުބާރާތުގެ ހަތަރު ވަނައަށް ސީޑް ކޮށްފައިވާ އުމުރުން 25 އަހަރުގެ ރަސިޔާގެ މެޑްވެޑޭވް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި ޖޮކޮވިޗްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ސެޓް 7-5 އިން ނިމުނު […]
އިބްރާހިމް ޚަލީލް
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދިޔަ އިހްތިޖާޖުގެ ތެރެއިން މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. ލަތީފާއެކު “އީސީ ސަރީފް” އޭ ގޮވައިގެން މަޝްހޫރުކަން ހޯދި ޕީޕީއެމްގެ އެކްޓިވިސްޓް ސޫދާ ޢަބުދު ﷲ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިހުތިޖާޖުގެ ބައިވެރިއަކު މައުލޫމާތު ދިނެވެ. އިދިކޮޅުން މިއަދު އިހުތިޖާޖު ކުރަމުން ދާއިރު، ގާނޫނާއި ޚިލާފަށް […...
އަލީ އާދިލް
މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކާއި އެއްވުންތަކުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވާ ގޮތަށް އަމަލު ކުރާތީ އެކަން ކުއްވެރިކޮށް އެކަން ތަކުރާރު ނުކުރުމަށާއި ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ ކަމާބެހޭފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ނޫސްވެރިން މުޒާހަރާ ކޮށްފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލާފައިވަނީ މިއަދު އެވެ. ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކޮށްފައި...
ޝިއުނާ އާދަމް
ހއ. ދިއްދޫ ތަރައްޤީވުމަކީ އޭގެ މަންފާ މުޅި ހއ. އަތޮޅަށް ކުރާނެ ކަމެއް ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި މިހާރު ވެސް ހއ އަތޮޅު ކައުންސިލްގައި ދިއްދޫ ތަމްޞީލްކުރައްވާ މެމްބަރު ޢަބްދުﷲ ސިރާޖް ވިދާޅުވެއްޖެއެވެ. ސިރާޖް މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ހއ ދިއްދޫ ކައުންސިލާއި، ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު […]
އަލީ އާދިލް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން އަންނަ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފިއެވެ. ވެމްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު އެ ކުންފުނީގެ ވެބްސައިޓު http://wamco.com.mv/online ބޭނުންކޮށްގެން ހިދުމަތްތަކަށް އެދެވޭނެކަމަށެވެ. ހިދުމަތްތަކަށް އެދެން ބޭނުންވާނީ އައިޑީ ކާޑުގެ ފޮޓޯއެއް އެކަންޏެވެ. އައިޑީ ކާޑު ފޮޓޯއާއެކު ފޯމު ފުރުމުން ހިދުމަތަށް އެދެވުނީއެވެ. ވެމްކޯއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ގޭބިސީތަކުން ކުނި ނެގުމާއި ކޮމާޝަލް ތަންތަނުން ކުނި ނެގުން ހިމެނެއެވ...
އަޙްމަދު ވަހީދު
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗުން އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލް މެޑްރިޑުން ނަގައިފިއެވެ. އެތުލެޓިކޯ ބަލިވުމުން މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލުން ވަނީ ލީގުގައި ރެއާލް ވަލަޑޮލިޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ބޮލުން ބޯޅަ […]
އިބްރާހިމް ޚަލީލް
އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ކޯސްޓްގާޑުގެ ބޭނުމަށް ތަރައްގީކުރާ މި ބަނދަރަކާއި ޑޮކްޔާޑް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ބަންޑާރަ ކޮށީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އެވެ. މިއަދު ސޮއިކުރި އެއްބަސްވުމު...
ޝިއުނާ އާދަމް
ކުރީ އަދަދާއި ގުޅޭ: ދިއްދޫއަކީ އުތީމުގެއުތުރުން އުތީމާ އެންމެގާތަށް އޮންނަ ރަށެވެ. އުތީމުޚާންދާނުގެ މެމްބަރުން އުތީމުގައި ވަޒަންވެރިވެލައްވައިގެން އުޅުއްވި ދުވަސްވަރު އުތީމަކީ ރުއްގަސް މަދު ރަށަކަށް ވުމުން އުތީމު ޢާއިލާގެ ފަރާތުން ދިއްދޫގައި ރުއްއަޅުއްވައި އެރަށް، ދިރުވުމަށް މަސައްކަތްކުރެއްވި ކަމުގަ ވިސްނެ އެވެ. ދިއްދޫއަކީ މަހަށް ދިއުމަށް ފަސޭހަ ރަށަކަށް ވާތީ އެދުވަސްވަރުވެސް މަސްވެރިން، އިރުވައި މޫސުމުގައި މަހަށްދާން ދިއްދޫއަށް އައިސް ބަނޑަހަޖަހައިގެން ތިބޭ ރަށަކަށްވެސް ވެދާނެއެވެ. އެހެން ވެއް...
ތިލަދުން
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، އެވަޓަން ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބު ކޮށްފިއެވެ. މަސީ ސައިޑް ޑާބީގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުމުގެ މި މެޗުން ލިވަޕޫލް އަމިއްލަ ދަނޑުގައި އެވަޓަން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފަހަކަށް އައިސް ލީގުގައި ލިވަޕޫލްގެ ފަރާތުން ފެންނަމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. މީގެކުރިން […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް ގ. މާލެހިޔާ 1 03-18، ޑޮކްޓަރ މުޙައްމަދު ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޑރ. ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. ޑރ. މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސް...
ޔުމްނާ ޢަލީ
އިންޑިއާގައި ކާށި ތެޔޮ އެންމެ ގިނައިން ވިއްކާ ކެރެލާގައި ކާށި ތެލުގެ އަގު އުފުލިއްޖެއެވެ. މިދިޔަ ހުކުރު ދުވަހު އެ ސްޓޭޓުގައި ތެލުގެ އަގު ވަނީ ކިލޯގްރާމެއް 205.05 ރުޕީސްއަށް އަރާފައެވެ. މިއީ މިހާތަނަށް ކާށި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ. މީގެ ކުރިން ކިލޯއެއްގެ އަގު ހުރީ 155.50 ރުޕީސްއަށެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކާށި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރުވެސް ކިލޯއެއްގެ އަގު ހުރީ165.50 ރުޕީސްގައެވެ. […]
އަޙްމަދު ވަހީދު
ތިލަދުންމަތީގެ ހއ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާ...
ޙުސައިން ޝަހުދީ
ރާއްޖޭގައި 2،000 ހައުސިިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ، އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގަނީ 130 މިލިއަން ޑޮލަރުގެ ލޯނެކެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު މި އެއްބަސް ވުމުގައި ސޮއިކުރުން އޮތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރަށ...
ޖަލްވާން ޖާދުﷲ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފި އެވެ. އެކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުުއްޓުމެއްނެތި އުފުލެމުން އަންނާތީ އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހިފައިވާކަމަށެވެ. އަލަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 8.71 ރުފިޔާއިން 9.19 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން 8.07 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.44 ރުފިޔާއަށް ބޮޑުކޮށްފަ […]
އަލީ އާދިލް